ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ކުރި އިޙްތިރާމް ގެއްލިއްޖެ ކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައިވަނީ އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލިސް އިދާރާގެ ތެރޭގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމްގެ އުފަންދުވަސް ފާހަނގަ ކުރަންވެގެން ތިއްބާ ނަގާފައިވާ ވީޑިއޯއެއް ހިއްސާ ކުރައްވަމުންނެވެ.
އެގޮތުން ޒައިދު ވަނީ އެޕާޓީ އަކީ އެއީ ތިން ފޫޓް ދުރުގައި، ޤަވާއިދާއި އެއްގޮތަށް ބޭއްވުނު ޕާޓީއެއްތޯ ސުވާލު ކުރައްވާފައެވެ. އޭގެ ފަހުން ޒައިދު ވިދާޅުވީ އޭނާ އެޗްޕީއޭއަށް ކުރި އިޙުތިރާމް މިހާރު ގެއްލިފައިވާ ކަމަށެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައި ވާއިރު ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިއަދު މެންދުރު ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ވަނީ މިސްކިތްތަކުގެ ޖަމާޢަތް ހަދާއިރު ގައިދުރު ކޮށް ތިބުމަށް އަންގާފައެވެ.
މިއަދު މަޖިލީހުގެ އިދާރާގައި ޕާޓީ ބޭއްވި މައްސަލައިގައި ނުރުހުން ފާޅުކޮށް ޒައިދު ވިދާޅުވީ، ދެންވެސް އެބޭފުޅުން ބުނާނީ ވޭދަނަތައް ބޮއްސުން ލާފައިވަނީ މިސްކިތްތަކާއި ގުޅިގެން ކަމަށްތޯ ސުވާލު ކުރައްވާފައެވެ.
Mi fennanee 3 foot dhurugai gavaaidhaa ehgothah beyvvunu party eh thoa? Alhugandu @HPA_MV kuri ihuthiraam gellijje! Dhen ves bunanee Case thah bossun lee Miskithaa gulhigen kamahthoa?! Subhaanallahi! pic.twitter.com/88nIp4QLNI
— Ali Zaid (@alizaid1000) March 1, 2021
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ޙާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ ޢިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 01 މާރޗް 2021 ވާ ހޯމަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ކޮވިޑްގެ މިޙާލަތުން ލުޔެއް ލިބެންދެން ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާޢަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ޒައިދު ކާރިން އަހާލަން ބޭނުން ސޯލިހުއައް ކުރި އިތުބާރު އަދިވެސް އޮތީތޯ ؟؟؟؟؟
ތި ޒައިދުއަކީ ފާޖިރެއް!
ދެބޯގެރިދުއްވާ ސޭކެއް ...ފުލެޓް ރިޗާޖެއްތީ..ހެހެހެ
އެއްނުގެއްލޭނެ އެއީ ސާފު ހުދު ކާފޫރު ކޮޅެއް ! އެ ގެއްލޭއިރަށް މަގާމު ގެއްލޭނެ! މުޅިންވެސް ދުނިޔެ މަކަރާ ޖަހައިގެންކާ މީހުންމީ...
ކަލޭ ހީކުރީ ޒައިދުއާއި އިބޫ އާއި ކައިވެނީގެ ގޮތުން ގުޅުނީކަމަށްތަ؟ ބަލަ ބިޔަ ބޮޑު ވަގެއް ބޭރުކުރަންވެގެނޭ
ރަނގަޅު ވާހަކައެއް.. ވޯޓުލީ އިބޫ ސޯލިހުއައް ގައުމު ހިންގަނީ މައެމޫނާ މީ އަޖާއިބެއް
ޒައިދުމެން ދީން ކިޔަވާގެން ތިއްބެވި ބޭފުޅުން ގެއްނެވި ލާދީނީ ސަރުކާރެއްނޫންތޯ މީ؟ ވެރިކަމަށް ގެއްނަން އުޅުނުއިރު ލާދީނީ ކަމެއް ހަނދާން ނެތުނީތޯ؟
ތިއަންނިޔާހެދިފޫހިވެގެން ނަޒުލާވެސް ނުރުހިފަހުރީ
އިތުބާރުގެއްލުނަސް ފުލެޓެއް ނުގެއްލޭނުދޯސޭހޫ! އަނެއްސޭހު ބުނަނީ ކީކޭބާ؟
ޝެއިޚުންނަށް ލައްކައެކޭ ހީވިއަސް ދިވެހި ރައްޔިތުންނަށް މިބައި މީހުންގެ ނިޔަރާއި ޢަމަލާއި ވ. ސާފު.
