ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައި ވާތީ އެއީ "ސިކު" މީހުން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ބުނުމުން ބައެއް އިލްމުވެރިންނާއި އާއްމުން ވެސް އޭނާ އަށް ފާޑުކިޔަމުން ދަނިކޮށް އެމްޑީޕީ އިން ވައްޑެގެ ވާހަކަތައް މާނަކޮށްދީ، އޭނާގެ ދިފާއުގައި ބަޔާނެއް ނެރެފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނަމުގައި އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވައްޑެގެ އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކޮށްފައި ވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމަށާއި އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒުކޮށްފައި ވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށެވެ. އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށް ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނީ ވައްޑެގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ޢަމަލުތައް އެންމެ ހަރުއަޑުން ކުށްވެރިކުރާހިނދު، އެ މައްސަލަ ތަޙްޤީޤްކޮށް ފިޔަވަޅުއެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގޮވާލާކަމަށެވެ.
މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއާ ޑޮކްޓަރ އަފްރާޝީމް ޢަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައި ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. "ތަޙްޤީޤުތަކުން ދައްކާގޮތުގައި ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ޙަރަކާތްތަކެއްގެ ތެރެއިންނެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވެއެވެ." ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނީ ވައްޑެ ދެއްކި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގޮވާލާކަމަށެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަޙްޤީޤްކުރައްވައި ފިޔަވަޅުއެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަމުން ވައްޑެ ބުނީ މަރަށް ހިފުމުގެ ވާހަކަދެއްކި މީހުންނަކީ ސިކު ބައެއް ކަމަށެވެ. "މީހުން މަރަން ވެގެން ޤިޞާސް ހިފާނަމޭ ކިޔައިގެން ކެބިނެޓަށް، އިންޖެކްޝަން ޖަހާލީމާ މަރުވާން ދާއިރު ހަށިގަނޑަށް ވާންވާ ގޮތް ޕްރެޒެންޓޭޝަން ހަދައިގެން ހުށަހެޅި ބައެއް. ސިކު ބައެއްގެ ވާހަކަ މިދައްކަނީ. ސިކު ބައެއްގެ ވާހަކަ މިދައްކަނީ." ވައްޑެ ބުންޏެވެ.
ވައްޑެ އެއެއްވުމުގައި ބުނީ މަރަށް މަރު ހިފުން އެއީ 21 ވަނަ ގަރުގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ގިޔާމަތް ދުވަހު އޭނަގެ ދިފާއުގަ އެމްޑީޕީ އެއް ނުހުންނާނެ އެވެ. ގޯސް ވާހަކަ އެއް ބުނެވިފަ ވާނަމަ އަމިއްލަ އަށް މައާފަށް އެދުނީމަ ރަނގަޅު ވާނެ އެވެ. ނޫނީ ހަގީގަތް ހާމަ ކޮށްދޭނީ އެވެ.
އުނގޫފާރު ދާއީރާގެ ގޮނޑީގަ ވަހީދު ކަހަލަ މީހަކަށް އިށީންނަން ފުރުސަތު ދިން ރައްޔަތުންގެ މޮޔަކަން އަހަރުމެންނަށް ފެންނަނީ.އެނޫން ކަމެއް ވައްޑެގެ އަމަލުތަކުން / ބަސްތަކުން އަހަރުމެންނަށް ނުފެނޭ.މާތްﷲ މުހައްމަދު ވަހީދަށް ތެދުމަގު ދައްކަވާށި.އާމީން.
އެންޑީޕީއަކަށް އެކަމާގުޅޭގޮތުން މާނައެއް ނުކުރެވޭ! އެއީ ކީރިތިގުރުއާނުގައި ވަރަށް ސައަރީހަކޮށް އަންގަވައިފައިވާ ކަމެއް! އެންޑީޕީއަށް ކޮންމާނައެއްތަ ކުރެވޭނީ! ލާދީނީބައިގަޑަށް ލާދީނީ މީހުން ދައްކާ ޖާހިލު ވާހަކައެއް މާނައެއް ނުރެވޭނެ! އުގޫފާރު ރައްޔިތުންނޭވޭ ހޭއަރާ ޖާހިލުން މަޖިލިހަށް ނޮހޮއްވަވާ!
ސިކުމީހުންނާ ވާނީ ސިކުމީހުން. ވައްޑެއަކީ ސިކުމީހެއް، އެމްޑީޕީއަކީ ސިކު ޕާޓީއެއް.
