އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމާއި ހަލާލް ކުރައްވާފައިވާ ކަންކަމަށް ބަދަލު ގެނެއުމަކީ ރައްޔިތުން މަޖިލީހަށް ލިބިފައިވާ ބާރެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހެޅުނު ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް އެދި ހުށައަޅާފައިވާ ގަރާރުގެ ބަހުސްގައި މެމްބަރުން ދެއްކެވި ވާހަކަތަކަަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރާމް ހަލާލް ކަނޑައެޅުއްވާފައިވަނީ އެއްކައުވަންތަ ﷲ ސުބްހާނަހޫ ވަތައާލާ ކަމަށެވެ. އަދި އެ ނިންމެވުން އަހަރެމެންނާއި ހަމައަށް ގެނެސްދެއްވީ މި ޖީލުގެ އެންމެ ފަހުގެ ރަސޫލާ މުހައްމަދުގެފާނު ކަމަށެވެ.

ވުމާާއި އެކު އިޔާޒް ވަނީ ހަރާމް ކަންތައް ހަލާލްކޮށްގެން މިއަދުގެ މަޖިލީހުގައި ވާހަކަދެއްކެވި މެމްބަރުންގެ "ސައިޒް' އޮޅުވަޑައިގެން ނޫޅުއްވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ދީނުގެ ނަމުގައި ތިމާއަށް ނޭންގޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ.

"ޙަލާލު ޙަރާމް ކަނޑަ އެޅުން އެއީ ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން. އެކަން ކަނޑަ އަޅުއްވާނީ ﷲ އާއި ރަސޫލާ ﷺ. ވީމާ ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް ޢިއްޒަތްތެރި މެމްބަރުންނަށް ނަޞޭޙަތްތެރިވަން." އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޝަރުޢީގޮތުން ލަވައިގެ ޙުކުމަށް ބަލާލާއިރު މިޔުޒިކާއެކު ކިޔާފައިވާ ލަވައެއްނަމަ ފިރިހެނުން އަދި އަންހެނުންގެ މައްޗަށް ޙަރާމް ކަމަށް ޢިލްމުވެރިން އިޖުމާޢް ވެފައިވެއެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ އެންމެ ފުރަތަމަ މަސްދަރަކީ އިސްލާމްދީން ކަމަށްވާއިރު ދީނާއި ހިލާފު ވާހަކަތައް ދެއްކުމަކީ ހުއްދަކަމެއް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. Anonymous

  ތި މިޤައުމު ހަލާކުކޮށްލި މީހުންނަކީ މޮޅުވާހަކަ ނުދައްކާ އިޔާޒޫ

  56
  7
  • ގާފް

   ޑރ އިޔާޒް ކޮންމެ ފަހަރަކު ހެން އެމްޑީޕީ އާ އެކޮޅު ވޭ... އެމްޑީޕީ މީހުން މިހިރީ އުޅޭ ގޮތް...

 2. ގޮލާ

  ރައްޔިތުން މެންބަރުންނަށް ވޯޓު ދިންއިރު ކަލޭކޮބާ؟؟

  49
  5
 3. ހަސަންކޮއި

  ކަލޭމެން އެދުނުގޮތް،ކަލޭމެންބޭނުންވިގޮތް

  50
  6
 4. މެސީ

  މީ ކަލޭމެން ގެނާ ސަރުކާރެއް ، ދެން ކޮން ކޮހެއް ގޮވާކަށް.....

