މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށާއި އަންނަ އޭޕްރީލް މަހުގެ ތެރޭގައި މަޝްރޫއު ބަޔާކާ ހަވާލު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫއެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި މި މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ.
މި މަޝްރޫއު އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވޭ އިރު، މަސައްކަތް ނިންމަން އަމާޒުކޮށްފައި އޮތީ ދެ އަހަރާއި ބައިގެ ތެރޭގައެވެ.
ހައި ކޮމިޝަނުން އެގޮތަށް ހާމަކުރި އިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
މި މަޝްރޫއުގެ ކޮންސަލްޓަންޓަކަށް ދިވެހި ސަރުކާރުން ވަނީ މ.ސ.އަރޫފް ހޮވައިފައެވެ. ކޮންސަލްޓަންޓް ތައްޔާރުކޮށްފައިވާ ތަފްސީލީ ޕްރޮޖެކްޓް ރިޕޯޓު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ ޓެކްނިކަލް އިދާރާތަކުން ވަނީ ފާސްކޮށްފައެވެ. އެނގިފައިވާ ގޮތުގައި ޓެންޑަ ޑޮކިއުމަންޓްތައް ތައްޔާރުކޮށްފައި ވަނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކް ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ބުނި ގޮތުގައި މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީ ގުޅުވައިދޭ 6.7 ކިލޯމީޓަރުގެ ބްރިޖު އަދި ކޯސްވޭއަކީ ދިވެހި އިގްތިސާދުގެ "އިންޖީނަށް" ވެގެންދާނެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން މާލެ، ހުޅުމާލެ، އަދި ހުޅުލެ، ގުޅީފަޅު ޕޯޓާއި ތިލަފުށި އިންޑަސްޓްރިއަލް ޒޯންއާއި ގުޅާލެވޭނެއެވެ.
މިއީ ރާއްޖޭގައި މި ފަހުން ހިންގާނެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.
މި މަޝްރޫއުގައި ހިމެނޭ ކޮންމެ ރަށެއްގެ ދޭތެރޭގައިވާ ކަނޑުއޮޅިތަކުގައި 140 މީޓަރުގެ ނެވިގޭޝަން ބްރިޖަކާއި ފުން ކަނޑުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓަކާއި ތިލަ ކަނޑު އަދި އެއްގަމުގައި 2.23 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި 2.96 ކިލޯމީޓަރުގެ އެޑް ގްރޭޑް މަގުތައް ބިނާ ކުރެވޭނެއެވެ.
އަދި މާލެ އާއި ވިލިމާލެ ގުޅޭ ސަރަހައްދުތަކުގައި ސިގްނަލައިޒްޑް ޖަންކްޝަންތަކާއި، ގުޅީފަޅު އަދި ތިލަފުށީގައި ރައުންޑްއަބައުޓްތައް ހިމެނޭނެއެވެ. އަދި ކޮންމެ ރަށެއްގައި ވެސް މެއިންލައިން އާއި ގާތް ޖަންކްޝަން ތަކުގައި ބަސް ޓާމިނަލްތައް ގާއިމްކުރެވޭނެއެވެ.
މި މަޝްރޫއުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރެވޭނެއެވެ. އެގޮތުން މަގު ބައްތި، ނެވިގޭޝަން ލައިޓިން، ޑެކް ސެލްޓް ލައިޓިން، ސީސީޓީވީ އަދި ސައިން ގެންޓްރީ ލައިޓިންގެ އިތުރުން އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެއެވެ. އަދި ލޭމްޕް ޕޯސްޓްތަކުގެ މަތީގައި އަދި ބްރިޖުގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ވެސް ހަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން އަނެއްކާ ވެސް މަސައްކަތް ކުރަމުންދާ އިރު، އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.
މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލަން ހަމަަޖައްސާފައި އޮތީ ތިން ބްރިޖުންނެވެ. ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެއެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެއެވެ.
މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން އިންޑިއާ އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ދައްކަން ޖެހޭނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފައެވެ.
ލޯލޭން ފާލަމެއް، ބްރިޖެކޭ ބުނާވަރެއްވެސް ނޫން. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ އިންޑިޔާޅީސްއަށް ކުރެވޭނީ ތިކަހަލަ ކައްޕަޅިކަމެއް
އަދުން ސަރުކާރު ، ކެންޕޭނަށް އަދުން ގަށަނީ. ތިޔަ ކުޅިގަނޑު މިހާރު ދިވެހިންނަށް ދަސްވެއްޖެ. އަދުންސަރުކާރު، މިފަހަރު ވޯޓުން ސައިޒު ވާނެ އަދުންސަރުކާރާއި އެމްޑީޕީ. މާތްﷲ ގެ އިރާދަފުޅުން.
ތިބުރިޖުން ދދ ދަތުރުރުކުރާ ބަޔަކަށް ހުޅަނގުން އިރުއާތަން
ފެންނާނެއެވެ އެމަންޒަރު ފުޓޯނަގަން ބޭނުންވާ މީހުން
ގިނަވުމުން ބުރިޖުން ދަތުރުކުރަންވެސް ދަތިވާ ވަރުވާނެއެވެ.
ކުރިން ތިމަރަފުށީ އެއާޕޯޓް އަލަން ގެސްޓަކުގެނެސްގެން ސޮއި ކުރުވި ހަނދާން ހުރިބަޔަކު އެބަތިބަިބާ؟ މިފަހަރުވެސް ބަޔަކު ލައްވާސޮއި ކުރުވަފާނެ ކައުންސިލް ގެބޭނުމުގަ އެކަމަކު މިފަހަރު 488 މިލިއންޑޮލަރުން ބުރިޖް އެޅުމަކީ ނުވާނެ ކަމެއް. މިއަގަށް ވުރެ ބޮޑުވެއްޖެ ނަމަ ޒިންމާވާ މީހަކު ހޯދަންޖެހޭނެ.
މީއަޅެ އިންޑިޔާގެ އަވަށެއްގައިންގާ ޕްރޮޖެކްޓެއްތަ އިންދިޔާ އެމްބަސީއިން ހުރިހަަކަމެއް މިއިއުލާންކުރަނީ
2 އަހަރަކުން ހީ އެއްނުވޭ ނިމޭނެހެނެއް، ވައްކަން ކުރުމުގަ ނޫނީ ފިނިހަކަ ދުވެލި މިހުއްނަނީ ހުރިހާ ކަމެއްގަ
ލޯނުގެ ދަންތޫރަ
ބަލަ އިއްޔެ މެންދުރު ރައީސް 2021 ރމ ރިޔާސީބަޔާން ނަންބަރުން ކިޔަމުން ދޯ ބުނީ ތިޔަބްރިޖް މިހާރު އެއޮތީ އިންޑިޔާ ބަޔަކާ ހަދަން ހަވާލުކޮއްފަޔޭ ކިޔާފަ ކޮންމެވެސް ކުންފުއްޔެއްގެ ނަމެއްކީ، މިހާރު އަނެއްކާ އަނެއް ވާހަކަ. ދޮގު ހެދުމާ ކަޑަ ޖެހުންނޫން ކަމެއް މިސަރުކާރު ނުކުރާނެކަން ދިވެހިން މިހާރު ގަބޫލްކޮއް މިމީހުން ދައްކާ ދަޅަޔަށާ ވޯޓުގަންނަން ބަހާލާރިއައް ނޫނެކޭ ބުނަންވެއްޖެ. އެހެން ނުހަދާހާހިނދަކު ވަގުތީ އުފަލަކައް ގެއްލުން ތިދެވެނީ މުޅިގައުމައް.
