މާލޭގައި އުމުރުން 31 އަހަރުގެ ފިރިހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އޭނާގެ ގާތް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާ ނިޔާވިކަން އެނގުނީ ރޭ ފަތިސް ނަމާދުގެ ވަގުތައް ނުހޭލައިގެން ބެލިއިރުއެވެ.
އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސް ކޮވިޑަށް ޓެސްޓް ކޮށްފައި ވެއެވެ. އޭނާގެ ޓެސްޓް ވަނީ ކޮވިޑަށް ނައްސި (ނެގެޓިވް) ވެފައެވެ.
މިއަދު އަސްރު ނަމާދަށް ފަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.
ފުލުހުން ވިދާޅުވީ މާލޭ ގެއެއްގައި މީހަކު ނިޔާވެފައި އޮތް މައްސަަލައެއް ރޭ ފަތިހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރޭ ވެސް މާލޭގައި ވަނީ ކުއްލި ގޮތަކަށް މީހަކު ނިޔާވެފައެވެ. ރޭ ނިޔާވީ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިޔަ އުމުރުން 66 އަހަރުގެ މީހެކެވެ. އޭނާ ނިޔާވި ފަހުން ކޮވިޑަށް ޓެސްޓް ކުރިއިރު ކޮވިޑަށް ފައްސިވެފައި ވުމުން އޭނާ ނިޔާވީ ކޮވިޑް ޖެހިގެން ކަމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
މިގޮތައް މިވެރިކަމުގައި ގޮތްނޭގޭ ކިތައް މަރު ފެނިއްޖެ އަދިވެސް ރައީސް ޔާމީނު އޭ ބުމޭ މީހުން މަރާފައި، ފޮތިފޮތި ކޮއްކޮށައި މަގުތަކަށް އުކަނިއްޔޭ ކޮބާތޯ ލާރިގަޑު ބަޑުއަޅައިގެން ހަޒާނާ ހުސްކުރަމުން ދާ ރިއާސީ ކޮމިޝަން
ކުއްލި މަރުތައް ޕޯސްޓްމޯޓަމް ނުހަދައި ވަޅުނުލެވޭ ގޮތް ހަދަން އެބަޖެހޭ.. މިހާރު މި ާގޮތަކީ ކުއްލި މަރެއްވެއްޖެއްޔާ ބަލަނީ އަވަހަށް ވަޅުލެވޭތޯ.. ވަޅުލާފަ މި ބުނަނީ ތަހުޤީޤުކުރަނީއޭ ކޯއްޗެއް ދެން ކުރަން އޮންނާނި؟؟
ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ނަހަދަ ބަލަ.ބޮޑު ބަލާއެއް. ޔާމީނު ބާއްވާ ޖަލުގާ
މަ ރުހޫމަށް ސުވަ ރުގޭގަ ދާޢިމީ ނިއުމަތް ލައްވާށި.
ވިސްނާބަޔަކަށް އިބު ރަތެއް މިސަ ރުކާ ރު ވެ ރިކަމަށް އައީ ގޮތްނޭންގޭ މަ ރުތައްބަލާ އޭގެ ހަގީގަތް ހޯދަންވައުދުވެގެން. ދެވަނަކަމަކީ މިނިވަންކަން ހޯދަދިނުން އެކަންވެސް މިއޮތީ އުދިކޮޅަށް ޖެހިފަ މިޖެހެނީ މާސްކްއަޅާ އަގަބަންދުކޮށްގެން ގޭންނުނިކުމެތިބެން. ވިސްނާ ފިކު ރުކު ރޭ
ﷲ އެންމެ މަތިވެރި ފަރާތަކީވެސް މާތްﷲ އަހަރެމެންނަކީ ހެޔޮގޮތް އިޚްތިޔާރުކޮށް ﷲ އަށް އީމާންވި މީހުންކަމުގައި ލައްވާނދޭއެވެ. އަހަރެމެންނަކީ ތައުބާވެ ޖެޔޮކަންތަށް ކުރުމުގައި އާޚިރަތަށް އިސްކަން ދޭ ބައެއްކަމުގައި ލައްވާދޭއެވެ.
ވަކި އުމުރެއް ނެތް ކޮންމެ އުމުރެއްގެ މީހަކަުވެސް ކޮންމެ ވަގުތެއްގައި ވެސް ކުއްލިއަކަށް މަރުވެދާނެ ، އިންސާނާއި އެންމެ ގާތުގައިވާ އެކައްޗަކީ މަރު....
ބަރާބަރަށް ނަމާދަށް ދާތަން ފެނޭ
ފާފަފުއްސަވާ ސުވަރުގެ ދެއްވާނދޭވެ އާމީން