އުތުރު ރަށެއްގައި ޒުވާން އަންހެނަކު ސާފް ފުޅިއެއް ބޮއެގެން ހާލު ސީރިއަސްވެއްޖެ އެވެ.
މިއަދު މެންދުރެއް ހާއިރު މި ހާދިސާ ހިނގިއިރު، އެ ޒުވާނާއަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު އެނގޭ މީހަކު "ވަގުތު"އަށް ބުނީ، އެ ޒުވާނާއަކީ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށާއި، އޭނާ ދިރިއުޅެމުން ދަނީ ފިރިމީހާގެ އާއިލާ މީހުންގެ ގޭގައި ކަމަށެވެ. މިކަން ހިނގާފައި ވަނީ ފިރިމީހާ ވަޒީފާއަށް ރަށުން ބޭރުގައި އުޅެމުން ދަނިކޮށެވެ.
މިކަން ހިނގަން މެދުވެރިވި ސަބަބު ސާފުވާ ގޮތް ވަނީ ނުވެފައެވެ.
މައުލޫމާތު އެނގޭ މީހަކު ބުނީ، އުމުރުން ގާތްގަނޑަކަަށް 21 އަހަރުގެ އެ ޒުވާނާގެ ހާލު ސީރިއަސް ކަމަށެވެ. އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މިހާދިސާ އާއި ގުޅޭގޮތުން ފުލުހުން މައުލޫމާތު ހިއްސާއެއް ނުކުރެއެވެ. އަދި ހޮސްޕިޓަލުންވެސް މިމައްސަލައިގެ ތަފްސީލެއް ނުދެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. އެފަދަ ކަންތައްތައް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.
އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ހަރާމް ކުރައްވާފައިވާ ކަމެކެވެ.
ކޮސްކަމެއް ތިކުރީ.އަވަސް ޝިފާއަކަށް އެދެން.
ސާފު ފުޅިއެެއް ބޯލައިގެން ބަނޑު ނުސާފުވީ.
ތީ ސައިވެސް ނުކައްކާ ގެއެއްހެން ހީވަނީ، އެހެންވީމާ އެއްނޮއް، ބޯނެ އެއްޗެއް ނުލިބިގެން ސާފު ތިޔަ ބޮއި.
އަހަންނަށް ހީވަނީ އޭނަ ނުވަގަޑިސަޔަށް ބޭނުންކުރާނެ އެއްޗެއް އެގޭނީ ހަމަ އޭނަޔަށްހެން. އެއީ 18 އަހަރު ފުރިފައިވާ މީހެއް. އޭނަޔަށްވެސް އެތައް ހައްގަކާއި އެތައް މިނިވަންކަމެއް ލިބގެންވޭ! އެކަމާ އެހެން މީހުން މާ ގޮތްބޮޑުކުރަންޏާ ދެންފަހަރަކުން ތިމީހުންގެ ސަމާލުކަން ހޯދަން އޭނަ ކޮންމެކަމެއްވެސް ކޮށްފާނެ.
އެއްވެސް މީހަކު މިހާލަތަށްނުދާށޭ ގޮތްހުސްނުވާށޭ މާޔޫސްނުވާށޭ ﷲ ވޮޑިގެންވެޔޭ އެކަލާންގެ ހަޒުރަތުން ވާގިއެދޭށޭ ﷲ އަށް ބިރުވެތިވާށޭ
ހެއްދެވިފަރާތެއް ވާކަމަށް ގަބޫލު ކުރާނަމަ ފާފައަކުން މަރުވާން ނޫޅެނެ
ދެރަ ކަމެއް، ދުރުގަ އުޅުނަސް އަބަދުވެސް އަންހެނުންގެ ހާލު ބަލަން ޖެހޭނެ
ދައިތަބުނާނެ ވާހަކަޔަކީ ބޯހަލާކުވާ ވަރަށް ވިސްނާވަރު ކަމެއް ދިމާވެއްޖެޔާ އިތުބާރު ކުރެވޭ ފަރާތަކައް ކިޔައި ދޭށޭ ދެންހަމަ ދުއާކުރާަށޭ ރަނގަޅު ވާނެ ގޮތް ހުހެއްނުވާނެ އެއްގޮތް ނެތިއްޔާާ އަނެއްގޮތް އޮންނާނެ
އެ މަންޖެ ސާފު ފުޅި ފާހަނައަށް ބުރުވަނިކޮށް އަނގަޔަށް ސާފު ބުރީ ކަމަށް ވަނީ،އަވަސް ޝިފާއެއް ދެއްވާސި
ނެގި ފޮޓޯ އެއް ލީކުވީ ދޯ.
ވިސްނާލާ..
މިކަހަލަ ޚަބަރު ނުލިޔުން އެދެން.