ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރަން ހައި ކޯޓުގައި އެދިފައި ވަނިކޮށް އެ މައްސަލަ ބަލައި ނުގަނެ ކޯޓުން ބޭރުކޮށްލައިފިއެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން ހައިކޯޓުގެ ތަރުޖަމާނު އަމީން ފައިސަލް ވިދާޅުވީ މިގޮތަށް ނިންމީ އަމުރު އިސްތިއުނާފުކުރުމަށް އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ޕީޖީން މައްސަލަ ހުށަަހަޅާފައި ވާތީ ކަމަށެވެ.
ކްރިމިނަލް ކޯޓުން އަދީބްގެ ޕާސްޕޯޓް ދޫކޮށްލުމަށް ހުކުމް ކުރުމާއި އެކު އެކު އޭނާ ވަނީ ލަންޑަނަށް ފުރާފައެވެ. އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ކުރި އެ އަމުރުގައި ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވަން ޖެހޭކަން ކަށަވަރު ކުރުމަށް ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ބަޔާން ނަގާފައިވާނެ ކަމަށެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ގޮސްފައިމިވަނީ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވަނިކޮށެވެ. އެގޮތުން އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ.
ކެނެރެގެ ވަގު ބުއްޅަބޭ ގެ ވަގު ދޯހަޅި ސަރުކާރު
ޑުރާމާ ކުޅެ ނިމުނީ ފުރަތަމަ އެފިސޯޑް !
ދެންކީއްތޯ ކުރާނީ ތިޔަ ހޭޖީ އެހެންނޫނީ ބީޖީގެ ބޮލުގަ އަޅުވާފަނަމަވެސް ބަލާނެ ވީކަމެއް ނުވަކަމަކައް ހެދޭތޯ ކިތައްމެ ވަރެއް ކުރިޔަސް ތިޔައީ ރައްޔަތު އެންމެން ދަންނަ ބޮޑުސިއްރެއް