ފެބްރުއަރީ 7، 2012 ގައި ރައީސް ކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހާ ވިދިގެން އައި ދުވަހު، އެމްޑީޕީން ރާއްޖޭގެ އެކި ތަންތަނުގައި ހުޅުޖެހުމުން ގައުމަށާއި ރައްޔިތުންނަށް ވި ޒަހަމްތަކަށް ފަރުވާލެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެގޮތަށް ފެބްރުއަރީ 8 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ހަނދާންތައް އާ ކުރައްވަމުން ކުރެއްވި ޓްވީޓެއްގައިއެވެ. އެ ޓްްވީޓްގައި އޭނާ ވަނީ އެދުވަހުގެ ބައެއް ފޮޓޯތައްވެސް ހިއްސާ ކުރައްވައިފައެވެ. އޭގެ ތެރޭގައި ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅު ޖެހި ފޮޓޯ ހިމެނެއެވެ.
އެމްޑީޕީގެ މެމްބަރުން ހިންގި މި ހަމަނުޖެހުމާ ގުޅިގެން ޖަމީލް ވިދާޅުވީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަކީ ސިޔާސީ ފިކުރުގެ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.
ޖަމީލް ވަނީ މި ހަމަނުޖެހުމުގުއި އައްޑޫ ސިޓީއަށް އިޔާދަނުކުރެވޭނެ ބޮޑެ ގެއްލުމެއްވީ ކަން ފާހަގަ ކުރައްވއަިފައެވެ. އަދި އެފަދަ ޒަހަމްތައް ގައުމަށް ލިބުމުގެ ފުރުސަތު ރައްޔިތުން ނުދިނުމަށް ޖަމީލް ވަނީ ގޮވާލައްވައިފައެވެ.
"ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަކީ ސިޔާސީ ފިކުރުގެ ބަޔަކަށް ވެގެންނުވާނެ. އިއާދަނުކުރެވޭ ޝަރުއީ ތަރިކަ ނެތިގޮސްފި. ޚާއްޞަކޮށް އައްޑޫއިން ނެތިދިޔަ ތަކެތި ކިތަންމެ ޕައުންޑަކުންވެސް ނުގަނެވޭނެ. މިޒަޚަމަށް ފަރުވާއެއް ނެތް. މިކަން ހިންގި މީހުން ހަނދާންކޮށް އިތުުރު ފުރުޞަތު ނުދެމާ" ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަކީ ސިޔާސީ ފިކުރުގެ ބަޔަކަށް ވެގެންނުވާނެ. އިއާދަނުކުރެވޭ ޝަރުޢީ ތަރިކަ ނެތިގޮސްފި. ޚާއްޞަކޮށް އައްޑޫއިން ނެތިދިޔަ ތަކެތި ކިތަންމެ ޕައުންޑަކުންވެސް ނުގަނެވޭނެ. މިޒަޚަމަށް ފަރުވާއެއް ނެތް. މިކަން ހިންގި މީހުން ހަނދާންކޮށް އިތުުރު ފުރުޞަތު ނުދެމާ pic.twitter.com/pK2bywcNQi
— Mohamed Jameel Ahmed (@MJameelAhmed) February 8, 2021
ފެބްރުއަރީ 7، 2012 ގައި ކުރި މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ސަޕޯޓަރުންނާއި ވާދަވެރި ޕާޓީތަކުގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. އަދި އެއީ ބަޣާވާތެއް ކަމަށް ބުނެ ރައީސް ނަޝީދު ވެސް އިސްވެ ހުންނަވައި ފެބްރުއަރީ 8، 2012 ގައި މަގުމައްޗަށް ނުކުތް ދުވަހު ވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާކުރިއިރު، ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް މީހުން ވަނީ ބައެއް ރަށްރަށުގައި ހުރި ދައުލަތުގެ މުދާތަކާއި އިމާރާތްތަކުގައި ހުޅު ޖަހައި ގެއްލުން ދީފައެވެ.
8 ފެބުރުއަރީ ގައުމު ރޯކުރި ދުވަސް. ހުޅުޖެހި ދުވަސް.
މިކަން ބަލަނީ ކޮންބައެއް؟
ބަޣާވާތް ކުށްވެރިކުރާ ފަދައިން ރައްޔިތުންގެ މުދަލުގައި ހުޅުޖެހުން ކުށްވެރި ކުރާނެ އަނގައެއް އެމްޑީޕީގައި ނެތީތަ؟
2012 ފެބުރުއަރީ 8 އަކީ ޓެރަރިސްޓުން މިގައުމުގާ ބޮޑު ހުޅުޖެހިދުވަސް އެދުވަސް ދިވެހިތާރީހުގާ ލިޔާނި އަނިޔަވެރި ބޮޑު ހުޅުޖަހާ ގައުމުގެ އެތަށް މުދަލެއް އަންދާލި ދުވަހަށް ބިރުވެރި ނާމާން ޓެރަރިސްޓު ހަމލާއރއް އމޑޕ އިން ގައުމަށް ދިންދުވސް މި ކަންތަށް ތަށް ބެލޭނެ
ބޮނޑި ބަތާއި ޖެހިގެން މީނަ އަށް އެ ދުވަހު ހުރެވުނީ އެކަން ކުށްވެރި ކުރަން ހަނދާން ނެތިފައި
ކަލޭ ކުޑަގޮޅިއަށްލާނަން.. 8 ފެބްރުއަރީ ފުލުހުންލައްވާ އާއްމުންނަށް ޙަމަލާދޭން އޯޑަރު ދިނީ ކަލޭ..
މިޔަންމާ ތުރުކީ ތަންތަނުގަ ބަޣާވާތް ކުރިވާހަކަ ދައްކާ ބައެއްމީހުން ރާއްޖޭގަ ކުރީވެސް ބަޣާވާތެއްކަމަށް ގަބޫލުނުކުރިއަސް އެއީވެސްވަރުގަދަ ބަޣާވާތެއްވީމަ އޭގެފަހަތުންވެސް ކޮންމެވެސް ކަންތައްތަކެއް ހިނގާނެ ނަސީބުތާ ލޭއޮހޮރުވުމަކަށްގޮސް ބަޔަކު މަރުނުވެ އެކަން ނިމުނުކަން
ބޮޑުހުޅުބަގާވާތް ކުރުމަށްހުއްދަދިންމީހާ ހަށްޔަރުކުރޭ އަމުރުނެރޭ އެއިނީ މަޖިލީހުގަ މިނިކާބޭ.
މި ގައުމުގެ ރައްޔިތުންނަށްޓަކާ މިގައުމުގެ ސަލާމަތައްޓަކާ މިމައްސަލަތަށް ބެލެންޖެހޭނެ މި މައްސަލަތަށް ތަހުގީގުކޮށް ކުއްކުރި މީހުންނަށް ހައްގު އަދަބު ދޭންޖެހޭނެ. މީ ރައްޔިތުންގެ އާދޭސް😠😠😠