ރާއްޖެ އެތެރެކުރަން އުޅުނު 4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ފެނިފައި ވަނީ އިއްޔެ ކުރިއާ މަގުން ރާއްޖެ އައި ޕާރްސަލްތަކެއް ބަލައި ފާސްކުރަނިކޮށެވެ. އަތުލައިގަނެފައިވަނީ ޖަމައިކާ އާއި ނައިޖީރިއާ އިން އެތެރެކޮށްފައިވާ ކޮކެއިން ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ނައިޖީރިއާ އިން އެތެރެކުރީ 1.32 ކިލޯގްރާމް ކޮކެއިންއެވެ. ޖަމައިކާ އިން އެތެރެކޮށްފައިވަނީ 547 ގްރާމް (ޕެކިންއާއެކު) ކޮކެއިންއެވެ. މި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.579 ގްރާމް ހުރި އިރު، މި ތަކެތީގެ މަގުމަތީގެ އަގު 4.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި މިހާރު ވަނީ ކަސްޓަމާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުމައިލް

    ކަލޯމެންނަށް ތީ ކޮންބަޔަކު އެތަރެކުރަން އުޅުނު އެއްޗެއްކަން އިނގޭތަ؟ތިބަޔަލު އަތުލައިގަތިއްޔާ އޮންނާ އިޖުރާތްތަކާއި ޚިލާފަށް ހައްޔަރުކޮށްފަ.ދެން ޖެހޭޏީ ކުއްވެރިން ދޫކޮށްލަން .ކުރިން ކަންތައްވެފަ އޮތީ މިހެން .މިވީހާތާކު 500 ގުރާމަށްވުރެން މަތިން އަތުލައިގަނެވިފައޮތްބަޔަކަށް ހިފަހެއްޓިފަ ނެތް.ސަބިތު ނުވާތީ ދީވެފަތިބީ.އެއްވެސް ގެރެންޓީއެއްނެތް.ބޮޑެތި ކުއްވެރިން ހިމާޔަތް ކުރަނީ.ހައްގު އަދަބެއް ނުދެވޭ.އެހެންނުން ސުޕާރީއެއް ވަގަށް ނަގާފިއްޔާ ހައްގު އަދަބު ދެވޭނެ.