އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދު ﷲ ޔާމީން މާފުށީ ޖަލުގައި އޮންނަވާތާ 500 ދުވަސްވުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުން ބުދަ ދުވަހުގެ ރޭ ރާއްޖޭގަައި މުޒާހަރާ ކުރަން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަން އެ ކޯލިޝަންގެ މަގުމަތީ ހަރަކާތްތައް ރާވާ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ސަރުކާރާ އެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ގިނަ ސިޓީތައް ބަދަލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރައްވާނެ ކަމަށް ބުނެ ރަމަޟާން މަސް އައިރުވެސް ލުޔެއް ދީފައި ނުވާ ކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީނަށް ލުޔެއް ދޭން ސަރުކާރުން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ޔާމީން ގެއަށް ބަދަލު ނުކުރާ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދެން މަޑުން ނުތިބޭނެ ކަމަށެވެ. އަދި މި ހަފްތާގެ ބުދަ ދުވަހުގެ ރޭ މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށާއި އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ދަށުން ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދާދި ފަހުން ވަނީ ހުކުމް ދަމަހައްޓައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން ޔާމީންގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއްކޮށް ޝަރީއަތަށް ހުށަހަޅައިފައެވެ.
އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތުތަކެއް ނޫނެވެ. ޔާމީން މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޔާމީން ގެއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށާއި އެމަނިކުފާނަށް ދެރަ ގޮތެއް ނުވާނެ ކަމަށެވެ.
ބަރުލަމާނީ ނިޒާމުގައި 3 ބާރުވަކިވެފައިވާ ނިޒާމެއް ނޯނާނެ، ބޭރުގެ ނުފޫޒުން މެމްނަރުންނަށް ރިޝްވަތުދީ ގަނެލުންވާނީ ގައުމަށް.
އެއީ ފައިސާ ގޯނި ހިފައިގެން ހިނގިމީހާދޯ
ސަރުކާރު ހެލޭ ދަތަކަށްވުރެވެސް ބަލި. ވައްޓާލާ
500 ދުވަސް ފުރޭތީވެ އެކަމާއި އުފާ ފާޅު ކުރުމަށް ދޯ
ކުތަންވާނީ ބޮޑުމުޒާހަރާއެއް ކާރިރައްރަޝުންވެސް މީހުންގެނެސްގެން ދޭތިން އެކައްޗެއްވެސްޗައް