މާލޭގައި ފަހަކަށް އައިސް ބާއްވާ އެއްވުންތަކާއި މުޒާހަރާތަކުގެ ސަބަބުން ކޮވިޑް-19 ގެ ނުރައްކަލުގެ ތެރެއަށް ފުލުހުން ވެސް ހުށަހެޅޭ ކަމަށާއި އެކަމާ ގުޅިގެން އެއްވުންތަކާއި މުޒާހަރާތައް ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ރޭ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ސުޕްރިޓެންޑެންޓް އަބްދުﷲ ޝާރީފް ވިދާޅުވީ 10 މީހުންނަށް ވުރެ ގިނަ އިން އެއްވެސް ތަނަކަށް އެއްވުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފައި ވަނިކޮށް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް އެއްވުމަކީ އެއްވުމުގެ ބައިވެރިންގެ މެދުގައި ވެސް ކޮވިޑް ފެތުރުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
އަދި މުޒާހަރާ ކޮންޓްރޯލް ކުރަން އުޅޭ ފުލުހުންނަށް ވެސް އެކަމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިވަގުތު ބާއްވާ އެއްވުންތަކަކީ ހަމައެކަނި އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފު ކަމެއް ނޫން. އެ އެއްވުން ގާނޫނާއި ޚިލާފު. އެކަން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައި ވާނެ. ނަސޭހަތް ވެސް ދީފައި ވާނީ. މި އެއްވުންތައް ފުލުހުން ކަވަ ކުރާކަން އިލެކްޝަންސް ކޮމިޝަނަށް ވެސް ވާނީ އަންގާފައި." ޝަރީފް ވިދާޅުވިއެވެ.
މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތައް އިތުރަށް ކުރިއަށް ގެންދާނަމަ މުޒާހަރާގެ ބައިވެރިންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދެއްވައިފައެވެ.
ޝަރީފް ވިދާޅުވީ، މުޒާހަރާގެ ބައިވެރިންގެ މައްޗަށް ފުލުހުން ކުރާނެ ތުހުމަތަކީ ދައުލަތުގެ ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތު ކަމަށެވެ.
އިދިކޮޅުން މިހާރު ބާއްވާ މުޒާހަރާތައް ބާއްވަމުން ދަނީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ވެސް ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއްވުން ރޫޅާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ދެން ރައްޔިތުން މަރުވިޔަސް ވަރިހަމަ؟ ހާދަ އަމިއްލަ އެދުން ބޮޑު ބަޔެ ކޭ.
އެޑިއުކޭޝަން މިނިސްޓަރގެ ނިންމުންތަކުން ވެސް އެތަށް މުވަޒަފުންނެއް ނުރަކަލަށް ވެއްޓޭ... ހައިރިސްކް މުވައްޒަފުން މިނިސްޓްރީ ފަރާތުން އެތަން މިތަނަށް ކޮވިޑް ކަންތަކުގަ ވޮލެންޓިރ ކުރަން ފޮނުވާ... ހައިރިސްކް މުވަޒަފުން ވޮލެންޓިއަރ ކުރަން ފޮނުވުން ހުއްޓަން ޖެހޭ...
ޝަރީފް ކައިރީގަ އަހާބަ އަދީބު ކިހާވަރެއްދިންތޯ؟ އެމްއެމްޕީއާރުސީ ލިސްޓްގައި ނަން ޢޮތްމީހެއްމީ.. އެމްޑީޕީ ސަރުކާރު ހަލާކުވަނީ މިކަހަލަ ކޮހުންނާހެދި. ގއ ގައި ހައްގެއް ގޮތުގައި ބަޔާންކޮށް ޕީނަލް ކޯޑުގައި ކުށެއް ކަމުގައި ކަނޑަނާޅާކަމެއްގައި ކޮން ދައުވާއެއް ކުރެވޭނީ.. މުޒާހަރާ ކުރުން މަނާކުރުމާ އަހަރެމެންވެސް ދެކޮޅު.
ކާކުތަ ޝަރީފަކީ ކޮންޝަރީފެއްކަން ޖަހާލިނަމަ ފުރިހަމަވީސް
ރައްކާވެ ތިބިއްޔާ ދަތުރެވެ! އެހެންވިއްޔާ ތި ޝަކުވާ ނުކޮށް ފުލުހުން ގޭގައި މަޑުކުރައްވާ! މުޒާހަރާކޮށްގެން ކޮވިޑް ޖެހޭނަމަ އެ މުޒާހަރާ ކުރާބަޔަކަށް ތި ޖެހިގެން މަރުވެ ހުސްވަންދެން މަޑުކުރައްވާ!
