ހެޕީމާކެޓްގެ ސީއީއޯ އަލީ އިހްސާން ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވަސިޓީ އިން ޕްރޮފެޝަނަލް ޑޮކްޓޯރަލް ސެޓްފިކެޓް (ޕީޑީސީ) ހާސިލް ކުރައްވައިފިއެވެ.
އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވުމަށްފަހު އިހުސާން ވަޒީފާ އިން ވަކިވެވަޑައިގެންނެވީ 2017 ވަނަ އަހަރުއެވެ. އެމްއެންޑީއެފްގައި ކެޕްޓަނެއްގެ ރޭންކްގައި ހުންނެވުމަށްފަހު އިހްސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެން ހެޕީމާކެޓްގެ ސީއީއޯ ކަމާއި ހަވާލުވެ ވަނީ އެކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ދިވެހިންގެ މެދުގައި މަގުބޫލް ކުންފުންޏަކަށް އެކުންފުނި ހައްދަވާފައެވެ.
އިހްސާން ވަނީ އެމެރިކާގެ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީ އިން މިލިޓަރީ އާޓްސް އެންޑް ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.
އިހުސާން ވެފައި ވަނީ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީގައި ފުރަތަމަ ކޮމާންޑް ކުރެއްވި ބޭރުގެ ދަރިވަރަށެވެ.
އޭނާ މާސްޓާސް ހެއްދެވީ ސިންގަޕޫރުގެ ނަންގްޔަންގް ޔުނިވަސިޓީ އިން 2016 ވަނަ އަހަރުއެވެ.
އިހްސާން ޕީޑީސީ ހާސިލް ކުރައްވާފައި ވަނީ ގްލޯބަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިންނެވެ. އިހްސާން ޕީއެޗްޑީ ހާސިލް ކުރެއްވި ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވަސިޓީ އަކީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ ޔުނިވަސިޓީއެކެވެ. އެއީ އޭސީއައިސީ އިން އެއްވަނަ ދަރަޖައިގައި ރޭންކް ކޮށްފައިވާ ޔުނިވަސިޓީއެކެވެ.
އިހްސާން ފާހަގަ ކުރެވެނީ ރާއްޖޭގެ އިޖުތިމާއީ އަދި ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާއި ގުޅޭ ގޮތުން ވެސް ފަހަކަށް އައިސް ހިޔާލު ފާޅުކުރާ ބޭފުޅެއްގެ ގޮތުގައެވެ. ދާދިފަހުން ރައްޔިތުން ބާރުވެރިކުރުމަށް ކަމަށްބުނެ ފެށި ސިޔާސީ ހަރަކާތް ކަމަށްވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ނުވަތަ ދިވެހި ގައުމީ ހަރަކާތުގައި ވެސް އިހްސާން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް އެހަރަކާތުގެ ކުރީ ސަފުން އަދި އޭނާ ނުފެނެއެވެ.
މ،ަރުހަބާ ސަރ.
މަރު ޙަބާ
މަރުހަބާ އިހްސާން.
މަރުޙަބާ އިހުސާން ތިއައީ ދިވެހި ގައުމު ފަޚުރުވެރިވާ ދަރިއެއް...
މަރްޙަބާ ސަރ.
ދިވެހިލޭ ހިނގާ ދިވެހިން ފަޚްރުވެރިވާ ދިވެހި ދަރިއެއް.
ކުރީގައިވެސް މަސައްކަތް ޕުޅު ކުރެއްވީ ެ ޤައުމީ ޖޯޝުގައި. މިހާރުވެސް ހަމަ އެރޫޙްގައި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި.
ފުރިހަމަ ޞިއްޙަތާއި ދިގު އުމުރުފުޅެއް މިންވަރު ކުރައްވާށި އާމީން
މަރުހަބާ
އަސްކަރީ ޕޮލިޓީޝަނެއް ! މަރުހަބާ !
ދެން އަންނަ ޕީޕީއެމް ސަރުކާރެއްގެ ދިފާޢީ ވަޒީރު. އިންޝާﷲ 2023
އަހްސާން ޔޫއާރ ދަ ބެސްޓް ޑޮކްޓަރ އސހްސާން ސާރ