ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" މަޝްރޫއުގެ ދަށުން އޭރު އެކުލަވާލި ލިސްޓުގައި އެންމެ ގިނައިން ފްލެޓް ލިބިފައި ވަނީ އެމްޑީޕީ މެމްބަރުނަށް ކަމަށް ވީނަމަވެސް މި ސަރުކާރުން އެލިސްޓަށް ގެނެސްފައިވާ އިސްލާހުގައި އެންމެ ގިނައިން ނަން އުނިކޮށްފައި ވަނީ ޕީޕީއެމްގެ މެމްބަރުންގެ ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު އަދި ޕީޕީއެމްގެ ޓިކެޓުގައި މާލެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ފާއިތުވި ސަރުކާރުން ހިޔާ މަޝްރޫޢުގެ ފުލެޓުތަކުގެ ތެރެއިން 7،000 ފުލެޓު ދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ މި ސަރުކާރުން ފުލެޓު ލިސްޓު މުރާޖަޢާކުރަން އެކުލަވައިލި ކޮމިޓީން ފުލެޓު ލިސްޓު ދިރާސާކުރުމަށްފަހު ނެރުނު ލިސްޓަށް ފާޑު ވިދާޅުވަމުން އިދިކޮޅު ކޯލިޝަނުން އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުގައި އެންމެ ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އެގޮތުން އެ ލިސްޓުގައި ހިމެނޭ 7000 މީހުންގެ ތެރެއިން 3591 މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި 1959 އަކީ ޕީޕީއެމްއަށް ނިސްބަތްވާ މީހުން ކަމަށް ވާއިރު 517 މީހަކީ އެހެނިހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 930 މީހަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މީހުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ލިސްޓު އާންމުކުރިއިރު އެ ރައްޔިތުންގެ އުންމީދު ގެއްލުވައިލާފައިވާ ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ރައްޔިތުންނަށް މި ސަރުކާރުން ދީފައިވަނީ ނުޙައްޤު އަނިޔާއެކެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅުނު 7000 ހައުސިންގް ޔުނިޓުގެ ތެރެއިން ކުރިން ފްލެޓު ނުލިބޭ އެތައް ބަޔަކަށް މި ސަރުކާރުން އެކުލަވާލި ލިސްޓުގައި ފްލެޓް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކުރަން މިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ މީހުންގެ ލިސްޓުތައް މުރާޖައާ ކުރަން މި ސަރުކާރުން ފެށީ ކުރީގެ ސަރުކާރުގައި އެ މަރުހަލާ ކުރިއަށް ގެންގޮސްފައި އޮތީ އިންސާފުން ބޭރުން ކަމަށް ބުނެއެވެ. އަދި އެއްވެސް ވަރަކަށް ކުރިމަތިލި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބަލާފައި ނުވާ ކަމަށް ބުނެއެވެ. މި ކަން މި ސަރުކާރުގައި ކުރަމުން ދަނީ ރައީސް އޮފީހުގައި އެ ކަމަށް ޚާއްސަ ކޮމިޓީއެއް ވެސް ނަގައިގެނެވެ.

އެ ފްލެޓްތަކުގެ ބައެއް ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް މިހާރު އާންމުކޮށްފައިވާ އިރު އެ ލިސްޓުތަކުން އުނިކޮށްފައިވާ ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ ބައެއް ރައްޔިތުންގެ ވާހަކަތައް ވެސް އާންމުންނާ ހަމައަށް "އާންމުންގެ އެކުވެރި ގުޅުން" ޖަމިއްޔާއިން ދަނީ ގެނެސްދެމުންނެވެ. ރާއްޖޭގެ ނޫސްތަކުގައި ވެސް މި ވާހަކަތައް މިހާރު ޝާއިއު ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އއއ

    ކަލޭވެސް ދިނީ އިންސާފަކުންނޫން

    8
    15
  2. ޒާހިޔާ

    ކާލޭ އާއިލާ އެންމެންނަށް ދީފަ އޮތީ ނަސީބު މިފަަރު އެ ކަކަށް ލިބުނު ކަން...