ޝެއިޚުންނަށް ވ. ވެދުން.
ފްލެޓެއް ނުލިބޭ ދެއްތޯ ، އެހެންނޫންނަމަ ތިބަސް ގެންދާނެ
ޒައިދު ކާރިން އަހާލަން ބޭނުންވަނީ ސާލިހު އާ ވެރިކަން ހަވާލުކުރީމަ ގައުމަށް އަދި ދީނަށް ލިބުނު ހެވެއް ކުރިއެރުމެއް ދައްކަ ބަލާށޭ.
ބޭފުޅާ އެމް ޑީ ޕީ އަށް ގޮސް ހުސްވެ މީހާ ހަފުސްވިޔަސް ތިދެން ބޮޑުވަރު!!!!
ބަލަ އެޗް ޕީ އޭ އަށް އޮތް އިޙްތިރާމް ގެއްލޭން، އެޗް ޕީއޭ މީހުންތަ އެތާ ޕާޓީކުރަން އެތިބީ!!!
ކީއްވެގެންތަ އެމްޑީޕީއަށާއި މަޖްލީހަށް އޮތް އިޙްތިރާމް ގެއްލިއްޖޭ ނުބުނެވުނީ!!!! 😡😡
މާމީ އަށް ކޮން ބެހޭ ކަމއެއްތަ
އަހަރެމެން ޒައިދަށް ކުރި އިޙްތިރާމް ވެސް ގެއްލިއްޖެ. އެކަހަލަ ބަޔަކަށް ވާގިވެރިވާން ހުންނާތީ.
ނަމާދު ކުރަންވީގޮތެއް އެޗްޕީއޭ އަކަށްވެސް ނޭގޭނެ އެކަންވަނީ މަތިން ބާއްވާ ލައްވާފަ !
ތީ މާ މަތީ ބައެކެވެ. ތީގަ އެޗް ޕީ އޭ ކުރާނީ ކީއްހެއްޔެވެ؟ ބޮޑުވަރަކަށް ނެރެވޭނީ ބަޔާނެކެވެ.
އެޗްޕީއޭ އިން ހުއްދަދީގެންތަ ތިބުނާ ޕާޓީއެެއްބޭއްވީ؟ އެޗްޕީއޭއިން ދޭނީ ކަންކުރަންވީގޮތުގެ އިރުޝާދު ކިތަންމީހުން މާސްކު ދަތްދޮޅިގަ އަޅައިގެން އުއުޅެނީ ދެންވީނު މިސްކިއްތަކުގަ ދަތްދޮޅިގަ މާސްކުއަޅަން ކަލޭ ފަތުވާދޭން އަނެއްކާ ރެސޯޓުތަކުގަ މީހުން އުޅޭ ބިކިނީގަވެސް ބަޔަކު ތަނެއްގަ އުޅޭހާގޮތަކަށް މިސްކިތުގަ އުޅެން ބޭނުންވާބަޔަކުޖެހޭނެދޯ މިކަންވެސް ކުރަން "އިލްމްވެރިންނޯ"ހެހެ މިއަދު މިޖެހިގެން އުޅޭ ބަލިމަނޑުކަމުން އަރައިގަންނަން މިކުރާ ބުރަމަސައްކަތާ މިކަމާ ގުޅޭ އެންމެހާ މައުލޫމާތެއް ރައްޔަތުންނަންދޭން އޮތްތަނުގެ ދުވަސްދުއްވާލަން މިހާރުތިޔަ ދިމާކުރަނީ އެންމެ ކުޑަމިނުން މިބަލިމަޑުކަން ފެތުރުނުކޮޅު އަތްދޮވެލަންވެސް ބުނެދޭން ނޭނގުނު އިލްމްވެރިންތީ ރާގުރާގަށް ރިޕޯޓުތަށް ހަދަންއެނގެނީ މީހުން ވާވައްދަން މިނޫން ކަމެއް އެބަވޭތަ؟
ޢިލްމުވެރިން މަޑުމަޑުންތިއްބައި އިސްލާމްދީން ގާދޫކޮލުން ބޭރުވަނީކަންނޭގެއި
އެހެންތޯ! ހަމަ ހިނިއަންނަނީ!
