ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އޮޑިޓް ރިޕޯޓްތައް ރަނގަޅަށް ބަލައިފި ނަމަ، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އޮންނަވާނީ ކުޑަ ގޮޅީގައި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށާއި، ކެންޑިޑޭޓުން ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ "ހަމަހަމަ ފުރުސަތު ދީފި ނަމަ" މިކަމުގައި އޮންނާނީ ވަރަށް "ދެރަކޮށް" ކަމަށެވެ. އޭގެ ފަހުގައި އިލްޔާސް ވަނީ ކުރީގެ ސަރުކާރުގައި ރައްޔިތުންގެ ފައިސާ އަށް ބައެއް ބޭފުޅުން ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި މުއިއްޒު ވައްކަން ކުރައްވާފައި ވަނީ "މުޅި މާލެ" އިންނެވެ.
"ވައްކަން ކޮށްފައި ހުރީ މުޅި މާލެ، މުޅި ރާއްޖެ، މުޅި ދައުލަތުގެ ހަޒާނާ އިން ވައްކަން ކޮށްފައި ހުރި ކަން އޮޑިޓް ރިޕޯޓުތަކުން ފެންނަން އެބަހުރި. ހަމަހަމަ ފުރުސަތު ދީފި ނަމަ، މިއީ ވާން އޮތް ގޮތް،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ކުރައްވާ އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސްގެ ވާހަކައިގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ވެސް ފާޑު ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ފެނަކައިގެ އޮޑިޓް ރިޕޯޓުތަކަށް ބަލާލީމަ، ކުރައްވާފައި ހުރި ހުރިހާ ކަމެއް ފެންނަން އެބަހުރި ކަމަށެވެ. ނިމާލް ކުރައްވާ ކަމަކީ މާލޭގައި ދިދައެއް ހިފައިގެން "ދެކޮޅަށް ހިނގުން" ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
އޮޑިޓް ރިޕޯޓްތައް ރަނގަޅަށް ބަލާ ނަމަ މުއިއްޒު އޮންނާނީ ކުޑަ ގޮޅީގައި ކަމަށް އިލިޔާސް ވިދާޅުވިއިރު، މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ. ނަމަވެސް މުއިއްޒު އޭސީސީއަށް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެންކަމަށް ސާފެއްނުވެއެވެ.
ސައީދު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޕީޕީއެމަށް ހިތްވަރު ދޭކަމަށާއި، އަދި އެދެނީ ޕީޕީއެމް ޕިއެންސީ ނިކުމެ ސިޔާސީ ހަރަކާތްތައް ރަނގަޅަށް ހިންގުމަށްކަމަށެވެ.
ކޮވިޑްގެ ހާލަތުގައި ހުރިހާ ކަމަކަށްވެސް ދަތިތަކެއް އެބަހުރިކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ މި ދަތި އުނދަގުލުގައި ކެމްޕެއިން ކުރަންވީ ގޮތް އިދިކޮޅު ފަރާތްތަކުން ދަސްކުރަން ޖެހޭ ކަމަށް އެކަން ދަސް ކުރަން ބޭނުން ނަމަ އެމްޑީޕީގެ އެހީ ވެސް ދެވިދާނެ ކަމަށެވެ.
ދެން ކީއްވެޔޯ ނުބަލައި ތިތިބެނީ! އޮޑިޓްތައް ރަގަޅަށް ބަލާނަމަ ތިތަނުގައި ބޯހިކޭނެ މީހަކުވެސް ނެތް! މިސާލަކަށް ވެންޓިލޭޓަރ ވައްކަން! މީނަހިތުން ވަރަށް މޮޅު އެއްޗެއް އެ ބުނީ! ހަޤީޤަތަކީ މުއިއްޒަށްވުރެ ކުރިން މީނަވެސް މިއީ ކުޑަގޮޅިއަށް ދާންޖެހޭ މީހެއްކަން! ކުރިންވެސް ބައިތުލްމާލުން ވަރަށް ފަރިއްކުޅުވި!
މިހާރު ކީއަބާ މިކުރަނީ ކިހާދެރަ ކަމެއް މީ ހުވާ ހީވާކަހަލަ މިމީހުން މިކުރަނީ ދައުލަތުގެ ބަޖެޓުން އަތްކަންތަ
ކަލޭ ވައްކަން ކުރިތަން ތަން ރައްޔިތުންނައް އެނގޭ.
ތިއީ ހަމަ ހަސަދަ! އެހެންކަމެއް ނޫން! ކަލޭމެންނަށް ވާނެނަމަ ޔާމީނުގެ މުޅި ކެބިނެޓް މިހާރު ފެންކޮޅަކާ ލާފައި ދިރުވާލާފީސް!
