ގއ.ގެމަނަފުށީ ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން މިރޭ އެކްސްޓްރާ ކްލާހުގައި ތިއްބާ "ރޫހާނީ ކަމެއް ދިމާވެގެން" ހަކުއްޖަކަށާއި ޓީޗަރަކަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ގެމަނަފުށީ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު މުއާޒް "ވަގުތު" އަށް ވިދާޅުވީ ހެލްތު ސެންޓަރަށް ކުދިންތައް ގެނައިއިރު ތެޅިފޮޅެމުން ގެންދިޔަ ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ކުދިންނާއި ޓީޗަރުގެ ހާލު ވެސް ރަނގަޅު ކަމަށް މުއާޒް ވިދާޅުވިއެވެ.
"ހަކުދިން ގެނައީ، ދެން ޓީޗަރަކުވެސް ގެނައި. ހާދިސާ ހިނގާފައިވަނީ އަށެއްގެ ކުރިން ކަމަށްވަނީ. ޓީޗަރު ގެނެސްފައި ވަނީ ނުވައެއްގެ ފަހުން. ޓީޗަރަށް ފަރުވާދީ ދޫކޮށްލައިފި. ކުދިން އަދިވެސް ތިބީ އޮބަސަވޭޝަންގައި. ބައެއް މީހުން ބުނާ ގޮތުގައި އެއް ކުއްޖަކު ހޮޑުލަވައިގަނެގެން ދުއްވައިގަތީ. ގޮސް ހޮޑު ނުލެވިގެން ފާހަނާއިން ނިކުމެގެން ގޮސް ޕާކުގެ ފާރުމަތީހުރީ، ހުއްޓާ ކްލާސްރޫމު ތެރެއިން އަންހެން ކުއްޖަކު ރޮއެގަތީ. އޭގެ ފަހުން ފަހަރަކު ކުއްޖަކު ފަހަރަކު ކުއްޖަކު (ވެއްޓެމުން) ދިޔައީ." މުއާޒް ވިދާޅުވިއެވެ.
ގެމަނަފުށިން "ވަގުތު" އަށް މައުލޫމާތު ދިން އާއްމުން ބުނާ ގޮތުގައި ހާދިސާ ހިނގާފައިވާ ގޮތައް ބަލާއިރު އެއީ ރޫހާނީ ކަމެއްކަން ޔަގީން ކުރެވެއެވެ.
ގެމަނަފުށީ ސްކޫލްގައި މިރޭ ހިނގި ކަންތަކާއި ގުޅިގެން އެ ސްކޫލްގެ ބަހެއް އަދި ނުލިބެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގެ ސްކޫލްތަކުގައި މީގެ ކުރިން ވެސް މިފަދަ ކަންކަން ހިނގާފައި ވެއެވެ. ރޫހާނީ ކަންކަން ދިމާވާތީ ބައެއް ސްކޫލްތަކުގެ ގޯތިތެރޭގައި ހުރި ގަސްތައް ވެސް މީގެ ކުރިން ކަނޑާފައި ވެއެވެ.
ތިޔަ ޙާދިޘާ ވައްތަރީ ކޮންމެވެސް ކަހަލަ ނުރައްކާތެރި ގޭހެއް ގެ ސަބަބުން ދިމާވި ކަމަކާ އެވެ.