  60
  5
 5. ގުރައިޝް

  އިޔާޒު ކަލޭ ދެލޯ އެބަހުރިތަ؟ ކަލޭ ބައިއަތު ހިފައިގެން ހުރި ސަރުކާރުން އިސްލާމީ ޝަރީއަތާއި ކަނޑައެޅިގެން ހިލާފް ހަރާމް ނިޔާ ކަނޑައަޅައި ނުހައްގުން މީހުންނަށް އަނިޔާދޭއިރު ސައިޒު އޮޅި ﷲ އާއި ރަސޫލާ މަތިން ހަނދުމަނެތިގެން އެނބުރެނީ ފަހެ ކޮންކަމަކާތޯ؟

  54
  5
 6. ށުވޭސ

  ތިހުރިހާ މެންބަރުންވެސް އުޅެނީ މަމޮޅޭ ހެދިގެން ، ތާކުންތާކުޖެހޭ އެކަުކުވެސް ނެތް މިމީހުންގެ ދުލުގައި ގޮށެއްޖަހަންވީ ، ނުމޮހޭ ގޮތައް،،،،،،

  36
  4
 7. ޙާކިމާ

  "އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމާއި ހަލާލް ކުރައްވާފައިވާ ކަންކަމަށް ބަދަލު ގެނެއުމަކީ ރައްޔިތުން މަޖިލީހަށް ލިބިފައިވާ ބާރެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ."
  މިއީ 100 ގެ ވާހަކައެއް.

  33
  3
 8. އަލީ2

  ޑރ އިޔާޒް. އެކަން ކަނޑަޅުއްވަނީ ހަމައެކަނި ﷲ. ﷲއާއި ރަސޫލާއެއް ނޫން. ތިޔަކުރެވެނީ ޝިރުކެއް.

  13
  10
 9. އަލީ1

  ޑރ އިޔާޒް. އެކަން ކަނޑަޅުއްވަނީ ހަމައެކަނި ﷲ. ﷲއާއި ރަސޫލާއެއް ނޫން. ތިޔަކުރެވެނީ ޝިރުކެއް.

  7
  10
 10. ނަސޭޙަތް ދޭން ޖެހޭ ގޮތަށް ދީ

  ތިޔަ އުޅެވެނީ މުޅިންވެސް ޑެމޭޖް ކޮންޓްރޯލް ކުރުމުގައި. ޢިލްމުވެރިއެއްގެ ޒިންމާވެސް ނަންގަވާ

  27
  1
 11. ..

  އެއްވެސް ކަމެއް ރަނގަޅު ނުވާނެ ތިގޮތަށް އެކަކު އަނެކަކާ މުޚާޠަބުކޮށްގެން

  17
  4
 12. Anonymous

  އިޔާޒް ތިބޭފުޅާ އަދިވެސް ވިދާޅުވާނީ ހަމަ މިވެސް މިސަރުކާރުން ކުރާ ހެޔޮކަންތައް ގިނައީއޭތޯ. ކޮބާތޯ ލަދުފުޅު. ﷲގެ ޙުކުމްފުޅުތަކަށް ގޮންޖަހާލަނީ ހެޔޮކަންތައް ގިނަކަމުން ތޯ. ހުރޭ ލާދީނީ ބައިގަނޑަކާއި އެއްބައިވެގެން. އިލްޔާސް އޭ ކިޔާ މީހަކު ދުޢާދެއްވި ވެރިއެކޭ ބުނި މީހާގެ ވެރިކަމޭމީ. ކީއްވެ ތިބެނީ ވާގިވެރިވާން. ނުބައި ޢަމަލުތައް ކުރަން މަރުކަޒުތައް އަޅާ މީސްތަކުންގެ އާޚިރަތް ނަގާލަން ވާގިވެރި ތިވާނީ.