ތީ ވަރަށް ބޮޑު ތެދެއް އިންސާފް ވެރި ރަނގަޅު އޮޑިޓް އެއް ކޮށްފިނަމަ އައްޑޫ ސާކް ސަމިޓް ގެ އޮޑިޓް ގައި މަނިކުފާން ސަލާމަތް ވުމަކީ ނާދިރު ކަމެއް، އަޅެ އޮޑިޓްތައް ކޮށް ލަ ބަލަ؟
އޮޑިޓުތައްބަލާނަމަކުޑަގޮޅިއަށްދާންޖެހޭމީހުންވަރައްގިނަ
2009 ން 2012 އަށް އޮތް ވެރިކަމުގެ އޮޑިޓް ރިޕޯޓްތަކަށްބަލާފިނަމަ ޖަލުގައި ތިބެންޖެހޭމީހުން އެއޮތީ ފެންނަން! ޔާމީންގެ ވެރިކަމުގައި ޔާމީންގެ ހިތްތިރިކަމުން އެމީހުން އެތިބީ ސަލާމަތުން! ދެން އޮތީ ކަންތައްތައް ! ކަލޭ ދެކެންހުންނާތި
ދަރިފުޅާ ދެއަހަރާފޮއިދުވަސްވީއިރު ހުރިހާއާރަކާބާރަކާއޮވެ ތިޔަބުނާކަމެއްނުކުރެވިއޮތީ ކީއްވެތޯ؟ ތިޔަބޭފުޅުންގެ އިންސާފަކީ 250 އެތަކެއްނަންއޮތްލިސްޓަކުން ފެނުނީ ކިތައް ނަންތޯ؟ ކޮމިޝަންތައްހަދައިގެން ބޮޑެތި މުސާރަތައްދީގެން އެލިސްޓުންއަތްފުނާއަޅައިގެންވެސް ދެވަނައެއް ނުފެނުނު ވީމާ އަނގަތެޅުންއޯކޭއެއްނޫން ބާކީދުވަސްކޮޅުވެސްދާނީ ބޭކާރުގޮތުގަ ޙަދަދަވެރިކަން އެއްފަރާތްކޮށް އާރާބާރުއޮތަތީ ތިޔަކުރާކަންތައް ހުއްޓަންއެބަޖެހޭ ނޫނީ ތިޔައާރާބާރު ބީވެގެން ހިނގައިދާނެ!
މުޢީޒަށް ވުރެކުރިން ޖަލަށް ވަންނަންޖެހޭނީ ކޯނބައެއްކަން ވަރަށްސާފް އެމއެމްޕީގެރިޕޯޓް ބެލީމަ އަދި ކރީގެ އޯޑިޓްރިޕޯޓްއަށްވެސް ނަޒަރު ހިންގާއިރު ވެސް ޖަލުގަ މިހާރު ތިބޭނެ މީހުންވެސް ވަރަށް ސާފް. ގުދޯ ގުދޯ ނުގޮވަމާ ދޯ ތިޔައީޒިންމާދާރު ކަމެއްނޫން.
ހުރިހާ ބޭފުޅުން ވެސް
އޮޑިޓް ތައް ރަނގަޅަށް ބަލާނަމަ ތިތާނެތް މީން ދުވަހަކު ކުޑަގޮޅިން ނިކުމެވޭނެ އެކަކުވެސް.
ދައުރު ދެބައިވީ އިރުވެސް ނުބެލިގެން ތިއުޅެނީ ކީއްވެތަ؟ ނާގާބިލުކަމަށް އަމިއްލަޔަށް ތި އެއްބަސް ވެވެނީ.
އިސްތިއުފާ ދީފަ ރައްކާވޭ
ކޮވިޑް ވައްކަމުގެ ވާހަކަ ކޮބަތޯ؟ ޙަޔާތުގެ ކަންފުޅެއް ވެސް މީން މީހަކުގެ ނެތް
ހޮވޭނެކަން ޔަޤީންވާތީ ހާދަ ވަރަކަށޭ މިތެޅެނީ.. ތިޔަ ބައިގަނޑުގަ ނެތް ގޮޅިއަށް ލާން ނުޖެހޭ އެކަކުވެސް..
ތަގޭ ވާހަކަ ރަނގަޅަވޭނެއި ނިދެއްކި ފެހޭ .. ތަ ޖެހެނީ ސީދާ އަދަގެނޑިޖަހަފެއި އުމުރު ދުވަހަށް ވަލަށް އެއްލަލާ...
ރަށުމީ ހުން މިވަރުކޮށްލާނީ ގައިމު ކަމެއް ކުރެވިފައި އޮތީމާތާ. މުއިއްޒާ ތި ދިމާކުރަނީ ކަނޑައެޅިގެން ސިޔާސީ ހަސަދަވެރިކަމުގައިކަން ނޭގޭނެ ކުޑަކުއްޖެއްވެސް ނު ހުންނާނެ.