ނޭގޭ ވާހަކަ ނުދައްކަ ބަލަ..ގޭހެކޯ؟؟ ކަންކަމުގައި އަބަދުވެސް މަޖާ ނޫނީ އަމިއްލައަށް މާމޮޅުވެގެން އުޅޭ މީހުން މިތިބެނީ ކޮމެންޓް ކުރާއިރު ރަގަނޅައް ދެކޮޅު ބަލާބަލަ..އެސުކޫލް ހޯލުތެރެ ނާމާން
ތީ އިނގޭ މޮޅުމީހަކަމަށް ހެދީ ކާކު؟!؟ ހޯލުތެރެ ނާމާނޭ ބުނީމަ
ތީ އިނގޭ މޮޅުމީހަކަމަށް ހެދީ ކާކު؟!؟ ހޯލުތެރެ ނާމާނޭ ބުނީމަ
ހެލްތު ސެންޓަރުން ދިނީކޮން ފަރުވާއެއްތޯ؟
ފުރަތަމަ ކުއްޖާ ރަނގަޅަށް ތަޙުލީލް ކުރީމަ ތިވީގޮތް އެނގޭނީ . މާސް ހިސްޓީރިއާ އަކީ އެކަކަށް ވާ ގޮތަކުން އަނެއް އެންމެންނަށް ޖެހޭ ނަފްސާނީ ބައްޔެއް . ފުރަތަމަ ކުއްޖާޔަށް ހަމަ އަސްލުވެސް ހޮޑުލަވާފަ ހޮޑު ނުލެވުނީ ކަމަށް ވެދާނެ . ހޮޑުލަވާ ގޮތް ވެދާނެ ގޭސްޓްރިކް ގެ ސަބަބުން ވެސް
ގޮސް ފާރުމައްޗަށް އެރުންވެސް އެއީ ގޭސްޓިރިކްޓް މައްސަލައެއް؟
ފަރުމައްޗަށް އެ އެރެނީ ގޭސްޓްރިކެއް ނޫން . އެއީ ފަރުމައްޗަށް އެރޭޓްރިކްސް
ގެމަނަފުށީ ސުކޫލްހޯލުގައި ހުންނަ ގަސްތައް ޖެހެނީ ކަނޑާލަން...މީގެ ކުރިންވެސް އެތަނުން އަޑުތައް އިވޭ
ރޫހާނީ ކަމެއްދިމާ ވެގެން ޑޮކްޓަރީ ފަރުވާ އިން ރަގަޅު ނުކުރެވޭނެ ތިހެން ވީއިރު ގައި ތީ އިއްތިފާޤެއް މެޑިކަލް ކަމެއް ދިމާވީމަ ތިހެން ޑޮކްޓަރީ ބޭހުން ރަގަޅުކުރެވޭނީ...ވެދާނެ އެލާރޖީ އެއްކަމަށް
އެލާޖިކެއްނޫން އެއީ..ކަލޭ މެން މާމޮޅުވެގެން ކޮމެންޓް ކުރާއިރު ވާނުވާ އެއް އެނގެނީއެއްނޫން
މިރަށުގެ ރައްޔިތުންނައްވުރެ ބޮޑަށް ކަލެޔަށްދޯ އެނގެނީ...އެކުދިން ބިންމައްޗަށް ވެއްޓި ތެޅިތެޅި ތިބި ތަން ފެނުނު މީހުންނައް އެ އިހުސާސް ކުރެވޭނެ...މަޖަލެއްނޫނޭ
ބައެއްފަހަރު ފުޑުޕޮއިޒަންވެސްވޭ މިފަހަރުދެން ތި ގޮތަށްނިއްމާލާނީ ތިވެސް ހަމަވެދާނެކަމެއް
އެއްކުއްޖަހު އެހެން އުޅުނީމާ އޯކޭ! އެއްކުއްޖަކަށްފަހު އަނެއް ކުއްޖެއް ....... މިއީ ކިހިނެއްވާ ފުޑްޕޮއިޒަނެއް!
ދެނަމާދު ދޭތެރޭ ގެނދިޔާމަ ވީ ގޮތް
ކޮންމެ ގަޑި އަކީވެސް ދެނަމާދު ދޭތެރެނޫންތޯ
މި ދައްކަނީ މަޢްރިބް އިޝާ ދެމެދު ވާހަކަ..އެވަގުތު ނާމާން ވާނެ...އެހެން ކޮންމެ 2 ނަމާދު ދޭތެރެއަކަށްވުރެ..ﷲގެ ނަބިއްޔާގެ ސީދާ ޙަދީޘް ބަލާބަލަ އެއިރުން އެނގިދާނެ އިރުއޮއްސޭ ވަގުތުން ފެށިގެން އިޝާ ބަންގި ގޮވާ ދެމެދުގައި ހުރި ނާމާންކަން
ހައްހައްހާ......
ތީ ހާދަވަރުގަދަ ހެލްތް ސެންޓަރެކޭދޯ ރޫހާނީ ކަންކަމަށް ފަރުވާކުރެވޭތަނެއް
ބޮޑު ނޮހޮރޮއްޕާނެކޭ ރާއްޖެތެރޭ ނާތަހުޒީބު ބައިގަނޑު
ތިކަހަލަ ޖާހިލުންނާ ހެދި ގަ އުމު ހަލާކުވަނީ😡😡
ގެމަނަފުއްޓާ ޖައްސާލައިގެން އުޅޭ ހެންހީވޭ؟؟
މި ރާއްޖޭގަ ކަމެއް ކޮށްފަ އޮތިއްޔާ އޮންނާނީ ތިޔަ ބުނާ ބައިގަނޑު، ވިޔަފާރިއަސް، ކިޔެވުމަސް. ތިޔަ ބުނާ މާލޭ ބައިގަނޑަށް އެނގޭނީ ކުލި ލިބުނީމަ އަޗާ ތަޅަން
ތަހުޒީބު ވެގެންގޮސް ކެކި އަރަނީ ތިއޮށް.
