އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ދައުވާތަކެއް ކޮށްފައިވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތް ކުރިއަށްގެންދަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ނުލިބޭތީ މިއަދު ޝަރީއަތް ފަސް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުން ނިންމާލީ ނިހާންގެ މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުވެފައި ވީނަމަވެސް އެކަން އެންގުމުގެ ލިޔުން އޭނާއަށް ލިބިފައި ނުވާތީ އާއި ބައެއް ލިޔެކުޔުންތައް ސާފުނުވާ ކަމަަށް ނިހާންގެ ފަރާތުން ބުނުމުންނެވެ. ނިހާންގެ ފަރާތުން ފާހަގަ ކުރި ކަންކަމަށް ބެއްލެވުމަށް ފަހު މިއަދުގެ އަޑުއެހުން ވަނީ އެހެން ދުވަހަކަށް ފަސް ކޮށްފަ އެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.

ނިހާނަށް ކޮށްފައިވާ ދައުވާތައް

  • ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ (މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ)
  • މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ (މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބު ދޭ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ނިހާނަށް ޝައްކު ކުރެވެންޖެހޭ ހާލަތުގައި އަދީބު މެދުވެރި ވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއް ކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ)
  • ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ ( 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގިވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ސަބްމެރީނާ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ)
  • ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ( 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގިވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ސަބްމެރީނާ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދުމުން، ކ.މާލެ، މ. ވިލާދަށުގެ މުހައްމަދު މަނިކު މެދުވެރިކޮށް އަދީބު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައި ވާތީ)
  • ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ (މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރު ކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާ ކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައި ވާތީ)
  • ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ (މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި، 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދުމުން، އަދީބު އެ އަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައި ވާތީ)

މިމަހުގެ 11 ވަނަ ދުވަހު ވެސް ވަނީ ނިހާންގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފަ އެވެ. އެދުވަހު ދައުލަތުން އަލުން އެދިގެން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކޮށްފަ އެވެ. އެދުވަހަކ ވަކީލަކު ހަމަޖެއްސަން ނިހާނަށް ފުރުސަތު ދިނެވެ. މިއަދު އޮތް އަޑުއެހުމަށް އޭނާ ވަޑައިގެންނެވީ ވަކީލުން ހަމަޖައްސައިގެނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަންމާހިރު

    ރާއްޖޭގައި މީހުން މަރާ، ކުޑަކުދިންނާއި ބެހި، ވަގުނޫޓްޖަހާ، ބޮޑެތި ވައްކަން ކޮށް ހަދާ މީހުންގެ ޝަރީއަތް އިރު އިރު ކޮޅާ ޚަބަރަށް ނާރަނީ ކިހިނެއް ވެގެންބާވައޭ މަގޭ ހިތަށް އަރައެވެ. ސިޔާސީ މީހަކަށް ދަޢުވާ ކޮށްފިއްޔާ އެވާހަކަ ލިޔެގަންނަ ވަރަށް ހަޤީޤީ ކުށްވެރިންގެ ވާހަކަ ތައްވެސް ލިޔާނަމައެވެ.

  2. އާދަމް ނަވާޒު

    ވަގުތުން ވަގުތައް ހަޔަރު ކުރެ

  3. ވގ ޔނ

    މިވެސް ހާދަބޮޑު ވަގެކޭދޯ. ޢެކަމް ޕޕ ގެ ޕޯޑިއަމް ތަކުގަ ސާފް ހުދުފޮތިކޮޅެއް އަޑުއެހިން ނިހާންނުއާ ނޫސްވެރިޔަކު ސުވާލް ކޮއްލީމަ ދިން ޖަވާބަކީ ތިޔަސުވާލައް ޖަވާބުދޭނީ ކޯޓުގަޔޯ މި މީހުންގެ ފެންވަރު ހުސްވަގުން ދޯ