އޭދަފުށީގައި މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ، ބ.އަތޮޅު ކައުންސިރަކު ސަލާމަތް ކޮށްފިއެވެ.

ގެނބެމުން ދަނިކޮށް ސަލާމަތް ކޮށްފައިވަނީ ބ.އަތޮޅު ކައުންސިލުގެ މެންބަރު އައިޝަތު ޝިފާނާއެވެ. އޭނާ ސަލާމަތް ކޮށްފައިވަނީ އެރަށުގެ ޒުވާނެއް ކަމަށްވާ ޝުއައިބު އަލީ ޝަރީފެވެ.

"ވަގުތު" އަށް އެހާދިސާ ހިނގި ގޮތް ކިޔާ ދެމުން ޝުއައިބު ބުނީ، އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:30 އެހާކަންހާއިރު ކަމަށާއި އޭނާއަށް ޝިފާނާ ގެނބެމުން އަންނަ ކަން އެނގިފައިވަނީ އެސަރަހައްދުގައި ކޮމިއުނިޓީ ޕާކެއް ހަދަން އުޅެނިކޮށް މޫދަށް އެރެން ގޮސް ތިބި ބަޔަކު އޭނާ އާއި އޭނާގެ ބޭބެ ކައިރީ މީހަކު ގެނބެނީއޭ ކިޔައި ގޮވުން ކަމަށެވެ.

"އޭރު އެމީހުން ތިބީ ޕިކްނިކް ހަދަން ކަންނޭނގެ. ފޮޓޯ ނަގަންވެސް ތިބި ބަޔަކު. ދެން އެތަނުން މީހަކު ބުނީ ބޭބެ އަށް ގޮވާފައި، ގެނބެނީއޭ އެބަ އާދެބަލާށޭ ކުއްޖަކު. އެގަޑީގަ ބޭބެ އާއި ދެމީހުން ދުއްވައިގަތީ ތިލަތަންމަތިން. އޭރު ފެންނަނީ އޮޔާ ދާތަން" ޝުއައިބު ބުންޏެވެ.

ޝުއައިބު ބުނީ، އޮޔާ ދަނިކޮށް ފެނުނު އިރު ދެމީހަކު ތިބި ކަމަށާއި އެތަނުން އެކަކު އޮތީ ރިންގު އަޅައިގެން ކަމަށެވެ. އެތަނުން ރިންގުގައި އޮތް މީހާ އަތުމަތީގައި ޝިފާނާ އޮތްކަމަށް ޝުއައިބު ބުންޏެވެ.

"ބަލާލާފައި އެނގިއްޖެ އޭނާ ގަނބެނީކަން. ވަގުތުން ފޯނާއި އެއްޗެއްހި ބަހައްޓާފައި، އަތުގައި އޮތް އަންގީއާއ އެއްޗެހި ދޫކޮށްލާފައި އެދިޔަ ބާރުމިނުގައި ގޮސް ފުންމާލީ މޫދަށް" ޝުއައިބު ބުންޏެވެ.

ޝުއައިބު ބުނީ، އެމީހުން ޖެހިފައި ތިބީ އޮއެވަރެއްގައި ކަމަށާއި އެހެން ކަމުން ބޭރަށް އެމީހުން ދަމަމުން ދިޔަ ކަމަށެވެ.

އެމީހުންނާއި ކައިރިވާން ފެށުމުން ރިންގުގައި އޮތް މީހާ "އަވަހަށް އަންނާށޭ. ވަރުބަލިވެއްޖެއޭ. ދެން ނުވާނެއޭ" މިގޮތަށް ބުނި ކަމަށް ޝުއައިބު ބުންޏެވެ. އޭނާ އެގޮތަށް ބުނުމުން "މިދަނީއޭ. މިހާރު ހަމަ ކައިރިވަނީ" މިގޮތަށް ޝުއައިބު ބުނި ކަމަށް އޭނާ ބުންޏެވެ.

އެމީހުންނާއި ކައިރިވީއިރު، ޝިފާނާ އޮތީ ވަރަށް ގިނައިން ލޮނު ބޮވި، ވަރުބަލިވެ އޯކަށް ދެމިފައި ކަމަށާއި އެހެން ކަމުން އަވަސް ވެގަތީ ސަލާމަތް ކުރަން ކަމަށް ޝުއައިބު ބުންޏެވެ.

"ގޮސް މަޑުމަޑުން ކައުންސިލަރުގެ ބޯކައިރިން އަޅުގަނޑު އަތް އަޅުވާލާފައި ހިއްލާލީ ލޮނުން މައްޗަށް. ހިއްލާލާފައި މަޑުމަޑުން އެއްގަމާއި ދިމާލަށް ގެނައީ. އެގަޑީގައި ރިންގު އަޅައިގެން އޮތް މީހާވެސް އޮތީ ވަރުބަލިވެފައި. އެހެންވެ އޭނާވެސް ގައިގަ ހިފަހައްޓައިގެން ދެމީހުން އެއްކޮށް ހަމަ އައީ" ޝުއައިބު ބުންޏެވެ.

