އެމްޕީއެެލް ކައިރީގައި ގިނަ އަދަދެއްގެ މަޖޫރީންތަކެއް މިއަދު މުޒާހަރާކޮށްފިއެވެ.

މަޖޫރީން މި އިހްތިޖާޖްކޮށްފައި ވަނީ އެމްޕީއެލްއިން އަލަށް އަޅާފައިވާ ފިޔަވަޅުތަކާި ގުޅިގެންނެވެ.

މަޖޫރީއެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުން އެމީހުންގެ ކަންބޮޑުވުމަކީ އެމްޕީއެލްއިން އަލަށް އެޅި ސަލާމަތީ ފިޔަވަޅުތަކާއެކު ބަނދަރަށް ވަދެވޭ ގަޑި ލަސްވުމެވެ. އާންމު ގޮތެއްގައި އެމީހުން ނުވައެއް ޖަހާ އިރަށް މަސައްކަތަށް އަންނަ ނަމަވެސް މިހާރު އެޅިފައިވާ ފިޔަވަޅުތަކާއެކު ބަނދަރަށް ވަދެވެނީ އެއަށް ވުރެ ލަހުން ކަމަށް ވެއެވެ.

އެމްޕީއެލްއިން ވިދާޅުވާ ގޮތުގައި މަސައްކަތަށް ބޭނުންވާ މަޖޫރީންގެ އިތުރުން އެހެން މީހުންނަށް ޕޯޓް ސަރަހައްދަށް ވެދެވުން ލަސްވަނީ ކޮންޓެއިނާ އެއް ތަނުން އަނެއްތަނަށް އުފުލާ ވަގުތު އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ.

މި ފިޔަވަޅުތަކަކީ އެމްޕީއެލްގައި ހިނގައި ދިޔަ ނުރައްކާތެރި ދެ ހާދިސާއަށް ފަހު މުވައްޒަފުންނާއި އެސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އެ ކުންފިނިން ވިދާޅުވިއެވެ.

މި ފިޔަވަޅުތަކުގެ އިތުރުން މަޖޫރީންނަށް ހާއްސަ ތަމްރީންތަކެއްވެސް ދާދިފަހުން ދީފައިވާ ކަން އެމްޕީއެލް އިން ފާހަގަކުރެއްވިއެވެ.

ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައި ވަނީ ދާދި ފަހުން އެމްޕީއެލްގައި ހިނގި ދެ ހާދިސާއެއްގައި ދެމީހަކު ވަނީ ނިޔާވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ތިތާ ތިބި އެމްޑީޕީގެ އޭޖެންޓުން ބާރު އަޅައި ބޮޑު ދިދަ ޖަހައިގެން ގެނައި ސަރުކާރުން ދެރަގޮތެއް ހަދާނެތަ؟ ދެން ކޮންހާ ތެޅުމެއްތޯ؟

    16
    1
  2. ޖަމީލުބެ

    ކަންކަން ކުރަން ނޭގުނީމާ އާއްމުންނަށް ދަތި ކުރުމަކީ ވެރިން މަސްތުގައި ތިބިކަން އަންގައިދޭ ކަމެއް...

    14
  3. ޔޫކޭ ސޮރު

    މަޖޫރީން ހޫ؟

    7
    2
  4. ބަރުގޮނު

    މަޖޫރީން ޢިއްޒަތްތެރި ކުދިން ކޮޅު އެއުޅޭ ގޭ ދޮށުގައި މުޒާހަރާ ކުރިނަމަ ..... އެގޯތި ތުއްތުކަލޯ މާދަމާ މަޖޫރީން ގާތަށް އަންނާނެ. ދަތި ހުރިހާކަމެއް ހަމަޖައްސާ ދޭނެކަމަށް ޢަހުދު އިޤްރާރު ވެ ކަލޭމެން ކުދިންނާއެކު ހޮޓަލަކުން ސައިވެސް ބުއީސް.