މޯދީ ބުރިޖު ނަމަކަށް ފާސްވީ
ތީކުރެވިދާނެ ކަމެއް. އެކަމު އެމްޑީޕީ ސަރުކާރަކައް ތިކަމެއް ނުވާނެ. ތިކަންވާނީ މިހާރު ޖަލުގަހުރި ޔާމީނުއައް އެކަނި.
އިންޑިޔާ އައުޓް
ގެރީގެ ހަމުންތޯ ބުރިޖް އަޅަނީ.
އިންޑިޔާ މީހުންނައް ކުރެހުމުން ކިތަންމެ މޮޅައްވެސް ތިޔަ ބުރިޖެ އެޅިދާނެ. މީގެ ކުރިންވެސް އަޅުގަނޑުމެން ދުށިން ތިގޮތައް އެމްޑީޕީއިން ބުރިޖްކުރެހުންތައް ގެންގުޅުނުތަން.. އަދި އެޔާޕޯޓު ކުރެހުންތައްވެސް އިންޑިޔާ މީހުން ލައްވާ ކުރަހުވައިގެން ގެންގުޅުނުތަން. މިހާރު ތާރީޚު ހެކިދޭނެ އެ ޕުރޮޖެކްޓުތަކައް ވީގޮތް. ވީމާ އަޅުގަނޑުމެންނައް އެއްވެސް ގެރެންޓީއެއް ނެތް އެމްޑީޕީ ސަރުކާރެއްގައި ބިޔަ މަޝްރޫއެއް ނިންމިދާނެކަމުގެ އަދި ވަކީން ޚާއްސަކޮއް އިންޑިޔާބަޔަކައް ކޮންޓުރެކްޓުދީގެން މިފަދަ ކަމެއް ކުރެވިދާނެކަމަކައް.
ތިޔަ ބުރިޖައް ކިޔާނީ 'ގެރިމާލެ ބުރިޖް'.. އެހެންނުން އަންނި..
އިންޑިޔާމީހުންނައް އެޅޭނީ އިންވިޒިބަލް ބުރިޖެއް. އެ ބުރިޖުން ހިނގޭނީ އިންޖީނުލީ ބޯޓެއްގައި.
ތިޔަ އުފެދުނީ އަނެއް ޖީއެމްއާރު ކޭސް.. ދެން ތިޔަ ބުރިޖް ނޭޅުނުތާގަ ތިޔަ ކޮންޓުރެކްޓުން ސަލާމަތް ނުވެގެން ސަރުކާރުން ޖެހޭނީ އިންޑިޔާއަށް ބޮޑުބަދަލެއް ދީގެން ތިކަމުން ސަލާމަތްވާން.
މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް މީވޯޓް ހޯދަން ޖަހާ ސްޓަންޓް ބަލަ މީއެންމެން ދަންނަ ސިއްރެއް ރައްޔިތުން ގުނބޯ ހެއްދުން ބަލަވޯޓް ލިޔަސް ނުލިޔަސް ތިޔަ ބުރިޖް އަޅައިގެން ރައްޔިތުންނައްވާނެ ފައިދާއެއްނޯންނާނެ މިހާތަނަކައް ފެންނާކައްނެއް ތިޔަ ބުރިޖާ ހުރިހާ އެއްޗެއް ތިޔަ އަޅަނީ ރައްޔިތުންނައް ރިޔަލްސުޓޭޓް ވިޔަފާރިކުރަން ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހަދައިގެން ރައްޖޭގެ އެންމެން އަޅުވެތިކޮއް ގެސްޓުންނައް ހަދާ ކުއްޔައް އުޅެން ތިޖައްސަނީ މީއެއް ނޫންތޯ ރިޔަލްޓީ އަކީ
ސިނަމާލެ ބުރިޖާއި ގެރިމާލެ ބުރިޖު.. އެހެންނުން. ދެން ގެންނާނީ ކޮވިޑުމާލެ ބުރިޖު
ހަވާލުކޮށްފިތޯ