    6
    13
  3. ދފކދ

    އެއީ އެމް.ޑީޕީ އިން އިންސާފް މާނަކޮށް ތަންފީޛްކުރީމަ ކަންކަން އޮންނަގޮތް. ކޯޓުތަކުންވެސް އެމީހުން ބުނާގޮތަށް ހުކުމް ނުކޮށްފިޔާ ޤާޟީ ދާނީ ގެޔަށް ވަޒީފާއިން ވަކިވެގެން. ދެން ކީއްކުރާނީ. ޕީ.ޕީ.އެމް އިން 2018 ގައި އިންތިހާބަށް ތައްޔާރުވި އިރު އެމް.ޑީ.ޕީ ޔަކީ ކޮންކަހަލަ ބަޔެއްކަމާ އެމީހުނަށް ވާގިވެރިވާ މީހުންނަކީ ކޮންފެންވަރެއްގެ ކޮންކަހަލަ ގައުމެއްކަމާ ކޮންކަހަލަ ޖަމާޢަތްތަކަކުން ކަމާ އެމީހުން ހުރިހާ ޖަރީމާއެއް ހިންގަނީ ރާއްޖޭގައި ހުރި ކޮން ބެންކެއް މެދުވެރިކޮށްކަން ބަލައި ކުރީބައިގަ އެކަންކަމަށް ސަމާލުނުވީމަ ވާންވިގޮތް މިއޮތީވެފަ. ދެން ވެސް ރައްޔަތުން ހޭލައިގެން މިކަމަށް ހައްލެއްލިބޭނީ. ޣާފިލްވެފަ ތިބެގެން ނުވާނެ.

    12
    2
  4. އިނގޭ

    ކުރިން އެހޯދީ ދިހަހާސް ފަނަރަހާސް ދީގެން... ކޮބާ ޝަރުތު؟

  5. Anonymous

    މޑޕ މީހުން ގިނަވާނެތާ.... އޭރުންތާ ޕާޓީބަދަލު ކުރާނީ... ހަމަ ބޮޑު މޮޔައެއް... ކޮންމެހެން ބޭނުންޖެހިފަ ތިބި މީހުން ބަލާނެކަމެއް ނެތް...

  6. ޢަހާ

    ކަލޭ ތިވާހަކަ ދައްކަން ލަދުގަންނަންޖެހޭ

  7. މުންކޮ

    މުއިޒު ތިބޭފުޅާ ފުލެޓް ތައް ބެހީ ވެސް އިންސާފަކުން ނޫން އޭރުވެސް ދޮގުހައިގެން އޮޅުވާލައިގެން ފޯމްލި މީހުންނައްވެސް މާލޭ ސަރަހައްދުގައި ދިރި ނޫޅޭ އެތައް ބަޔަކަށް ވެސް މާލޭގައި 6 ބުރިއައް ގެހަދާފައި ހުރި މީހުންނަށްވެސް ފުލެޓް ލިބުނު އަސްލު ހަޤީގަތަކީ އޭރު ފުލެޓް ދީފަހުރީ ބަލަންވާ ވަރަށް ނުބަލާ މާބޮޑައްވެސް ބޭ އިންސާފުން މިހާރު ދެން ފުލެޓޭ ކިޔައިގެން ކޮން ވާހަކަޔެއް ދައްކާކަށް މުއިޒް ހައްޕް

  8. ޟިޔާގަތު

    އެހެންވެތޯ މެޑަމް އޮފީހުންގުޅާފަ ދެންނެވީ ޔާމީނަށް ތާއީދުކުރަންތޯ އަޅުގަނޑު އާއެކޭ ބުނުމުން އަޅުގަނޑުގެ ފޯމް ނަންބަރު އޮތް ބޭބެޔަކު ނޫނެކޭ ބުނުމުން އޭނަގެ ނަމެއްނެތް ކޮންމެ ގޮތަކަށް ޕޮއިންޓްދިނަސް މަށަށްވުރެ ގިނަޕޮއިންޓް އޭނައަށް ލިބެންޖެހޭނެ

  9. ނައީމް

    ކުރީގެ ލިސްޓުގައި ވެސް ކައޭ ހެދީ މަކަރު. ބައެއް މީހުންގެ ފޯމު ވެސް ބަލައިނުގަނޭ. ކައޭމެން އޭރު ބުނީ ޕީޕީ މީހުންނަށް ދީފައި ބާކީވާ އެއްޗަކުންނޭ އެހެން މީހަކަށް ދެވޭނީ. އަދިވެސް ކައޭ ހަދާނީ މަކަރު.