ކަލޭގެ ހުރި ތަހުޒީބުކަމެއް އަޅެ ކިޔާލަދީބަ. ވަރަށް އެގެން ބޭނުން
އެމްޑީޕީ އަށް ވޯޓު ހޯދަން ހެދި އެތިފަހަރު އެޖެހުނީ ދަރިންނަށް. ޜާކަނިމަސް ކެވިފަ ހުންނާނީ މިހާރު. ޙައްހައްހާ
ސަޓޯ ތީ ފައްކާ މާލޭ ގަމާރެއް.
ތިޔަކަމެއް ދިމާވީ ކޮންއިރެއްގައިތޯ؟
ވޯޓާއި ކައިރިވެއްޖެ. ފޮށި ބަހައްޓާ ތަންތަނު ގައި ކުރުނބާ ލިޔެފައި ވަޅުލާ ކަމަށް ތޯތޯ ޕްރޮ ގްރާމް އިން ބުނި. ގެމަނަފުއްޓަކީ މަސްވެރިކަން. ރަނ ގަޅު ކުރަން ވަރަށް ކުރިން ފަންޑިތަ ހެދާ ރަށެއް. ރޫޙާނީ ގޮތުން ލިބެންޖެހޭ ފަރުވާ ކޮންމެ ދުވަހަކު 5 ފަސްފަހަރު އިންސާނުން ގެ ހަށި ގަނޑަށް ލިބެންޖެހޭ.. އެފަރުވާ ބާރާބަރަށް ލިބެނިކޮށް ރަނ ގަޅުވާނެ..
ތިހާދިސާ ވައްތަރީ ؛
1/ ކޮންމެސް ނުލަފާ ބަދު އަހުލާޤީ ޢަމަލެއް ހިންގައިގެން ހިތަށް ބިރުވެރިކަން ވަނުން ! .
2/ ގުޑުގުޑާ ޝީޝާ ނުވަތަ މަސްތުވާ އެއްޗެއްގެ ވަސް ބެލުމުން ބޮލަށް އެބުރުން އަރާ ބިރުވެރިކަން އިހުސާސްވުން!
މިފަހަކަށް އައިސް ބައެއްމީހުން ރޫހާނީ އެކަހަލަ ކަންކަން ގަބޫލު ނުކުރާ ކަމަށް ހެދިގެން މާ ލޮޖިކްވެގެން އުޅޭ އެކަމަކު ގަބޫލު ކުރަން ޖެހޭ ކަމަކީ އެބައިމީހުންނަކީވެސް ހައްދަވާފައިވާ ވުޖޫދުގައިވާ ބައެއްކަން ގްރުއާނުންނާ ހަދީޘުން ސާބިތުވާ ހަގީގަތެއްކަން އަދި އެސޮރުމެންގެ ތެރޭގައި ހެޔޮލަފާ ސޯލިހުންނާ މަގުފުރެދި ﷲ އަށް ނުކިޔަމަންތެރިވާ ގޯސް ބަޔަކުވެސް އުޅޭކަން އެފަދަ ގޯސް މީހުންގެ ސަބަބުން އިންސާނުންނަށް ގެއްލުންތަކާ އަނިޔާ ލިބޭ
ތިޔައޮތީ ތެދާއި ދޮގު އެއްކޮށްފަ. ޓިޕިކަލް ޝެއިޚުން ގޮތަށް. އެންމެ ފަހުލައިންގެ ފަހުބައިގާ އެއޮތީ ދޮގު.
