ސިނގިރޭޓު ބުއިމަކީ ސިއްހަތަށް ނުރައްކާ ކަމެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ސައިންސްގެ އަލީގައި ހޯދިފައިވާ ހޯދުންތަކުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ފުއްޕާމެއަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމާއި، ދުންފަތުގެ ދުމުން އެހެން މީހުންނަށް އަސަރު ކުރާކަން ވެސް ޔަގީންކޮށް އެނގެއެވެ. ނަމަވެސް ސިނގިރޭޓް ބުއިމަކީ ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހަރާމްކަމެއްތޯ މިއީ ވަރަށް ގިނައިން ކުރާ ސުވާލެކެވެ. ބައެއް ދީނީ އިލްމުވެރިން މިއީ ހަރާމް ކަމެއް ކަމަށް ފާހަގަކުރައްވާފައި ވެސް ވެއެވެ.
އިސްލާމިކް ނޮލެޖް ގްރޫޕްގައި ސިނގިރޭޓު ބުއިމަކީ ހަރާމް ކަމެއްތޯ ސުވާލު ކުރުމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ ވަރަށް ތަފްސީލްކޮށް އޭގެ ޖަވާބު ދެއްވައިފައެވެ.
" ހަމަކަށަވަރުން މި ދީނުގައި ހަރާމާއި ހަލާލު ވަނީ ކަނޑައެޅިގެން ބަޔާން ވެގެންނެވެ. ނަމަވެސް އެ މެދު ޝުބުހަ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެއީ ހަރާމް ކަމެއްތޯ ނުވަތަ ހަލާލު ކަމެއްތޯ ކަނޑައަޅަން އުނދަގޫ ކަންތައްތަކެވެ. ސަރީހަ ދަލީލެއް ފެންނަން ނުހުންނަ ކަންތައްތަކެވެ،" އޭނާ ވިދާޅުވިއެވެ.
އިޔާޒް ވަނީ އެ ލިޔުމުގައި ބައެއް ހަރާމް ކަންތައް ފާހަގަކުރައްވާ، އެކަންތައްތަކަކީ އިރު ފެންނަ ފަދައިން ސާފުކޮށް އެނގެން ހުރިކަންކަން ކަމަށް ވިދާޅުވެފައެވެ. އެއީ ގުރުއާނާއި، ސައްހަ ހަދީސްތަކުން ގިނަ ދަލީލުތައް ވާސިލްވެފައިވާ ކަމަކަށް ވުމުން ކަމަށް ވެސް ޑ.އިޔާޒް ވިދާޅުވިއެވެ.
ޑރ.އިޔާޒް ވިދާޅުވީ އެ ލިޔުމުގެ ބޭނުމަކީ ދިވެހިންގެ ތެރޭގައި ވަބާއަކަށް ވެފައިވާ ސިނގެރެޓްގެ ނުބައިކަމާއި ހަރާމްކަން ހާމަކޮށްދީ، އެކަމުން ދުރުވާން އެންމެންނަށް ގޮވާލުން ކަމަށެވެ. އެ ލިޔުމުގައި ސިނގެރެޓް ހަރާމްވާ ހަތަރު ސަބަބެއް ޑރ.އިޔާޒް ފާހަގަކުރެއްވިއެވެ.
1) އަމިއްލަ ނަފްސަށް ގެއްލުން ދިނުން ނުވަތަ އަނިޔާވެރިވުން: އެއީ އެއްވެސް ވަހުމެއް ނެތި އެނގޭ ކަމެއް ކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ. ބަގަރާ ސޫރަތުގެ 195 ވަނަ އާތުގެ މާނައިގެ އަލީގައި އަމިއްލަ ނަފްސަށް އަނިޔާވެރިވުން ހަރާމްކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އާޔަތުގެ މާނައަކީ " ތިޔަބައި މީހުން އަމިއްލަ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާ ނުލާށެވެ" މިއެވެ.