 13. Anonymous

  އިޔާޒޫއާއި، ޒައީދޫ އާ ދެމީހުން ވަނީ މިގައުމު ފުން އަނދަވަޅަކަށް ވައްޓާލާފައި. ޒުވާނުންތަކެއް ތަނަކަށް އެއްވެލާފައި ކޮންމެވެސް ވަރަކަށް މިއުޒިކް އަޑުއަހާލާ ހަދާލުމަށްފަހު، މިސްކިތައް އަރާ ނަމާދުކޮށްލާ، އުފާވެރި ދިރިއުޅުމެއް އުޅުނަނުދޭތި. މިއުޒިކް އަޑު އެހިކަމަށްވިއަސް، ދީނުން ބޭރުނުވެ، ހަމައިގައިތިބެ، 5 ވަގުތުނާޅާ ނަމާދުކޮށް ދުނިޔެއާއި އާހިރަތް ހޯދުމަށް މަސައްކަތްކުރާ އެތައް މިލިއަން މުސްލިމުންނެއް އެބަތިބި. ތި ހުރިހާކަމެއް ހަރާންކުރާނަމަ، އޭގެ ނަތީޖާ ފަހުން ހިތިވެގެންހިނގައިދާނެ. ރައީސް މައުމޫން އަބަދުވެސް ވިދާޅުވާ ވާހަކަފުޅެއް، "އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެއް" ކަމަށް. ވަކި ހުދޫދެއްގެ ތެރޭގައި ކަންކަން

  1
  4
 14. އާދަމުގެދަރި

  އިޔާޒުއަކީ މިގައުމުގެ ރައްޔިތުން މަގުފުރައްދައި ހަލާކުކުރި އެކަކު. މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެއްދި އެކަކު. ދީނީ ޢިލްމުވެރިޔަކަށްވާތީ ދައްކާ ހުރިހާ ވާހަކައެއް ގޯސް ނުވިޔަސް ބައެއް ފަހަރަށް ކޮސް ވާހަކަ ދައްކާ މީހެއް. ހޯދަންވާވަރަށް ނުހޯދައި ވާހަކަ ދައްކާ މީހެއް. މިސްކިތްތަކުގައި ތަގުރީރު ދިނުމަށްފަހު ހަފުތާ ދެ ހަފުތާ ފަހުން ކުރީގައި ކުށެއް ދެންނެވިފައި އެބައޮތޭ ކިޔާފައި އާވާހަކައެއް ދައްކާ. ދީނީ ތަގުރީރު ދޭ މީހުން މިހެން ހެދީމާ ކުރިން އަޑު އެހި މީހުންނަށް ފަހުން ބުނި އެއްޗެއްގެ އަޑު ނީވޭނަމަ ހަދާނީ ކިހިނެތް؟

 15. ލަޔާން

  މިއުޒިކުން ހިތްހަމަ ޖެހުމެއް ނުލިބޭ... ވިޓްނީ ހިއުސްޓަން، އޭމީ ވައިންހައުސް، މައިކަލް ޖެކްސަން ކަހަލަ ލަވަކިޔާމީހުން ދުނިޔެ ދުކުރީ ޑިޕްރެޝަން އާ ހިތްހަމަޖެހުމެއް ނުލިބި ސުއިސައިޑް ވެގެން . މިއުޒިކުން ލިބުނު ހިތްހަމަ ޖެހުމެއް ނެތް

  10
 16. ޙހހ

  ތިބާ ބުނީމެންނު މި ސަރުޖާރަށް ތާއީދުކުރަނީ ކުރާނުބައި ކަންތައް މަދުވީމައޭ. ޢަދިވެސް ތިބާއަށް މިވަރެއް ނެތްދޯ . ދީނުގެ ހުކުމްތަކަށް ގޮނޖަހާލާއިރުވެސް ހަމަތާއީދު ދޯ. ގޮތްދޫނުކޮށް ހުރޭ

 17. އަލްސައިންޓިސްޓް

  އިއާޒަށް ނޭންގުނަސް ހަރާމް ހަލާލް މިޒަމާނުގަ ކަނޑައަޅަނީ އެމެރިކާގެ ފުޑް އެންޑް ޑުރަގް އޮތޯރިޓީން ނިންމާގޮތަކަށް ބަލައިފަ! ސިގިރެޓް އިއާޒްމެން ހަރާމްކުރީ ހެދިފައިވާ ދިރާސާތަކުން އެއިން ފުއްޕާމެއަށް އަދި ސިއްހަތަށް ގެއްލުން ލިބޭކަމަށް އެމެރިކާގެ އެފްޑީއޭއިން ކަނޑައެޅީމަ!

