ގއ. ދާންދޫ އިން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެެރަށު ކައުންސިލަރު ޝަމްހީދު އިބްރާހިމް ވިދާޅުވީ، ގެެއްލިގެން ހޯދަމުން އަންނަނީ ފައިސަލް މިއާ ނަމަކަށް ކިޔާ ބިދޭސީއެެއް ކަމަށާއި، އޭނާ އަކީ ކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމަށް ގެނެސްފައި ތިބި ހަތަރު ބިދޭސީންެގެ ތެެރޭގައި ހިމެނޭ މީހެެކެވެެ.

އޭނާ ގެެއްލިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ މެެންދުރު ފަހުން ކަމަށާއި، އޭގެ ފަހުން އޭނާ ދިރިއުޅޭ ގެެއަށް ގޮސްފައި ނުވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، ކައުންސިލުންވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެރަށުގައި އޭނާ ވާކަމެއް އަދި ނެތް ކަމެއްވެސް އެނގިފައި ނުވާކަމަށާއި، މި ދުވަސްތަކުގައި އެރަށް އޮތީ ބަންދުކޮށްފައި ކަމުން ފުރައިގެން ދިއުމަކީ ދަތި ކަމެއް ކަމަށެވެ.

"ސީދާ ނޭނގެ ދިޔައީ ރަށަކަށް ކަމެއް. ދާންދޫގަ ކަމެއްް ވީ. ދެން ފުލުހުން މެެދުވެެރިކޮށް އެކަން އަޅުގަނޑުމެން ބަލާނަން". އޭނާ ވިދާޅުވިއެވެ.

އޭނާ ދިރިއުޅެެމުން ދިޔައީ އެކުގައި މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީންނާއި އެކު އެއް ގެއެއްގައެވެ. އޭނާ ވީތަނެއް އެމީހުންނަށްވެސް ނޭނގޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.