އަދި އެކަމާއި މެދު ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމައިގެ ހަދީސްފުޅު " ގެއްލުން ދިނުމެއްވެސް ނެތެވެ. އަދި ގެއްލުން ލިބިގަތުމެއް ވެސް ނެތެވެ." އިން އަމިއްލަ ނަފްސަށް ގެއްލުން ދިނުން ހުއްދަ ނުވާ ކަން އެނގޭ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
2) ތިމަންނާގެ މުސްލިމް އަހާއަށް ގެއްލުން ދިނުން ނުވަތަ އަނިޔާވެރިވުން: ޑރ.އިޔާޒް ވިދާޅުވީ މުސްލިމުންނަކީ ތިމާގެ ދުލުހުންނާއި އަތުން އެހެން މުސްލިމުން ސަލާމަތް ވެގެންވާ މީހާ ކަމަށް ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމައިގެ ހަދީސްފުޅެއްގައިވާ ކަމަށެވެ. ސިނގިރޭޓް ބުއިމުން އޭގެ އަސަރު ވަށައިގެންވާ އެހެން މީހުންނަށް ކުރާތީ، އެއީ އެހެން މުސްލިމުންނަށް ގެއްލުން ލިބޭ ކަމެއްކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެއީ ނުބައިވެގެންވާ ބޮޑު ފާފައެއް ކަމަށް ވެސް ޑރ.އިޔާޒް ފާހަގަކުރެއްވިއެވެެ.
3) އިސްރާފުކުރުން: މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި "ހަމަކަށަވަރުން އިސްރާފު ކުރާ މީހުން ދެކެ މާތް ﷲ ލޯބި ނުކުރައްވައެވެ." މިފަދައިން ވާކަމަށެވެ. ސިނގިރޭޓަށް އެތައް ފައިސާ އެއް ހޭދަ ކުރާ އިރު އެއީ ބޮޑު އިސްރާފެއްކަން ޑރ.އިޔާޒް ފާހަގަކުރެއްވިއެވެ.
އެ ފައިސާ ހެޔޮކަންތަކަށް ހޭދަކުުން މާ ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދަޅުވިއެވެ.
4) ޚަބާއިޒުތައް: (ރަނގަޅު ނޫން ތަކެތި ކެއުން) މާތް ﷲ ވަނީ ރަނގަޅު ތަކެތި ކެއުމަށް އަމުރުކުރައްވާފައި ކަމަށް ވާއިރު ނުރަނގަޅު ތަކެތި ކެއުމާއި ބުއިމުން ދުުވާން ޖެހޭކަން އަލް އަރަފާތު ސޫރަތުގެ 157 ވަނަ އާޔަތުން އެނގޭކަން ޑރ.އިޔާޒް ފާހަގަކުރެއްވިއެވެ.
ޑރ.އިޔާޒް ވަނީ ދަރިން ސިނގިރޭޓު ބޯތަން ފެނުމުން މަނާ ނުކުރާނެތޯ ސުވާލުކޮށްފައެވެ. އެއީ ރަނގަޅު އެއްޗެއް ނަމަ މަނާ ނުކުރާނެކަން ފާހަގަކުރައްވާ ޑރ.އިޔާޒް ވަނީ އެ ހަތަރު ކަމަކީ ވެސް ހަރާން ކަންކަން ކަމާއި، ސިނގިރޭޓް ބުއިމަކީ އެ ހަތަރު ކަންތަކުގެ ތެރެއަށް ފެތޭ ކަމެއްކަން ފާހަގަކުރައްވައިފައެވެ.
އިޔާޒު ނުބުންޏަސް އެނގޭ އެއީ ހަރާމްކަމެއްކަން. އެންމެ ފުރަތަމަ އެބޯންފައްޓާ މީހާ ގެ އިހުސާސް ތަކަށް ބަލައިފިއްޔާ ބުނެވޭނީ މަސްތެކޭ އެވަނީ. ދުންފަތުގެ ބޭނުން ކުރަނީ މަސްތުވުމަށް. ވަރަށް ކުރުކޮށް ފޮނިކޮށް މިބުނީ.. ކޮންމެ މަސްތުވާ އެއްޗަކީ ހަރާމް އެއްޗެއް. އެއާއިމެދު ސުވާލެއްނެތް. އޭގައި ނެތް ކުޑަ މޮޑުމިނެއް.