އޭނާ މޫދަށް ފުންމާލިއިރު، އެތަނުގައި ތިބި މީހުން އެމްބިއުލާންސަށް ގުޅި ކަމަށާއި އެމީހުން ސަލާމަތް ކޮށްގެން އެއްގަމަށް ގެނެވުނުތާ ކުޑައިރުތަކެއް ނުވަނީ އެމްބިއުލާންސް އައިސް އެމީހުން ގޮވައިގެން ދިޔަ ކަމަށް ޝުއައިބު ބުންޏެވެ.

ޝުއައިބު ބުނީ، މިހާދިސާގައި ޝިފާނާއަށް ވަރަށް ގިނައިން ލޮނު ބޮވުނު ނަމަވެސް، ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީ މިހާރު ޝިފާނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޝަފީ

  ފުރާނައެއް ސަލާމަތް ކުރަން ދެއްވި ވަރަށް ބޮޑު އެހީތެރިކަމެއް. ފުލުހަކަށް އަދި ސިފައިންގެ މީހަކަށް ނުވިއަސް އެމީހުން ކަނޑުވުމުން ސަލާމަތް ކުރުމުގައި އެހީތެރިކަން ދެއްވި ފަރާތުގެ އަގު ވަޒަންކުރަންޖެހޭ. ޝުކުރިއްޔާ

  91
  1
 2. ނާ

  ައަހަރެންގެ ކާފަ އާއ ބައްޕަގެ ވަރަށް ގިނަރައްޓެހިން ތިބޭރަށެއް އޭދަފުއްޓަކީ...ވަރައް ހިއްހެޔޮ ރައްޓެހިން މާޝާﷲ ..

  49
  3
  • ހަސަން ރަސްގެފާނު

   މާލެ ނޫން މީހަކާ ނޫނީ ނީންނަން އުޅޭ ބައިގަނޑެއް އުޅޭ ރަށެއް.

   11
   5
 3. Anonymous

  ޝުއައިބު ތިކަމުގަ މަރުވިނަމަ މުޅި ރާއްޖެ ތިކަން ބަލައިގަތީސް. މިހާރު ހިޔެއް ނުވޭ ތިކަން ފާހަގަ ކޮށް ބަލައިގަންނާނެ މީހަކު ހުރިހެނެއް . ދިވެހިންގެ އާދަ. އަހަރެން ސާބަސް ދެން ޝުއައިބަށް

  62
  4
 4. ށުމަން

  ހަބަރު ކިޔަމުން އައި އިރު ހީވީ ލޯބީގެ ވާހަކަ އެއް ކިޔާލާހެން.
  "ޢާ އެކެވެ. ށިފާނާ އެވަގުތު ހަމަ ގެނބެނީ އެވެ. ށުއައިބު ދިޔައީ ށިފާނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ކުރެވުނު ހާ މަސައްކަތެއް ކުރަމުން ނެވެ. ޢެވަގުތު ސިފާނާ އަށް ބޭއިހްތިޔާރުގައި ސުއައިބާ ދިމާލަށް ވ. އަސަރާ އެކީ ބަލާލެވުނެވެ. ޢާއެކެވެ. ޢެއީ ހަމަ ށުއައިބެވެ. ޢޯގާތެރި ފިރިހެނެކެވެ. ޙިތާހިތުން ށިފާނާ އަށް ބުނެލެވުނެެ. ދެން ދުވަހަކުވެސް މޫދަކަށް ނުދާނަމެވެ.

  20
  33
  • ހާދަ މަޖަލޭ ދޯ ށުމަން😡😡😡😡

   ކޮންމެ ކަމެއް ހަދަންވީ ޖޯކަކަށް ނޫނެވެ.”ށުމަން”ގެ ގާތް މީހަކަށް މި ފަދަ ހިތާމަވެރި ކަމެއް ކުރިމަތިވި ނަމަވެސް ހަމަ ތިހާ ތަފުސީލުކޮށް ވާހަކަ ސިފަކޮށްދޭން ކެރުނީސް ބާއޭ ހިތަށް އަރައެވެ.😏😏😏😏

   25
   1
  • މަ

   ދޯ🤣🤣🤣

   6
   1
  • މޫސަ

   މަޖަލެއްނޫން

   15
 5. ޢަނބި ޓައިޓިސް ބީ ނޮހޮރޮއްޕާން ޓައިޓިސް .

  އަސްތާ ތީ ހުކުރު ޙައްޖެއް ވުން ކަހަލަ ކަމެއް

  6
  9
 6. ރޯދަމުބާރަކް!

  މި އީ ޚިދުމަތްތެރިންނަށް ވާންވީ ބޭފުޅުންނަކީ..!! އަޅުގަނޑުގެ ސެލިޢުޓް ޝުއައިބުއަށް..!!

  11