މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހަލި މަގުން ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅި ދަނޑިއަކަށް އަރައިފިއެވެ.

ހަލިގެ މެދަކާ ހިސާބުގައި މިއަދު ހެނދުނު 11:00 ޖަހާކަން ހާއިރު ހިނގި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ކާރު ކޮންޓްރޯލް ނުވެ ގޮސް ހޮޅި ދަނޑި އަށް އެރުމުގެ ސަބަބުން އެ ދަނޑި ވަނީ އަރި އަޅާލައިފައެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ.

ހަލި މަގުގައި ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ. ހޮ

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކޮވެލި

  ރަނގަޅުގޮތަކީ ހޮޅިދަނޑިއެއްގާޖެހިއްޖެ .. މިއީކަންނޭގޭރަނގުގޮތަކީ؟؟ ދޯންޏެއް ފަރަކަށްއަރައި ފިއޭބުނަނީ އެ ފަރެއްގަމައްޗަށް ބީހުނީމާ .. ވީމާ ކާރަކަށްހޮޅިދަނޑިއެއްގެ މައްޗަށްނޭރޭކަންހަނދާނުގަބަހަށްޓާތި!

  18
  1
  • ހައި

   ދެން ކީއްވެ ކިޔަނީ އެކަކު އެނަކަކާ މުޑި އަރާ ވާހަކަ. ކޮވެލި ބާރަށް ދުވެފައި ދަނިކޮށް ކާޅަކާ މުޑިއެރިއެވެ.

   1
   7
   • ިމުހައްމަދު

    ބަސްބޭނުންކުރާ ހަމަ ނޭނގޭތީ ތިކަހަލަ ސުވާލު ތި އުފެދެނީ. މުޑިއަރާނީ ދޭތި ދެކޮޅުން އައިސްގެން. އަނެއް ހާލަތަކީ އެ ދޭއްޗަކީ އަމިއްލަ ޒާތުގައި ހަރަކާތްތެރިވާ ދޭއްޗަކަށްވުން. އެއްކޮޅަށް ދާނަމަ ގޮސް ޖެހޭނީ. ދުވެފައި ދިޔަ މީހަކު ގޮސް ފާރަށް އެރުމާއި، ދުވެފައި ދިޔަ މީހަކު ގޮސް ފާރެއްގައި ޖެހުމާ ދެމެދު ހުރި ތަފާތަށް ވިސްނަވާ! ނުވަތަ ދުވެފައި ދިޔަ މީހަކު ގޮސް ހޮޅިދަނޑިއަށް އެރުމާއި، ދުވެފައި ދިޔަ މީހަކު ގޮސް ހޮޅިދަނޑިއެއްގައި ޖެހުމާ ދެމެދު ހުރި ތަފާތަށް ވިސްނަވާ!

   • ޢައްޑޫމީހާ

    ޜަނގަޅު ޕޮ އިންޓެއް.
    ޢެކަމަކު އައްޑޫ މީހުން މުޑި ޖެހެނީ...

   • ޢައްޑޫމީހާ

    ރަނގަޅު ޕޮއިންޓެއް.
    އެކަމަކު އައްޑޫ މީހުން "މުޑި ޖެހޭނީ"

   • ޢަލީބެ

    ކޮވޭލި ދުވޭތަ؟

   • ކޮވެލި

    ވަރަށްރަނގަޅުވާހަކައެއްތިބުނީ. ތިގޮތްވެސްރަނގަޅުހެނެެއްހީއެއްނުވޭ ؟؟ ދެސައިކަލުވެސް އެކްސިޑެންޓުއަރައިގެންނުވާނެދޯ "ހައި" ؟

 2. ޖައުހަރީ

  ސްރުހީތައް ލިޔާއިރުވެސް ދިވެހި ބަހުގެ އާންމު ޤަވާއިދުތަކާއި އުސޫލްތައް ހިފަހައްޓާގެން ކުރިއަށް ދިއުމުން ރަނގަޅުވޭނެކަން ޔަގީން.. " ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއަކަށް އަރައިފި" މި ކަމަކު ނުދޭ .. ހޮޅި ދަނޑިއެއްގައި ޖެހޭނީ ކާރު ކޮންޓްރޯލް ނުވެ ދޯ... ދިވެހިން ދިވެހީންގެ ގޮތުގައި ހިފެހެއްޓޯތޯ މަސައްކަތް ކުރަންވާނެދޯ ..

 3. މަސީހު

  ތިވާނީ ތަންކޮޅެއް.އަވަހައް ދާންއުޅުނީހެން

 4. ހުސޭނުބޭ

  ރަގަޅު ގޮތަކީ ހޮޅިދަނޑިއެއް ކޮންޓްރޯލްނުވެގެން ގޮސް ޓެކްސީއެއްގައި ޖެހިއްޖެ

  • ކިޔާ

   ހައްހައްހާ....ހުސޭނުބޭވެސް ދޯ...

  • ލޮލް

   ޢެއްވަނައިގެ ކޮމެންޓެއް.

 5. ޖުސްމާނި

  ޓެކްސީ މިހާރު އޮތީ ހޮޅިދަނޑީގެ މަތީ ހިސާބެއްގައި ބައްދައިގަނެގެންނެވެ. އެއީ ވެއްޓިދާނެތީއެވެ. އެރި ގޮތަށް ފައިބާކަށް ނޭނގުނެވެ.

 6. ޅަބޭ

  "ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއަކަށް އަރައިފި" މި ސުރުހީ ދިވެހި ބަހުގެ އަސާސްތަކާ ހިލާފު. ސަބަބަކީ ޓެކްސީއަކައް ގޮސް ހޮޅިދަނޑިއަކައް އަރައެއް ނުގަނެވޭނެ. އަރައިގަނެވޭނީ މީހުންގެ ގަޔައް. މިސާލު: ގަޔައް ބޮލައް ލޮލައް އަރައިފި. ވީމާ ސުރުހީ ލިޔަންވީ ގޮތަކީ "ކުލީ ކާރެއް މަތަނުވެގެންގޮސް ހޮޅިދަނޑިއެއްގަ ޖެހިއްޖެ"

 7. ދަނޑި

  ކާރު އަރައި އޮތީ ހޮޅިދަނޑި ކުރީގަތަ؟

 8. ޑައިވަރޭ

  ޓެކްސީތައްވެސް ގިނަފަހަރައް ދުއްވާލެއް ބާރު، ބިރުގަންނަ ވަރައް ދުއްވާލާ... ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމައް ނުބެލޭ ފަހަރު ގިނައީ

 9. އައިމަން

  ޓެކްސީ ޑްރައިވަރުންގެ އަމަލު ހުންނަގޮތުން މިހާރު ވަރަށް ބިރުވެރި މަގުތަހަކުގައި ދުއްވަން ބްރިޖްމަތިންވެސް އޯވަރޓޭކްކޮއްލަނީ ހަމަ ކިތައްމެ ހައި ޓްރެފިކް އޮތަސް