ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލީ މީހެއްގެ ވޯޓު، އިލެކްޝަންސް ކޮމިޝަނުން އޮޅުވާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެނގިފައިވާގޮތުން އޮޅުވާލާފައި ވަނީ ގއ. ކޮލަމާފުށީގައި ބަހައްޓާފައި ހުރި ފޮއްޓަށް، މުޙައްމަދު ޙަސަން ނަމަކަށްކިޔާ މީހަކު ލާފައިވާ ވޯޓެކެވެ.
މިކަމާއި ގުޅޭގޮތުން މުޙައްމަދު ޙަސަން "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނީ އޭނާ ވޯޓު ދިނީ މާފަންނު މެދު ދާއިރާއަށް ކުރިމަތިލީ ޕީޕީއެމްގެ ކެންޑިޑޭޓް، އަޙްމަދު ނަރީޝް އަށް ކަމަށެވެ. ނަމަވެސް އިލެކްޝްނުން ޢާންމުކޮށްފައިވާ ނަތީޖާ ޝީޓުގައިވާ ގޮތުން އޭނާ ވޯޓުދީފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު ރިޝްވާނަށެވެ.
"އަޅުގަނޑަކީ 2014 އިން ފެށިގެން ޕީޕީއެމް އިސް ސަފުގައި އުޅޭ މީހެއް. އަޅުގަނޑުގެ އަތުން މުއިއްޒު އަށާއި ނަރީޝަށް ފާހަގަޖެހީ. މިއީ ވަރަށް ބޮޑު މައްސަލައެއް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" މުޙައްމަދު ޙަސަން ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަ މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
"މިހެން ވަކިވަކި ރަށްތަކުން ގޮސްފައި ހުންނަ އެތައް ވޯޓެއް ހުންނާނީ މިހާރު އީސީ ޝަރީފް އިސްވެ ހުރެ ވަގުތީ ނަތީޖާ ނެރުނުއިރު ދިރުވާލާފައި. މީހުންގެ ހައްގަށް ނާރައި ޖަހާ ސަކަރާތެއް ޖަހާ،" މުޙައްމަދު ޙަސަން ފޭސްބުކުގައި ޢާންމުކޮށްފައިވާ ސްޓޭޓަސް އެއްގައި ވެއެވެ.
މި މައްސަލަ ފެންމަތިވެފައި ވާއިރު އެމްޑީޕީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީއަށް އައްޑޫ އާއި މާލެއިން އިތުރު ގޮނޑިތަކެއް ލިބުމުގެ ފުރުސަތެއް އޮތްކަމަށް ބުނެފައެވެ. އެ ޕާޓީން ބުނެފައިވަނީ އެ ފުރުސަތު އޮތީ ބައެއް ދާއިރާތަކުގައި އިންތިޚާބުވި ކެންޑިޑޭޓުންނާއި ދެމެދު 40 ވޯޓަށްވުރެ ކުޑަ ފަރަގެއް ހުރުމުން، ނުގުނާ 50-60 ވޯޓު ކަރުދާސް އެކި ރަށްތަކާއި ޖަލުގައި ހުރުމުން ކަމަށެވެ.
އިއްޔެ ވަނީ ހއ. ފިއްލަދޫ ޕީޕީއެމް ކެންޑިޑޭޓަށް ޖަލުން ދިން ވޯޓެއް އެމްޑީޕީ ކެންޑިޑޭޓަށް ލިބުނު ކަމަށްބުނާ މައްސަލައެއްވެސް ފެންމަތިވެފައެވެ.
ހިތްއަލި މީހެއް ދޯ ތި
ވަގު މޑޕ. ވެރިކަން ދޫކޮށްލާހިތުން ތިއުޅެނީ. ރައްޔިތުންނާ ނުކުޅެވޭނެ. ފުލުހުން ފިއްތި އެއްކަމަކު އާއްމުން ނުފިއްތޭނެ.
ހުސް ވަގުންގެ ވާހަކަ ތިދައްކަނީ. އެންޑީޕީއަކީ ތަންތަނުން ރާއްޖެއަށް ދޭ ލާރިގަނޑު ދިރުވާލައިގެން ތިބި ނުލަފާ ބައިގަނޑެއް. މިމީހުން މީހުންގެ ވޯޓުން ވައްކަން ނުކޮށްތިބޭނެހެން ހީވޭތަ؟
ހިތް ޕީޕީއެމްގައި އޮތީ ނަމަވެސް އެމްޑީޕީ އިން ލާރިނަގަފައި އޮތީމަ ތިޔައޮތީ އެމްޑީޕީ އަށް ވޯޓު އަޅާފައި....
އެމްޑީޕީން ވޯޓުގަނޭތަ؟
ކަލޯ ޝަރީފޫ... އިންސާފް އަރާ ހަމަކުރާނެ... ކަލޯ ނަޝީދޫ ... ކަލޯ އިބުރާހިމޫ އިންސާފު އަރާ ހަމަކުރާނެ
އިރާދަކުރެ އްވި އްޔާ
ތިއީ ހަމަ ވެދާނެ ކަމެއް އިލެކްޝަން އިން ވަރަށް އޮޅުވާފަ އެބަހުރި. މަ މާލެއަށް ރީ ރަޖިސްޓްރީ ވީމާ ވެސް މަ ނަން އެހެން ގޮތަކަށް ޖަހާފަ އުފަން ތާރިޚާއި އެޑްރެސް ބަދަލުނުކޮށް އައިޑީކާޑް ނަމްބަރު ބަދަލުކޮށްފަ އިނޭ ރަށު ވޯޓާސް ލިސްޓް ގަ ވެސް އަޖައިބެއްނު🙄 އުފަން ނުވާ މީހުން އުފަން ކުރުވާފަ🙄 އެވަރު ބައެއްގެ ވާހަކަ ތި ދައްކަނީ🙄
އެތައް ރަށަކުން ތި ވަގު ހަދާފަ ވަނީ ، އއ.ތޮއްޑޫ ކައުންސިލްގެ ރައީސްކަންވެސް ޕީޕީއެމް އިން ނަގާފަ ވަނިކޮށް ، ވޯޓް އޮޅުވާލައިގެން ކަރަމް ކިޔާ މީހަކު އެއް ވޯޓްގެ ތަފާތުން މޮޅުވީ އޭ ކިޔައިގެން އެބަ އުޅޭ
އީސީ ޝަރީފަކީ ވޯޓް އޮޅުވާލުމާއި މަކަރުހެދުމާއި ތަޖުރިބާ ހުރި ބޭފުޅެއް.އޭނަޔާމެދު ޢެއްވެސް މީހަކު ޝައްކެއް ނުކުރާނެ.
އީސީ ޝަރީފަކީ ވޯޓް އޮޅުވާލުމާއި މަކަރުހެދުމާއި ތަޖުރިބާ ހުރި ބޭފުޅެއް.އޭނަޔާމެދު ޢެއްވެސް މީހަކު ޝައްކެއް ނުކުރާނެ.
މި ބައިގަނޑަކީ "ﷲ" ގެ އިސްމު ފުޅު ކިޔާ ހުވާ ކޮށްފައި، "ހަމަ ހުވާއޭ، ބަލަހައްޓައިގެން ހުއްޓާ ވޯޓް ފާހަގަ ވެއްޓުނުތަން ފެނުނޭ" ބުނި މީހުން.
ދެން ކިހިނެއް މިވެރިން ދައްކާ ވާހަކަ ބަޔަކު ގަބޫލްކުރާނީ؟