ހދ. ކުޅުދުއްފުށިންް ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ނެގި ސުންކުތައް ނައްސިވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އޮފް ހެލްތް ސާވިސަސް އަހުމަދު ދާއޫދު ވިދާޅުވީ، ތިން މީހަކު މި ބައްޔަށް ފައްސިވުމާ ގުޅިގެން ނެގި 44 ސުންކެއް ނައްސިވެފައިވާ ކަމަށެވެ.

"ތިން މީހަކު ބައްޔަށް ފައްސިވުމާ ގުޅިގެން ނެގި 44 ސާމްޕަލެއް ވަނީ ނައްސިވެފައި. ދެން ނެެތް ފައްސިވި މީހުންނާ ގާތުން ބައްދަލުވި އެެއްވެސް މީހެއް ކޮންޓެކްޓް ޓްރޭސިން އިން ދައްކާ ގޮތުން ސާމްޕަލް ނުނެެގި" ދާއޫދު ވިދާޅުވިއެެވެ.

އެ ތިން މީހުން ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ފްލޫކްލިނިކަށް ދެެއްްކުމުންނެވެ. ކުޅުދުއްފުށިން ނެގި ސުންކުތައް ނައްސިވުމާ ގުޅިގެން އަދި އެރަށު މޮނިޓަރިން ހާލަތު އުވާލާފައެއް ނުވެއެވެ.

ކުޅުދުއްފުށިން މީގެ ކުރިން ވެސް ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެ ވޭދަނަތަކާ ގުޅިގެން ވެސް އެރަށް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އަތޮޅުތެރެއިން އަންނަނީ ފައްސިވަމުންނެވެ. ނަމަވެސް ގިނަ ރަށްރަށުން ކޮވިޑް-19 ޓެސްޓް ކުރެވޭނެ އިންތިޒާމު ނެތްކަން ފާހަގަ ކޮށްލެވެއެވެ.

މިހާތަނަށް މިބަލި ފެތުރޭތީ ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެެސްްފައެވެ. މިއީ އަތޮޅުތެރޭގައި މިހާ ގަދައަށް މި ބަލި ފެތުރޭ ފުރަތަމަ ފަހަރެވެ.