އިލެކްޝަން ކައިރިވަނީދޯ ޝައިތާނުންގެ މަދަދު ނުހޯދާ ޝިރުކުން ސަލާމަތްވޭ
"މާސް ހިސްޓީރިއާ" ރޫހާނީ އަދި ޖަޒުބާތީ ނުވަތަ ޕާރީންގެ ކަމެއްވެސް ނޫން
ޠިޔަކަން ތިޔަދިމާވާންޖެހުނީ ކޮންމެވެވެސް ރޫޙާނީ ހަރުކަށިފިކުރުގެ ކަމެއް ނޫންބާޥައެވެ ޚަބަރުލިބޭގޮތުގައި ސްކޫޅްގެ ކުރީޤެ އިސްޕަރާތްވެސް މިހާރުވަނީ ބަދަލުވެފައެވެ
ޠިޔަކަން ތިޔަދިމާވާންޖެހުނީ ކޮންމެވެވެސް ރޫޙާނީ ހަރުކަށިފިކުރުގެ ކަމެއް ނޫންބާޥައެވެ ޚަބަރުލިބޭގޮތުގައި ސްކޫޅްގެ ކުރީޤެ އިސްޕަރާތްވެސް މިހާރުވަނީ ބަދަލުވެފައެވެ
ޕްރިންސިޕަލް ބަދަލުވި
އެޑިޔުކޭޝަން ދާއިރާގެ ހުރިހާ ކަމެއްގައިވެސް ރޫހާނީ ކަންކަން ހުންނާނެ. ހުރިހާ ސްކޫލެއްގެ އެކްޓިވިޓީ ޔުނިފޯމު ވަކިބަޔަކަށް ހެދޭގޮތަށް ހަދައިގެން މިއުޅެނީވެސް މިކަހަލަ ރޫހާނީ ކަމެއްގެ ތެރެއިން ދޯ. ދިވެހި ދިދައިގެ ކުލަކޯޑް ދިނީމާ އެންމެންނަށް ހެދޭގޮތަށް އޮންނަނީ. އެކަމަކު ސްކޫލެއްގެ ޔުނިފޯމް ފަހާ ފޮތީގެ ކުލަކޯޑު ނުހަދައި ވަކިބަޔަކު ވިއްކާ އެއްޗެއް ނޫނީ ކަމުނުގޮސްގެން މިއުޅެނީ ރޫހާނީ ކަމަކުން ނޫންތަ!
ކޮރޯނާ ވައިރަސްގެ ރޫހާނީ ވައްތަރުތީ. ފާހާނާތައް ބަންދުކޮށްފަ ބީޗަށް ބޮގަށްދާން ޖެހޭނީ ދެން
މިހާރު ރާއްޖޭގައި ރޫހާނީ ބައްޔަށް ބޭސްކުރާ ޑޮކްޓަރުން ތިބޭތަ؟
ނޫނެކޭ އެކުދިން މަރުކަޒަށް ގެންގޮސް ހޭނެއްތީ އޭ. ދެން ހޭލިއިރު ހުރީ ރަނގަޅަށް
ރޫހާނީ ކަމެށްނަމަ މަށަށް ހީވަނީ ކުރާނީ ރުޣުޔާ
ކުދިން ކިޔެވުމަށް ހުރަސް އަޅާ ސިހުރު ކުދިންނަށް ހެދީމަ ވާ ގޮތްތީ
އިންސާނާގެ ކުޑަކުޑަ ސިކުންޑީގެ ތިލަކަމާއެ
ކައުނުގެ ފުންކަން އިހުސާސު ކުރެވޭތޯއެ
ނާސްތާ ޕރޮގްރާމ ނެތީމަވާގޮތް ސަިނުބޮެ ތހިބޭ ކުދިން ގޭސްވެގެން އުޅެގަތީމަ ދހެނ ތިބިކުދިން ހާސްވީ ކޮބާ ނާސްތާ ލާރިގަނޑު
އަންނި އަށް ހުންނަނީ ކޮންކަހަލަ ކަމެއްބާ ލައިގަނެފަ؟
އޭނަ ވެސް ވީ ހެލްތް ސެންޓަރަކަށް ގެންގޮސް ބާއްވާން!
ތިމާއަށް ނޭނގޭ ކޮންމެކަމެއް ޖިންނި ކަމަކަށް ނުހަދަމާ! ތަހުޒީބުވާންއެބަޖެހޭ
މާސް ހިސްޓޭރިއަ؟
ބޮޑަށް ވައްތަރީ ނަފްސާނީ ކަމަކާ ، ބެލެނިވެރިންނާއި ސްކޫލުން ވެސް ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް އެކުދިންނަށް ވަރަށް ޕްރެޝަރ ކުރޭ. ކުދިންގެ ސިކުނޑިއަށް ބާރު ބޮޑުވުމުގެ ސަބަބުންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުރި
ތިވެދާނެ މާ ގިނައިން ފިހުނުމަސް ކެވުނީ ކަމަށް..ފަރުމަހުގެ ބާވަތްތަ ކުން ފަރުމަޒޯނިއާ ކިޔާ ކޮމިއިނިޓީ ސްޕްރެޑެއް އުފެދިދާނެ.. .މޮޔަގޮވަނީ ތިބެ.
