މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖެ ރޭޕްކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލައަކާއި ގުޅިގެން އެރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

އެރަށު ކައުންސިލްގެ ރައީސާ "ވަގުތު" އަށް ވިދާޅުވީ ފުލުހުންގެ އިދާރާ ކުރިމަތީ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދާ ކަމަށެވެ. އަދި މުޒާހަރާ ކުރަމުން ދަނީ ކުޑަކުއްޖެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައެއްވެސް އެރަށުން މިއަދު ފެންމަތިވެފައި ވާތީ އެކަމާވެސް މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ޓީޗަރަކާއި، ތިން ފިރިހެނެކެވެ.

"އާއިލާއިން މިއަދު ވަނީ އެ ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައި، މުޒާހަރާ ކުރަމުން އެބަދޭ، ބެލެވޭ ގޮތުގައި މުޒާހަރރާ ކުރަނީ ދެ ކަމަކާއި ގުޅިގެން. އެއީ ރޭޕްގެ މައްސަލައާއި މަސްތުވާތަކެއްޗާއި ގުޅޭ މައްސަލައެއް ރަށުން ފެނުމާއި ގުޅުގެން." އޭނާ ވިދާޅުވިއެވެ.

އެރަށު ކައުންސިލްގެ ރައީސާ ވިދާޅުވި ގޮތުގައި އެރަށުގެ ހަލަބޮލިކަން މިހާރުވަނީ ކޮންމެސް ވަރަކަށް ހަމައަކަށް އަޅުވާފައެވެ. އަދި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުން އެރަށު ފުލުހުންގެ އިދާރާއަށް ހަމަލާ ދޭން ފެށުމާއި އެކު އެކަން ހުއްޓުވުމަށް އުންގޫފާރު ފުލުހުން އައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ ސަރަހައްދުގައި ހިމެނޭ ރަށެއްގައި މި މަހުގެ ތިން ވަނަ ދުވަހު 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

"ރޭޕް ކުރިކަން އަދި ތިން މީހަކު ހިމެނޭ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއްވެސް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައެއް ނުވޭ". ފުލުހުން ވިދާޅުވިއެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ފުލުހުންނައި ޖެންޑާ މިނިސްޓްރީ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލެއްގައި، މި މައްސަލައިގެ މިނިސްޓްރީން ފުލުހުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖެންޑާ

    ޖެންޑާ މިނިސްޓްރީ ފެއިލްވެފަ. ކަންކަން ނުވަންޏާ އިސްތިއުފާދީ

    24
    1
  2. ޙ

    އިންޑިއާ އައުޓް

    21
    1
  3. މަލާބާރިން

    މިއަދު މިގައުމުގެ ހާލަތު ރޭފިސް ތާނަށް ވެނިމިއްޖެ.

    16
    2
  4. އިބުރާހީމު

    އެޖެންޑާ 19 ތަފާތުވާނެ. އޭގެ ކަންކަން ތިފެންނަނީ

    21
    2
  5. އަސްތާ

    ކުރިން ހުންނެވި ކަމަނާ އުލުބައިންދައިގެން އެކަމަނާ ލައްވައި އިސްތިއުފާ ދިނީމާ މަހީކުރީ ދެން މިކަން ހުއްޓިދާނެކަމަށް.

    4
    1
  6. އާދަނު

    ރޭޕްކުރެވުނު ކުއްޖާ ބުނާ ބުނުން ވާނީ ގަރީނާއަކަށް އަދި ހެއްކަކަށް ފުލުހުންނަށް އެކުއްޖާ ރޭޕް ކުރި މީހުންގެ ތެރެއިން 2 މީހަކުގެ ގޮތް އެނގޭ އިރު ދެން ކޮން ހެއްކެއް ނެތިގެންތަ މި ތިބެނީ ފުލުހުން
    އަނެއްކާ މީވެސް މި ގައުމުގެ ރޯޔަލް ރޭޕް ކޭސް އަކަށް ވީބާ
    އަނެއް ކޮޅުން ސިދާތާ ވަކި ކުރީ ރޭޕް ނުކުރާނެ އޭ ކިޔާފަ
    މަލީޙް ވަކިކޮށް ފްރީ ޑޭޓާ ރައްޔިތުންނަށް ދީފަ ސިތާދާ ވަކިކޮށް ރޭޕް ހުއްޓުވާފަ
    މި އީވެސް ސަރުކާރެއްތަ ރައްޔިތުންގެ ލާރި ކައިގެން ތިބެނީ

    4
    2