ކަމެއްވާއިރަށް ރަށް ޔަތުން ރުޅިގަދަވީމަ ބަސްމާނަކޮށްދޭން އެމްޑީޕީ މީ މީހުން އުޅުމަކީ މިހާރު އާކަމެއްނޫން.
ވައްޑެ މީ އަހަރެމެންނަށް ނޭގޭ ބަހަކުން ވާހަކަދައްކާ މީހަކަށް ވާތީވެ ދޯ އެމްޑީޕީން އެޔެއް ތަރުޖަމާކޮށްދޭން މި ޖެހެނީ! ލާދީނީ ވައްޑެ! އެމްޑީޕީގައި ތިބީ މުޅިންވެސް މިކަހަލަ އެއްޗެތި. އަދި ނުވިތާކަށް މިފަދަ ކުފުރެއްގެ ދިފާޢުގައި އެމްޑީޕީގައި ތިބޭ ދީނީ މީހުންނޭ ކިޔާއުޅޭ މީހުންވެސް ނުކުންނާނެ!
ލާދީނީ މީހުންގެ ދިފާއުގަ ލާދީނީ ޕާޓީ އޮންނާނެ. ތަހުޤީޤުކުރަން ލާދީނީ ސީޕީމެން އުޅޭނެ. ކިޔޭ ނުކިޔޭ ނޭނގޭ ބައެއް. ތަރުޖަމާ ކުރަންމިޖެހެނީ މާފަހުން އެހެންބައެއް.
މާނަ ކޮށްދޭން އަހަރެމެން މީ ފަރަންޖީންނެއްނޫން....އޭނަ ވާހަކަ ދެއްކީ ދިވެހިން އަހަރެމެންވެސްމީ ދިވެހިން...ދީނާ ހިލާފް ގޮތަކޭ ހީވާކަހަލަ ފާޑަކަށްވެސް ވާހަކަ ދެއްކުމުގެ ބޭނުންމެއް ކޮބައިތޯ....އެހެން ނޫނަސް ދީނުގެ ހުކުމްތަކާމެދު ވާހަކަ ދައްކަން ވައްޑެ ކިބައިގަ ހުރީ ކޮން ހައިސިއްޔަތެއްތޯ...ރާއްޖޭގެ މަޖްލިސް މެމްބަރ އަކަށް ވުމަކީ ދީނީ ވާހަކަ ދެއްކިދާނެ ފުރުސަތެއްނޫން....ސައިޒްގަ ހުރީމަ މީހުން އެއްޗެއް ނުކިޔާނެ...އެހެން ނޫނަސް ވައްޑެ ބުނި މިޒަމާނަކު މަރަށް މަރެއް ނުހިފޭނެޔޭ...މީ އެއްބަސްވެވެން އޮތް ވާހަކަ އެއް ނޫން...އަނެއްކޮޅުން މަރަށް މަރު ހިފާނީތޯ ކިހިނެއްތޯ މަރާނީ މީކީ އަލުން ބަލުން މަޝްވަރާކޮށް ހޯދަން ޖެހޭ ކަން ކަމެއްނޫން...މިކަން ކުރަން ޖެހޭ ކަމާއި ގޮތް ވަނީ މާކުރިން ބުނެދީފަ...އެގޮތަށް ކުރަން ނުކެރޭނީ ވައްޑެ ނުބުންޔަސް ހަމަ ސިކް މީހުނަށް....
މަރައްމަރުހިފުމަކީ އިސްލާމްދީނުގައި އެކަމަށްއޮތް ހުކުމަކަށްވާއިރު އެއީގަރުރުނު ބަދަލުވާއިރު ބަދަލުވާއެއްޗެއްކަމަށް ވައްޑޭއައްހީވާނަމަ އެވާހަކަމީހުންދައްކާނެދޯ
އެ ކީއްވެ 21 ވަނަ ގަރުނުގައި ނުކުރެވޭންވީ؟
މިކަހަލަ މުރުތައްދުން ލާދީނީ އެމްޑީޕީގަ އުޅެނީ
ކަލޭމެން މާނަކުރީމަ ގަބޫލުކުރާނީ ރުއްކަނޑާ ގުރޫޕްކުދިންކޮޅު ދީނީ ނުންކަމެއްނަމަ ބުނާނީ ނޫސްބަޔާންނެރޭނީ މާފައްއެދި މިއަހަރު ކިތައްފަހަރު ދީނީކަންތަކާގުޅުންނެއް ކައްންތަކުގަ މެންބަރުންގެ ނަމުގަމާފައްއެދިފަހުރީ ދީނީކަމަކާ ގުޅުންހުރި ކަމެއްވެއްޖެނަމަ ދިފާއުކޮއް ތަރުޖަމާނެރެ ނެރެތިބޭނީ ދޮންމީހުނައް އެގިދާނެތީވެ ވީމަތިނެރުނު އެތި ކުރިތަރުޖަމާ ގިނަދިވެހިން ކާރީގަ ވާނީ ބޮޑު ޖޯކަކައް
ދިވެހި ބަހުން ބުނި އެއްޗެއް އިތުރަށް މާނަކުރަންޖެހެނީ ދިވެހި ބަހުން ދިވެހިން ކިޔާ އެއްޗެއް ދިވެހިންނަށް ނޭގޭވަރަށް ގަމާރުކަމަށް އެމްޑީޕީއިން ދެކެނީތޯ؟
ދީނާގުޅޭ ވާ ހަތައް މާނަކުރަން މޑޕ ވ "މޮޅުވާނެއެވެ"
އޭނާއަކީ ސަޕޯޓަރުން ރުއްސުމަށް އެކި ގޮތްގޮތަށް ދީން
މާނަކޮށް، ދީނީ ޙުކުމްތަކުގެ މެދުންމިންވެސް ސަޕޯޓަރުން ބުނެދޭ މީ ހެކެވެ އެކަމަކު އޭނާ ދީން ދަސްކުރީ ކޮންތާކުން ކަކެއް ނޭންގެއެވެ.