އަހަރެމެން މިދައްކަނީ ތިވާހަކަ ހުއްޓާނުލާ...ދެންވެސް ތީގެން ބަރީޢަވުން ހައްގުގޮތުގައި ބަރީޢަވުމަށް ނަސޭހަތްތެރިވަން...ކިތަންމެ ހިކުމަތްތެރި ގޮތެކޭ ހީވިޔަސް އަދި މަދު މަންފާއެއް ހާސިލްވިޔަސް ނޫން ގޮތަކަށް ކުރިޔަށްދާނަމަ އާޚިރު ނަތީޖާ ދާނީ ޗޮކުންކަން ނުވިސްނޭ ބުއްދިއެއްގެ ވެރިއެއާގެ ހާލަތާމެދު ކަންބޮޑުވާން ޖެހޭނެ...ބާތިލްގެ ތެރެއިން ހައްގުމަގު ފެންނާނެ ކަމަށް ހީކުރުން އެއީ ކޮސްކަމެއް...ހައްގުމަގު އޮންނާނީ ބާތިލުން ނެއްޓި ސާފުކޮށް ފެންނަން ކަމުގައި އެނގެން އޮތް އިރުވެސް އެބަސްތަކަށް އިންކާރު ކުރުންވާނީ ކިހާ ބޮޑު ނުރައްކަލަކަށްތޯ...
ޒައިދު ގެ އާއިލާ މީހުންނަށް ވެސް ނުކުރާހާ ވަރަށް ލޯބި ޖެހިފައި އެހުންނަނީީ ސޯލިހެއް ދެކެ..
މާބޮޑޭހެދިގެން މި އުޅެނީ މިއީ ކާކު، މި އީ ފަހުޒަމާނުގެ އަލާމާތް، މިކަހަލަ ރޯނުއެދުރުން އުފެދުން
ތިޝޭޚް ކައިރިން އަހާލަން ބޭނުން ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުން މިހާނިކަމެތި ހަލެއްގައި ވަނިކޮށް، އެނޫނަސް ރައްޔިތުން އަތުން މަކަރާއި ހިލަތުން ލާރިނަގައިގެން ކުންފުނިތަކުން މިލިޔަނުން ފައިދާ އިއުލާން ކުރާއިރު އެއާއިދެކޮޅަށް ބަހެއްނުބުނެ ،ﷲހަރާންކުރި ރިބާ ހުއްދަކޮށްއްގެން މިލިޔަނުން މިލިޔަނުން ފައިދާނަގާއިރު، ބަހެއްނުބުނެ ތިޝޭޚް ތީއުޅޭމިހަކުކަމެއްކަން ނޭގެ، އެއާއިދެކޮޅަށް މަސައްކަތެއްނުކުރެވުނުތާ ހައްޤުބަހެއް ބުނެނުލެވޭ ތިދައްކަނީ އެޗް.ޕި.އޭ.ގެވާހަކަ، ނިކަމެތި އިންސަނުންހެދި ގަވައިދެއްގެވާހަކަ،މިދައްކަނީ ދުނިޔެއާއި ދުނިޔޭގެވާހާ އެއްޗެއް ހެއްދެވި އާލަމްތަކުގެ ވެރިއިލާހު ހަރާމްކުރެއްވި މަދުކަންތަކުގެވާހަކަ،އެކަމެއްކުރާބަޔަކާ ދެކޮޅަށް ރަސޫލުﷲ ގެފާން ހަގުރާމަ އިއުލާންކުއްވިުކަމެއްގެވާހަކަ މުޅިޤައުމުހާލާކުވެގެންދާ އެއްކަމެއްގެވާހަކަ. އެކަމަކުއެއްޗެކެނުބުނެވޭ، ދެންކޮން އިހްތިރާމެއްގެ ވާހަކަ ތިދައްކަނީ ، ލަދެއްނުގަނޭތޯ؟؟؟
މިދެން ކާކުތަ...އަބަދު ހެޑްލައިން އަށް ނޭރިގެން އުޅޭ ސޭކު ބުރާންތިން