ޝަރީފު ވެސް ރައްޔިތުން ނާއި ދެކޮޅު ސިޔާސީ ކޮވިޑްގެ ވާހަކަ ނުދައްކާ އަގަމަޑުން ލައިގެން ހުރުން މާރަގަޅުވާނެ!
މިސަރުކާރު ނޭވާހޮޅިއަށް އެޅިގެން އުޅޭވައްތަރު އެބަޖަހާ
ސަރީ ސަރ ތި ލެވެލް އަށް ވެއްޓުނީމަ ވ ވ ދެރަ ވެއްޖެ ހުވާ. ސަރ އަށް ބެނެލަން އޮތީ ފަޞީހަތް ވާނީ އެއްފަހަރުއޭ، އެމްސީ ސަރ އަށް ބިރު ދައްކާ ނަގޫ ފިއްތަން ކުރާ ކަންތަކަށް ފުރުސަތު ނުދީ ހައްޤު ބަސް ބުނަން ތެދުވާށޭ،މިހާރު ބަޔަކު ބުނާ އެއްޗެއް ބައްދަލު ވުން ތަކުގަ ބުނަން ޖެހުނީމަ ސަރ ގެ އަގޭ ވެއްޓެނީ ސަރ ގެ އިތުބާރު ގެއްލެނީ ސަރ.
މުޒާހަރާތަކަށް ފުލުހުންނާއި ސިފައިން ދާޖެހޭ ސަބަބެއް ނެތެވެ
މުޒާހަރާތަކަކީ ސުލްހަވެރި ކަމާއި އެކު ޚިޔާލްފާޅު ކުރުމަށް
ބާއްވާ އެއްވުންތަކެވެ އެތަންތަނަށް އެއްވާ މީހުންނަކީ ސަރުކާރުން އެމީހުންގެ ޙައްގުތައް ނިގުޅައިގެންވާ މީހުން
ނެވެ އެމީހުންގެ ސުއޫރު ސަރުކާރަށް އިއްވަން އެނޫން
ގޮތެއް ނެތަތީއެވެ ސަރުކާރަކީ ބީރު ސަރުކާރެކެވެ.
އެްވުންތައް ބާއްވާނެ. ވެކްސިން ޖަހައިގެންފުލުހުން އާދޭ ރައްޔިތުންނަށް އަނިޔާކުރަން. މިޔަންމާ ފުލުހުންނެކޭ ދިވެހި ފުލުހުންނެކޭ ތަފާތެއްނެތް. އަިޔާވެރިބައެއް.
ޑިމޮކްރަސީގަ އެއްވުން އޮންނަނެ. ބިރުގަންނަްޏާ ބޮޑުފޮށީގަތަޅުލައިގެން ފުލުހުންތިބޭ.
އެއްވާ ތަންތަނަށް ނުދާން އެޗްޕީއިން އަންގާފައި އޮތްވާ ފުލުހުން ތަންތަނަށް އެއްވާންވީ ކީއްވެ؟ ފުލުހުންވެސް އެއް ނުވެ ގައިދުރުކޮށްގެން އުޅެންވީ ވަގުތެއްގައި ފުލުހުންވެސް ތަންތަނަށް އެއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ދޯ. ތަނަކަށް ގެއްލުމެއް ނުދޭ ކަމަށްވަންޏާ އެޗްޕީގެ އެންގުމާ އެއްގޮތަށް ފުލުހުންވެސް އެއްނުވެ ތިބީމާ ނިމުނީނު.
ވަކިބަޔަކު އެއްވީމަތަ ކޮވިޑްފެތުރި ފުލުހުންނަށް ކޮވިޑްގެ ނުރައްކާ ބޮޑުވަނީ
ބޮޑުން މާސްކުނާޅާ ބައްދަލުވެހަދާއިރު މައްސަލައަކަށް ނުވޭތަ؟ ކޮންޤައުމަކުން ހޯދި ހޯދުމެއްގަތައޮތީ ޤައުމުތަކުގެ ވެރިންނަށް ނޫނީ ބޮޑުން ކޮވިޑް ޕްރޫފްވާނޭ. އެއްވެސްބަޔަކު އެއްވެއުޅޭނެކަމެއްނެތް.
ފުލުހުން ގޭގައި ތިބެބަލަ އެއިރަކުން އެއްވެސް އެއްޗެއް ނުޖެހޭނެ
ފުލުހުން ސިޔާސީ ވީމަ މާ ލަދު ހުތުރު. ރައްޔިތުންގެ ރުފިޔާއިން މުސާރަނަގާގެން ސިޔާސީ ވެރިންގެ އުނގުތެރޭ ތިބޭ ތުންފުހި ތަކެއް.