ދެއްކި ވާހަކަ ނުދައްކާ ވާހަކަޔަކަށް ނުހެދޭނެ!! އެއެއްޗަކުނުކުންނާނީ އެއެއްޗެއްގަހުރި ދިޔައެއް!!
ތިބުނާ ވައްޑެއެއްގެ ބަސްމަގު އިސްލާޙުކުރުމަށާއި ކިބުރުވެރިކަމުން ދުރުވުމަށް ނަޞީޙާތްދެއްވި ނަމަ މާރަނގަޅުވީސް، މާތްﷲ އޭނާއަށް އެ ދޫ ދެއްވި އެފަދަ ވާހަކަތައް ދައްކާކަށްނޫން. އޭނާއަށް މާފްﷲ ތެދުމަގު ދައްކަވާށި، އެދުލުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު ދެއްވާށި، އަދި ހެޔޮލަފާ މީހުންގެ މަގަށް އެނބުރި އައުމުގެ ވިސްނުން ދެއްވާށި،
ޑޮކްޓަރ އަފްރާދސީމް ދީނުގެހުކުމްތަކައް ގޮންޖައްސަވާ ވާހަލަފުޅެއް ދެއްކެވިއަޑެއް އެއްވެސްމީހަކުނާހާ މިފަދަބޭފުޅަކު އަވަހާރަކޮއްލުމުގަ ފަހަތުގަވަނީ ދީނީހަރުކަށިބަޔެކޭބުނެ ނިންމާލުމަކުން ނުފުދޭ އަދި ގަބޫލުކުރަންވެސްދަތި
ގަސްތުގަ މީހުންމަރާމީުންގެ އަދަބަކީ މަރަށްމަރު.21ވަނަ ގަރުނުގަވެސް ހުރިހާ ގައުމެއްގަ އެކަން އޮތީ އެގޮތަށް. ސިކީ މަރާމީހާ އަދަބުދޭ މީހާއެއް ނޫން
މިކަހަލަ މުރުތައްދުން އުޅެނީ ލާދީނީ އެމްޑީޕީގަ.
ޒިންމާދާރު މަގާމްތަކަށް މިފަދަ " ހައްޕުނޑު" ހޮވީމަ އިތުރު ރަނގަޅެއް އިއިން ނިކުންނާނެ ކަމަށް ވިސްނަނީތޯ؟؟؟؟
އަބަދުވެސް އެމް.ޑިޕީން ދީނާ އި މެދު ދެކޭނީ އިހާނެތި ކޮށް .. މި ލާދީނީ ބަ އިގަނޑުގަ އުޅޭ ގިނަ މީހުންނަކީ މާތްﷲ ގެ އާޔަތްތަކަށް އީމާން ނުވާ އެއ އް
އެމްޑީޕީ ތިދައްކާ ވާ ހަކަތަށް ރަށްޔިތުން ބަލައި ނުގަނޭ މި ހާރު
ބަސް ބުނެ ދޫކޮށްލުމުގެ ކުރިން ވަރަށް ވިސްނަންޖެ ހޭނެ އެވެ! މި ހާރު ވައްޑެ ތިވަނީ ބުނެވުނު ބަ ހުގެ އަޅަކަށް ވެފައެވެ.