  1
  3
 18. އަލްސައިންޓިސްޓް

  އިއާޒަށް ނޭންގުނަސް ހަރާމް ހަލާލް މިޒަމާނުގަ ކަނޑައަޅަނީ އެމެރިކާގެ ފުޑް އެންޑް ޑުރަގް އޮތޯރިޓީން ނިންމާގޮތަކަށް ބަލައިފަ! ސިގިރެޓް އިއާޒްމެން ހަރާމްކުރީ ހެދިފައިވާ ދިރާސާތަކުން އެއިން ފުއްޕާމެއަށް އަދި ސިއްހަތަށް ގެއްލުން ލިބޭކަމަށް އެމެރިކާގެ އެފްޑީއޭއިން ކަނޑައެޅީމަ! މާދަމާވެސް ދިރާސާއަކުން ސިނގިރެޓާއެއްކޮށް ކަދުރުކެއީމަ ސިއްހަތަށް ފައިދާވާކަމަށް ދައްކައިފިނަމަ އަދި އެކަން އެފްޑީއޭއިން ކަނޑައަޅައިފިނަމަ ހަލާލުވީ!

  2
  2
 19. ރުޅި ގަދަނުވޭ

  ނަށަން ދާންވާނެ އިލިޔާސާ ދެގޮލާ، ނުވެގެން އުޅުކަންތައް މިއޮތްވަނީނު ދޯ. ފަހުޒަމާނު ދީންވެރިކަމަށް ހެދިގެން އުޅޭ ބަޔަކު އެމީހުންގެ ފައިދާއަށް އުޅޭނެ ކަމާ އެފަދަ މީހުންގެ އަތްދަށު ނުވުމަށް ކާފަމެން ނަސޭހަތްތެވި މި މީހުންގެ އެ ބުނެދެއްވި ސިފަ ފުރިހަމަވޭ ދޯ އިމްރާން

 20. އަބޫ ފާރިޝް

  ޑރ. އިޔާޒު ގެ ބަސްމަގު ހާދަ ހުތުރޭ.

  3
  2
 21. އަލިމަނިކު ބިންތި އަބޫބަކުރު

  އަޅުގަޑެއްގަބޫލެއް ނުކުރަން މިހާރު މިއުޅެނީ ޝޭހުންކަމަކައް ވަކިޖަމާއަތްހަދައިގެ ވަކިޕާޓީ ހަދައިގެން އެއްބަޔަކު އަނެއްބަޔަކާ ވާހަކަނުދައްކާ މޫނުކެޑިގެން މިއުޅެނީ ޝޭހުންކަމަކައް މީ ސޭކުން ފަހުޒަމާނުގެ އަލާމަތް

  5
  1
 22. ޝައިޚް

  އަޅެ މިޔުޒިކް ޙަރާމްކަމަށް ސާފްކޮށް އޮތް ހަދީސެއް އާޔަތެއްވިޔަސް ދައްކަބަލަ! ނޯންނާނެ! އެއީ އިޚްތިލާފީ މައްސަލައެއް! އެފަދަ މައްސަލަތަކުގައިރަގަޅުގޮތަކީ އެކަމެއް ނުކޮށް ތިބުން. އެކަމަކު އެއީ ޙަރާމްވެގެނެއް ނޫން!

 23. އައްޑޫ މީހާ

  ކަލޭ މިހާރު ތިހެން އަނގަ އަރުވާފަ ނައިޓް ކްލަބް ހަދައިގެން އެންމެ ފުރަތަމަވެސް އީވާއާއި ދެމީހުން އެތަނުން ފެންނާނީ

 24. ރާއްކޮ

  6 ފްރޭތަ އެކުވެގެން ގެނައި ވެރިކަން. ރަގަޅެއްނު؟(މައުމޫނީ ، ޢިމްރާނީ ، އލްޔާސީ ، ޤާސިމީ ، ނަޝީދީ ، ޞާލިޙީ) ޒިންމާ ނަގާ!