މިރެެއިން ފެށިގެން ރަމަޟާންމަސް ފެށެންދެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތައް އިކޮނޮމިިކް މިނިސްޓްރީން ކަނޑައަޅައިފިއެެވެ.
އިކޮނޮމިކް މިނިސްޓްރީން މި ގަޑިތަކުގައި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އެންގުމުގައި އެންގުމާއި އެއްގޮތަށް އެޗްޕީއޭ އިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް، ތަންތަން ހުޅުވަން ދިން ހުއްދައިގެ ދަށުންނެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މިރެއިން ފެށިެގން ފަތިހު 5.30 އިން މެންދަމު 12:00 އަށް ކަމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
އަދި ރަމަޟާން މަހުން ފެށިގެން، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00 އިން މެންދަމު 12:00 އަށް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އެ މިނިސްޓްރީން ވަނީ، ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް ވިދާޅުވެފައެެވެ.
އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުން އެގޮތަށް އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ކޮންމެހެން 12 ޖަހާއިރު ހުޅުވާފަބެހެއްޓުމުގެ ބޭނުމެއްނެތް ބޭނުންވަނީ ރަށްޔަތުންގެ އަނގަޔާ އަތާދިމާވާވަރުގެ އަގުތަކެއްހުރުން ނިމިދިޔަސަރުކާރުގެ އަގުތަށް ރޯދަމަހު މާހެޔޮ މާތިޔާގި އުފާފާގަތިކަން އިހުސާސްކުރެވޭ .
މީހުން ތޮއްޖެހުން މީގެ ކުރިންވެސް މަދު ވީސް ހޮޓާ ތަކާއި ފިހާރަ ތައް ހުޅުވާފަ ބަހައްޓާ ގަޑި ގިނަ ކުރިނަމަ
ރަށްޔަތުންގެ އަނގަޔާ އަތާ ދިމާކޮށްދީބަލަ ގައިމު މިވަރުކަމެއްވެސް މިސަރުކާރަކުން އަދިއެއް ކޮށްނުދޭ.
ރައްޔިތުންގެ އަނގަޔާ އަތާ ދިމާނުވޭ މި ގައިމު ހޙިންގަންތިބި ނާގާބިލު ބައެއްގެ ސަބަބުން މިނާގާބިލް ސަރުކާރަކުން އިސްތިއުފާދީ.