. މީނަގެ ސަޕޯޓަރުން ރަށުތެރޭ މަދުވާތީ ކޮންމެދުވަހަކު މޮޔަގޮވަނީ....
އިޔާޒު ކަލޭ ބޭނުން ގޮތަކަށް ދީން ބޭނުން ކުރުމަކީވެސް ހުއްދަ ކަމެއްނޫން
ކަލޭ ބޭނުން ކޮންމެ ކަމަކަށް ދަލީލް ދައްކާ އިރު ކަލޭ ބޭނުން ނުވާ ކަމަށްވެސް ދަލީލް ފެންނަން ހުރި ހާލަތް ތަކުގެ ވާހަކަ ކަލޭ ދައްކަމުން ދާތަން ފެނޭ
އެއީ ތޯ ކަލެއަށް ދީން އުނގެނުނު އިރު އެނގުނު އެއްޗަކީ
އެހެންނޫނަސް އުޞޫލުލް ފިޤުހު ފަދަ ފިޤުހީ އުޞޫލްތަކުން ތަޚައްޞުޞެއް ނެތް މީހުން ރަނގަޅީ ދީނުގެ ފިޤުހީ މައްސަލަ ތަކުގެ ތެރެއަށް ދޫ ނުބާނާ ތިބުން އެއީ ރަނގަޅު ގޮތަކީ
އެކަމަކުވެސް ހެވެއްނު! 100 ރުފިޔާއަށް ފޮއްޓެއް ހުންނައިރުވެސް ބޯ މީހުން ހަމަ ހޭބޯނާރާ ބޮނީ
އެހެން މީހުންނަށް އެމީހުން އުޅޭނެ ގޮތް. ކަލެޔަށް ކަލޭ އުޅޭނެ ގޮތް.....
އޯކޭނު؟
ސިގިރޭޓު ބުއިމަކީ ހަރާމް ކަމެއްނޫން،
އިޔާޒު ހަރާން ކަންތައް ކުފުރު ކަންތައް ކިޔާދެން އުޅެބަލަ ގައުމުގެ ވެރިންނައް. މިގައުމުގަ އިސްލާމިކް ވެރިކަމެއްނެތް. ހައްދު ގާއިމް ކުރަނީ ޔަހޫދީން ކުރާ ގޮތައް ވުރެވެސް ނުބައިކޮއް. ތިމާގެ ޒިންމާ އަދާ ކުރެވޭތޯބަލާ ބިންގަނޑު އަޑިޔައް ނުދަނިސް
އިޔާޒު ތިޔަހާ ފަލަ އިރު ތެއްލި ކުކުޅާ ފަރާޓާ އަދި ތެޔޮ ގިނަ ބާވަތްތައް ފަރިއްކުޅުއްވުމަކީ ހަށިގަނޑަށް ދެވޭ ގެއްލުމެއް އެނގިހުރެ އެކަން ކުރައްްވަނީ ކީއްވެގެންތޯ......އަޅުގނޑު ދުށީން
ފަރުޟް ފަސް ނަމާދު ކުރާ މީހަކު ސިނގިރޭޓް ބޮންނާ އޭނަގެ ނަމާދު ސައްޙަ ވާނެތޯ؟
ހާދަ އެއްޗެއް ނޭނގޭ މީހުން އުޅެޔޭ ދޯ !؟
ރަސޫލު ޒަމާނުގަވެސް ދުން ބޮއޭ... ކަނޑައެޅިގެން ރާ ހަރާމް ކުރެއްވިގޮތައް ކީއްވެބާ ދުން ބުއިން ހަރާމް ނުކުރެއްވީ؟؟؟