ތަރުޖަމާ ކުރާކައް ނުޖެހޭ ވައްޑޭ އެވާހަކަ ދެއްކީ ދިވެހި ބަހުންނޭ އެމް. ޑީ. ޕީން ކުރާތަރުޖަމާ ދީނީ ކަންތަކުގައި ބަލައެއް ދިވެހި ރައްޔިތުން ނުގައްނާނެ.
ރ.އުނގޫފާރު ދާއިރާގެ މެންބަރު ތިޔަ ދައްކާ ވާހަކައިން މުޅިދާއިރާގެ ރައްޔިތުން ކަލެއަށް ނަފުރަތު ކުރާނެ... ކަލޭ ޕާޓީ މީހުން އަތްޖާހާނެ ލާދީނީ ބައިގަނޑު ވިއްޔާ ތީ އިތުރު ދައުރަކަށް ކުރިމަތި ލިޔަސް ކަލޭ ނޮހޮވާނަން... ހަނދާން ނައްތާލާ! ފައިނު ގެ ހަލާކު ތީ ، ކުރީގައިވެސް ހުރި ޖައުފަރު ކިޔާ މެންބަރަކު ހުރި އެބޭފުޅާ ދާއިރާ އަށް އެބަހުރި ކަންކަން ކޮށްދީފައި ، ތިޔަހެން އައުގުރާނަ ގޮވާ ، ޤުރްއާނާ ދެކޮޅު ވާހަކަ އެއް ނުދައްކާ.
ލާދިނީ ފައިނު ވަހީދޫ ... ދާއިރާގެ ރަށްތަކަށް ނާރާތި ސަޕޯޓެއް ނެތް
މަރުމަރުހިފުމުގެ ވާހަކަ އިވުނީމާ އެމް.ޑީ.ޕީ އުދަގޫ ގޮތްތަކެއްވާނެ. އެއީ. ޑރ. އަފްރާޝީމް ގެ މަރުގެ މަސްއަލާގައި ހުމާމު ދީފައިވާ ބަޔާނުގައި އެމް.ޑީ.ޕީ ގެ ވާހަކަ އަންނާނެ. ފަހުން ނަޝީދުވެސް އަފްރާޝީމް ޤާތިލް ، ހަމައެރޭ ފަތިހުގެ ވަގުތެއްގައި ރާއްޖެ ދޫކޮށް ފުރިކަމުގެ މަޢުލޫމާތު ބޭރު ސަރުކާރެއްގެ އިންޓެލިޖެންސުން ނަޝީދަށް ދީފައިވާކަމަށް މީޑިއާއަށް ބަޔާނެއް ދެއްވި. މިހިރީވެސް ހަމަ އޭރުގެ ނޫސްތަކުން ފެންނަން ހުންނާނެ ވާހަކަ ވާހަކަ. ޚާއްޞަކޮށް ޑރ. އަފްރާޝީމް ގެ މަރުގެ ވާހަކަ ހަމަ އަންނަ ކޮންމެފަހަރަކު ކޮންމެ ތަނަކު އެމް.ޑީ.ޕީ ނުވަތަ އެޕާޓީގެ ކޮންމެވެސް ބޮޑަކު " ރޭސް " ވާގޮތްވާނެ
އަހުރެން ދިވެހިރާއްޖޭގެ މުސްލިމެއްގެ ޙައިޘިއްޔަތުން އެދެނީ، الله ތަޢާލާ ތިޔައެންމެންނާއި ތިޔައެންމެން ދިފާޢުކުރަންތިބި އެންމެން ޢިބުރަތްޙާޞިލުކުރާ ބަޔަކަށް ޢިބުރަތެއް ކަމުގައި ލެއްވުން. الله ގެ މިބިންމަތިީ ކިހާވަރަކަށް ކަލޭމެން ފަސާދަކޮށްފިން؟ الله ގެ މިބިންމަތީ ކިހާވަރަކަށް ކަލޭމެން އެކަލާނގެއަށް ޝިރުކުކޮށްފިން؟ ކަލޭމެން ތިތިބީ ކާފަރުކަމުގައި ހައްދުފަހަނައަޅާފައި!!
އެމްޑީޕީގަތިބީ ކިހާވަރެއްގެ ދީނީއިލްމުވެރިންނެތޯ ކަޑައެޅިގެން އިސްލާންދީނުގެ ހުކުމަކައް ފުރައްސާރަކުރީމާ ތަރުޖަމާކުރަން
ތަރުޖަމާޕާޓީ ތިޔަހެން ތަރުޖަމާކުރިއެއްނޫންތޯ މީހަކު ޑެންމާކް އޭކިޔާގައުމެއްގައި ދެއްކިވާހަކަވެސް ކީއްތޯ ކުރާނީ