ބިރުފަށެއް އެބަ ގަނޭތާ ޕީޕީއެމް ޕީއެންސީ ކެނޑިޑޭޓުންދެކެ ދޯ؟
ތިއީ ވޯޓުން ބަލި ނުވާނެ ކަން އިގުނީމަ އެމްޑީޕީން ގޭމެއް ތީ މިހާރު އެންމެންއަށް އިގޭއެއްޗެއް
އިލިޔާސޫ ކޮބާ ސާކް ސަމިޓް ތެރޭ ބޭބެމެން ކަލެޔަށް ކޮށްދޭން ޖެހުނު ކަންކަން އެންމެ ވާހަކަޔަކުން ކުޑަ ގޮޅިޔަށް ދުރުވަން ޖެހޭނި
ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނަޑާފާނެހެން އިލްޔާހަށް ހީވާނެ، އަދި ވަގުން އެމީހުންނަކީ އެންމެ ރަގަޅު މީހުންކަމަށް ހެދެން އެހެން މީހުން ބޮލުގައި ބޮޑެތި އިލްޒާމް އަޅުވާ،
ކަލޭމެން ކޮށްފައިހުރި ވައްކަންތައް ބަޔަކު ބަލާފިއްޔާ ކަލޭ އޮންނާނީ ގޮޅީގައި
އޮޑިޓް ރަނގަޅަށް ކޮށްފިނަމަ އަސްޅު ކަލޭ ޖަލުގައި އޮންންނާނީ. އީސީސީ ކޮރަޕްޝަނުން ކަލޭ ހޯދި ނާޖާއިޒު ފައިދާ މޮބާ. މުއިއްޒުއަކީ ކަލޭ ކަހަލަ ބޭޗާރާއެއް ނޫން. އެއީ އަޚުލާގު ރަނގަޅު ތެދުވެރި ކަންކަން ކުރެވޭ މީހެއް
ފެއިލް ވެފަ އޮތް ސަރުކާރެއް ބައިތުލް މާލު ހުސްކޮށްފި
ކަލޭވެސް
މި މުއިޒުއަށް ކަނޑަ އެޅިގެން އެނގޭނެ މާލޭ މީހުނެއް މީނަޔަކަށް ދޭނެ ވޯޓެއް ނޯންނެކަން! އެކަން އެނގިހުރެވެސް، ކައުންސިލަށް ކުރިމަތިލައިގެން އުޅެނީ ކެމްޕޭނަށޭ ކިޔައިގެން ވިޔާފާރިވެރިންގެ އަތުން ލާރި އަތުލައިގެން މީނާ މާފަންނު ކޮޅުގަ އަޅަން ފައްޓާފަ ހުރި ގެޔެއް ނިންމަންވެގެން ކަމަށް ވަނީ އިނގޭ!
މި ސަރުކާރުންނާ ނަސީދުގެ ކުރީގެ ސަރުކާރުން އޮޑިޓްތައް ރަގަޅަށް ބަލާފި ނަމަ މެގަޗިޕް ގެ ވެރިންވެސް އިލްޔާސް ލަބީބް ވެސް އޮންނާނީ ޖަލުގޮޅީގައި
ޢޯޑިޓް ތައްބެލިނަމަ ނަސީދުއާއި ނަސިދު ގެ ހުރިހާ ވަޒީރުންނާއި ވަހީދުއާއި ވަހީދުގެ ވަޒިރުންނާއި ޔާމީނުއާއި ޔާމީނުގެ ވަޒިރުންނާި މިހާތަނަށް އިބޫސާލިހް އައި އިބޫސާލިހްގެ ހުރިހާ ވަޒީރުންވެސް ބައިތިއްބަންޖެހޭނީ ކުޑަގޮޅީގަ. މުއިއްޒު އެކަންޏަކު ކުޑަގޮޅިއަށް ލާކަށެއް ނުޖެހޭނެ. ހަމަ ހޭގަ ހުރެ ވާހަކަ ވިދާލުވޭ.
ކަލޭ ސައިޒު ނޯޅޭ އަހަރުމެންނައް ވަރައްް ރަނގަޅައް އެނގޭ އިލްޔާސް ލަބީބާ ޔާމީން އޮތީ ކޮން ގުޅުމެއްކަން ލަވް ލަވް ލަވް
އަސްތާ މިއީ އެއްކަލަ ބުރިޖު މާސްޓަރ ދޯ ހަޔާތްވެސް ކުޑައޭދޯ އިލްޔާސް ލަބީބުގެ ބޭބެ ވެސް އޮށްނަންޖެހޭނީ ޖަލުގައި
ކަލޯ މިހިރަ ކޮމެންޓްތައް ބަލާބަލަ. ލަދެެއްހަޔާތެއް ހުރިނަމަކަ ކަލެއާއި ރޯޒޭނާ މެން ތިޔަ އަގެއް ނާރުވާނެއެވެ. އޮޑިޓްކުރަންވީ މެގަޗިޕްކަން ދެވެހިންނަށް އެގެއެވެ. ރަގަޅަށް އޮޑިޓެއް ކޮށްފިނަމަ 2008 ކަސްޓަމްސް އާއިމާރާތައް ސަޕްލައިކުރި ފޭކް ސިސްޓަމްތަކުގެ މައްސަލަ ބަލަންވީއެވެ.
އެސެޓް ރިކަވަރީ ކޮމިޝަން ރަގަޅަށް ވޯކް ކޮށްފިއްޔާ ތިޔަބޭފުޅުންގެ ކޮރަޕްޝަން ވައްކަން ވަރަށް ބޮޑަށް ފަޅާއަރާނެ !