ޖިންނީން ހެއްދެވީ ދުން ނުއަރާ އަލިފާނުން ކަމަށް ކީރިތި ޤުރްއާނުގައި އަންގަވާފަވޭ. އެއީ އެ މީހުންގެ އަސްލު . އާދަމުގެ ދަރީންގެ އަސްލަކީ މަށި . ވީއިރު ކޮބާ ދުންނާރާ އަލިފާނަކީ މިއަދު . މައިކްރޯ ވޭވް ބޭނުން ކޮއްގެން އަޙުރެމެން އެބަ ތަކެތި ރޯފިލުވަން .ޔަޢުނީ ކަރަންޓު ހަކަތައިގެ ފޯމްގައި އުޅުމުގެ ޤާބިލް ކަން ޖިންނީންނަށް ލިބިގެންވޭ . އިންސާނާގެ އެތެރެހަށީގައި ކަރަންޓް ދައުރުވޭ . ކާ އެއްޗެހި އަދި ބޯ އެއްޗިހި މަޢިދާގެ ތެރެއިން ހަޖަމު ކުރުމަށްފަހު ބަދަލްވެގެން ދަނީ ކެމިކަލް ހަކަތަ އަށް ދެން ކެމިކަލް ހަކަތަ ހިތުގެ ލޭ ހިނގުވާ ނިޒާމްގެ ތެރެއިން ކަރަންޓް ހަކަތަ އަށް ބަދަލު ކުރޭ ސިކުނޑިއަށް ވިސްނަން ބޭނުންވާ ހަކަތަ އެއީ ކަރަންޓް . އިންސާނާގެ ހަށިގަނޑުގެ އެއް ސެލް އިން އަނެއް ސެލްއަށް ސިގްނަލް ފޮނުވައިދެނީ މި ކަރަންޓް ހަކަތައިން.. ނޯޓް... ކަން ހުރީ މިހެން ކަމަށް ވުމާއި އެކު . ކެމިކަލް ހަކަތައިގެ ސަބަބުން ޖެހޭ ބަލިތައް އެއީ ޖިސްމާނީ ބަލި ތައް . ކަރަންޓް ހަކަތައިގެ ސަބަބުން ޖެހޭ ބަލިތައް އެއީ ރޫހާނީ ބަލި ތައް . މިހެން ވާ ސަބަބަކީ ކެމިކަލް ހަކަތަ ކަރަންޓް ހަކަތައަށް ބަދަލް ވާހެން ކަރަންޓް ހަކަތަ ކެމިކަލް ހަކަތައަށް އެބަ ބަދަލްވޭ . އިންސާނާގެ ހަކަތައިގެ ވިއުގަ ބެލެންސް ގެއްލިގެން ނޫނީ އެއްވެސް ބައްޔެއް ނުޖެހެ. ޚުލާސާ... ޖިސްމާނީ ބައްޔެއް ނަމަ ލޭގެ ޓެސްޓުންނާއި ފަހަރުވާ ޓެސްޓް ކުރުމުން ކ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. ކެމިކަލް އިންބެލެންސް ފެންނާނެ. ރޫޙާނީ ބައްޔެއް ނަމަ އެމް އާރް އައި އާ އެންޖިއޮގްރާމް ހެދުމުން ސިކުނޑި އާއި ހިތުގެ ވިނދުޖަހާލެއް ތަފާތު ކަން ފާހަގަ ކުރެވޭނެ . والله اعلم
ރޫހާނީ ކަމަކަށް ޑޮކްޓަރީބޭހަކުން ދޭނެ ފަރުވާއެއް އޮންނާނެބާ ؟
ފުރިފަހުންނަ ގުޅި ގުޑުގުޑެއްނާޅާނެކަން އަޑު
އަހާމީހާއަށް އެކަންވިސްނޭނެ. ކައުންސިލް ބޭނުންހެޔޮގޮތުގައި ހިފުމަކީ ވާޖިބުއަދާކުރުން.
ޤަބޫލު ކުރެވެނީ އިރުއޮއްސެމުންދާއިރު ގަސް ގަހުން ދޫކުރާ ގޭހުގެ ސަބަބުން އެންމާސް ކޮށް ކުދިން ހޭނެތޭ ކަހަލަ ގޮތް ގޮތް މެދުވެރި ވަނީ ކަމަށް! މީ އެއްކަލަ ކަނދޮޅު ގަސް ގަހުން ނޫނީ ބެރެބެދި ގަސްގަހުން އިރުއޮއްސޭއިރު ބޭރު ކުރާ ވިހަ ގޭހުން މީސްމީހުންނަށް ގޮތްގޮތް ވާހެން ވީ ކަމެއް ކަމަށް ބެލެވެނީ!