އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މާލޭގައި މުޒާހަރާ ކުރަން ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފިއެވެ.

ހެންވޭރުގައި ހުންނަ ހުރަފާގައި ހުންނަ އޮފީސް ބަންދުކޮށް ފުލުހުން ފޯރިމަރަން ފަށާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އެ ސަރަހައްދުގައި ގިނަ ފުލުހުންތަކެއް ހަރަކާތްތެރިވަމުން އަންނަ ކަމަށްވެއެވެ. އަދި އެސަރަހައްދަށް އެއްވާން މަސައްކަތް ކުރާ މީހުން ދަނީ ފޮނުވާލަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ވެސް އިދިކޮޅު ފަރާތްތަކުން މާލޭގައި އެއްވުމެއް ބާއްވަން ތައްޔާރުވަމުން ދިޔައެވެ. އެކަމަކު، އެއްވުން ފެށުމުގެ ދެ ގަޑިއިރެއްހާ އިރު ކުރިން ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު ދަތުރުފަތުރު ކުރުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ބޭރަށް ނުކުތުން ވެސް އޮތީ މަނާކޮށްފައެވެ.

މިފަދަ ފިޔަވަޅުތައް އަޅާފައި އޮއްވައި، މާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމާ ގުޅިގެން 30 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ތިން މީހަކު ފިޔަވައި ހުރިހާ އެންމެން ދޫކޮށްލީ ޖޫރިމަނާ ކުރުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓިނު

    ކޮންމެ ވެރިޔަކުގެ 5 އަހަރު ނިމެންދެކަ މިކުރާ މުޒާހިރާ ހުއްޓާލާ ދިވެހިން ތަހުޒީބުވާންޖެހޭ.

    2
    11
  2. ފޮޅިސް

    ތިތަން ފޮރުވާފަ ބެހެއްޓިޔަސް މުޒާހަރާ ކުރާމީހުން ކުރާނެ

    14
    1
  3. ބޯގޯސް

    ނަސީދުއާ ސޯލިބެޔާ ކިހިނެއްތި ހަދަނީ 6 މީހަކު ލާހޫރިލާއިރައް ދިޔާވަނީ ޕަލާސް

    13
    1
  4. Anonymous

    ލާހޫރެން ހައެއްކަ ކެނަ ނުކުތީތަ. ސަޅި.

    11
    2