ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އަތުލައިގަތް މަސްބޯޓާއި އޭގައި ތިބި ފަޅުވެރިން ދޫކޮށްލާފައިވާކަން ފުލުހުން ކަށަވަރު ކޮށްދީފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ފުލުހުންގެ ތަހްގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ފިޝަރީޒް މިނިސްޓްރީގެ ލަފައާއިއެކު ބޯޓް ފުރުމުގެ ހުއްދަ ވަނީ ދީފައި ކަމަށެވެ. "އެގޮތައް ބޯޓު ރާއްޖެ ސަރަހައްދުން ބޭރަށް ގޮސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ. އަދި ފިޔަވަޅު އެޅުމުގެ މަރުހަލާގެ ކަންކަން ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މަސްބޯޓް ފުރުމުގެ ހުއްދަ ދީފައި ވަނީ ފުލުހުންގެ ތަހްގީގަށް އަދި ފިޝަރީޒް މިނިސްޓްރީއަށް ވެސް ބޭނުންވާ ހުރިހާ މައުލޫމާތެއް ނެގުމަށް ފަހުއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ޓަމިލްނާޑުއަށް ނިސްބަތްވާ މަސްބޯޓް ރާއްޖޭގެ ސަރަހައްދުން އަތުލައިގަތްއިރު މަސްބޯޓްގައި އަށް މީހުން ތިއްބެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އިންޑިއާގެ މަސްވެރިންނާއި މަސްބޯޓު ދޫކޮށްލާފައި ވަނީ މަސްވެރިންތައް ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބުމާއިއެކު ގުޅިގެން އިންޑިއާގެ އެމްބަސީ އާއި ކޮންސިއުލޭޓް ގުޅިގެން ކުރި މަސައްކަތުންނެވެ.
ދޫކޮށްލި މަސްވެރިން އިންޑިއާ އަށް ދާނެ ކަމަށް ބެލެވެނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް މަސްބޯޓަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމުން ވަރަށް ގިނަ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބަލަ އިންޑިއާ ވީމަ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގައިގެން ދޫކޮށްފަ އެހެން ގައުމެއް ވެއްޖެއިޔާމު ހިފަހައްޓާފަ އިންސާނީ ހައްގުތަކުން މަހުރޫމް ކުރުންތޯ އިންސާފަކީ؟ މިހާރުވެސް އައްޑޫގައި ލަންކާ މަސްބޯޓެއް ހިފަހައްޓާފައި އެބައޮތް އޭގައި ތިބި މީހުންނަށް ފެންވެރޭނެ ގޮތެއް ފާހާނާ ކުރެވޭނެ ގޮތެއްނެތް މަދިރީގައި ކަނު އަނދިރީގައި ނިދައިގެން ތިބޭތާ މިހާރި 3މަސް މިވަނީ ވަގުތު ނޫހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިކަން ބެލުމަށަ ވަރަށް އަދަބުވެރި ކަމާއިއެކު ދަންނަވަން
ގެރިމޯދީ ދެކެ ބިރުން ދޫކޮށްލީ
ތަހުގީގު ކުރުމުގެ ބޭނުމެއް ނެތެވެ. ބޯޓް އަދި ފަޅު ވެރީން ފުރައިފި އެވެ. ހިމާޔަތުގަ އެވެ.
ތިދެން ވަރަށްސާފުކަމެކެވެ. އިންޑިޔާގެ މަސްބޯޓުފަހަރު މިރާއްޖޭގެ ކަނޑުތަކުން މަސްވެރިކަން ކުރާނެއެވެ. މިރާއްޖެ މިވަނީ އިންޑިޔާގެ ދަށުވެފައެވެ. އިންޑިއާ އަށް ދަރައި އަޅިބޯ ކާފައެވެ. މިދިމާވަނީ ތިކަހަލަ ކިތައް ކަމެއްތޯއެވެ. މިރާއްޖޭގެ މިސްކިތުގައި އަޅުކަންކުރަން ހުރި ދިވެހި ރައްޔިތުމީހާ އަށް ހަމަލާދިން އިންޑިއާ މީހާ ވެސް ފޮނުވާލީ ނޫންތޯއެވެ؟
އިންޑިޔާ ބާރުހިނގާ ސަރަހައްދަކުން އިންޑިޔާ ބޯޓުފަހަރު ހިފަހައްޓާނީ ކިހިނެއްތޯ މިޔައްދެން ކިޔަންވީ އަޅުވެތިކަން ނޫން ދެން ކޮން އެއްޗެއްބާ؟؟
އިންޑިޔާގެ މަސްބޯޓް ދޫކޮއްލުމަކީ މައްސަލައެއްކަމަށް ނުދެކެން ، އެއީ ހައެއްކަ މީހުން އަދި އުޅަނދުގެ އަގު ދެލައްކަވެސް ނާރާނެ ، ރާއްޖޭގެ 7 މިލިއަން ރުފިޔާގެ އަގުހރި 25 މީހުން މަހަށްދާ މަސްދޯނިފަހަރު އިންޑިޔާ ގެ ކަނޑުގެ ސަރަހައްދުން އަތުލާފައި ދޫކޮއްލާފައިވެސް އެބަހުރި އިންޑިޔާ ސިފައިން ، މިއީ ވިސްނާލުން މުހިއްމު ކަމެއް.
ބޭނުން ވާވަރށް މަ އުލޫމާތު ނެގުމަ އްފހު ހުރިހާ މީހުން ދޫކޮށްލީ ފަހުން ޗިޓް ފޮނުވީމަ އެމީހުން ފުލުހަށް ހާޒިރުވާ ގޮތަށްތަ؟.. .
އެމް.ޑީ.ޕީ އަށް ވޯޓެއް ނުދޭނަން. އިންޝާﷲ. އެކަކުވެސް ވޯޓު ނުދޭތި.
ތިޔަ މައުލޫމާތު އަންބޮނޑިޔައް ޖަހައިގެން ތިބީމަ މައްސަލަ ނިމުނީތަ؟؟؟ ދެން ހަމަ ޗިޓް ފޮނުވާލީމަ ކުކުޅައް ބަތް އުކާލީމަ އައްނަހެން އެމީހުުން އައްނާނެ ކަމައްތަ ތިބަލަނީ؟؟؟މިހާކާ ވަރެކޭ ދެން އަހަރުމެނައް ވާނީ. އެއީ އިންޑިޔާ ބައެއްނުދޯ..
ވަރަށް ހަޑިގޮތަކަށް ތިކަންތަށް ކުރަނީ.
އިންޑިޔާގެ ނުލަފާ ހިންދޫ ޖަނަވާރުން ބޭނުން ގޮތަކައް އައިސް މަސްބޭނިޔަސް ހަމަ އޯކޭ މިސަރުކާރައް
ހޭބަލި ގެ އެ އުޅޭ ވައްތަރުން😠😠😡😡🤬
މަސްވެރިންވެސް ދޫކޮށްލީ އެހެން.ދީނަށް ފުރަސްދާރަ ކުރި އިންޑިއާ މީހާ ވެސް އެހެން.މިވާނުބައި ދިވެހިންނަށް ސާފުވޭ.
ބޯޓު ދޫކޮށްލީ ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދަފަޔޯ! ކިހާ ރީތި ވާހަކަ!! ކުއްވެރިން ވެސް ދޫކޮށްލަންވީނުން މަޢުލޫމާތު ހޯދާފަ..