ބަލަ ޢިލްމުވެރިން ގާތުގައި މާދަން ނަމާދު ނުކުރާ ގޮތައް ފަތުވާއެއް ނެރެ ދިނުމަށް އެދުނަސް ހަަމަ ވަގުތުން ނެރެދޭނެ މިސަރުކާރުން އެދޭ ހުރިހާ ކަމެއްވެސް އިލްމުވެރިން ހަމަ ކޮށްދޭނެ
މިސަރުކާރުގަ އިތުބާރު ހިފޭ އެއްވެސް މުއައްސަސާއެހް އެބައޮއިތޯ ވަކި. ފެންނަނީ ހުސް ކުލޭ ކުޅޭ ހުވަފެން ދައްކާ ނާގާބިލް ބައެއް
ބަލަ އެޗް.ޕީ.އޭ ކިހިނެއް ހުރިހަ ތަނެއްގަ ހުރިހާ އެންމެންގެ ބުޑުގަ ވިއްދާފަ ހުންނާނި. އެމީހުންނަށް ވެސް ބުނެވޭނީ ދޯ. ރައްޔަތުން މަޖިލީހުގެ މޮޔައިންތައް ފަޑެއްގެ ނާޗަރަނގީއެއް ކުޅުނީމަ ޒައިދުގެ އިތުބާރު ގެއްލެނިމި އެޗް.ޕީ.އޭ އަށް. ޙެއްވާ. ނުކުރާށޭ ނޫޅޭށޭ ރެޔާދުވާލު އެގޮވަނީ އެމީހުން ދޯ. އެމީހުންނަށް އެއްފަހަރުވެސް ކުރާށޭ ބުނި ތަ ވަކި މެމްބަރުން ވީމަ. މާދަމާ ފުލުހުން ކުށްވެރިއެއް ދޫކޮށްލީމާ ޒައިދުގެ އިތުބާރު ގެއްލޭނި މިފްކޯ މަސްފިހާރެޔަށް ތޯއްޗެ.
އެޗްޕީއޭ ޕާޓީއެއްތައް އެޔީ؟
ނުނޭ އެއީ ހައްދުފަހަނައަޅާފައިވާ ޕަޕެޓް އެސޯސިއޭޝަން......
އެކަމަކު އަދުވެސް ލާދީނީ ސަރުކާރު އޯކޭ ދޯ؟ އެހީ ލިބެނޭ ބާ؟
ކަލޭ ކަންބޮޑުވީ އެޗްޕީއޭގެ ޤަވާޢިދާ ޚިލާފަށް އުފަންދުވަސް ފާހަގަކުރީމަ ދޯ؟؟ އުފަން ދުވަސް ފާހަގަ ކުރުމަކީ އިސްލާމް ދީނާ ޚިލާފު ކަމަކަށް ވީމަ ކަލެއަކަށް އެވާހަކައެއް ނުބުނެވުނު.. އަދި އެކަމާ ކަލޭ ކަންބޮޑެއްވެސް ނުވޭ.. ކަލޭގެ ވާހާކައިން އުފަންދުވަސް ފާހަގަ ކުރަން ހިތްވަރު ދެވެނީ... މީ މިކަހަލަ ޝޭކުންގެ ފެންވަރަކީ...
މާދަމާ ބުނާނެ ކަންނޭގެ އިބޫ ސޯލިހު ކަމަކުނުދާނެޔޭ
އެޗްޕީއޭ އަކީ މިއަދު މިނިވަން މުވައްސަސާ އެއްނޫން ގ.ކެނެރިގެ މުހައްމަދު ނަސިދު ބުނާގޮތަކަށް ރާވާކުޅި ކުޅޭ ތަނެއް. މާލޭގަ ބަލިޖެހިފަ ތިބޭ ހުރިހާ ފަރާތްތައް ދެނެގަތުމަށް ކުރެވޭ ޓެސްޓް ތަކަކުންމެނުވީ ބަލިންއަރައިގަނެވޭނެ ގޮތެއްނެތް. އެގޮތަށް ޓެސްޓް ކުރަން ސަރުކާރު ބޭނުމެއްނުވޭ.ވީމާ މިބަލި މިތަނުނފިލުވޭނެ ދުވަހެއްނެގޭ.
މައިމޫނާ އިވޭކަންފަތްމަތީ މުކައްބަ ޖަހައިގެން ތިޔަހުއްނަނީ މިވެރިކަން ނިމުނީމަ ކަމަނާޔަށް ވަރަށް އުފާވެރި ދުވަސްތަކެއް ކުރިމަތިވާނެ ، މިއަދު ހިޔަޅު ބުނާގޮތް ހަދަ ހަދާ ހުރޭ