ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާ މި ދަނޑިވަޅަކީ ސިޔާސީ ޚިޔާލު ތަފާތުވުންތަކުން ދުރުވެ އެންމެން އެއްބައިވާން ޖެހޭ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ނިޙާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެންބަރު ނިހާދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގައި ވެސް އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރޭގެ ވަގުތެއްގައި ޓްވީޓެއް ކުރައްވާފައިވަނިކޮށެވެ.

ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކަށް ދިމާވެފައިވާ ހާލަތު ރާއްޖެއަށް ދިމާވެއްޖެނަމަ ވަރަށް ދެރަ ވަރު ވާނެ ކަމަށެވެ. އެންމެން ގުޅިގެން ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ނިހާދު ގޮވާލެއްވިއެވެ.

"މިއަކީ ސިޔާސީ ޚިޔާލު ތަފާތުވުމާއި ޒާތީ ކަންތަކުން ދުރުވެ އެންމެން އެކަތި ގަނޑަކަށްވެ މި ވަބާއިން ގައުމު ސަލާމަތް ކުރާން ވީ ވަގުތު." ނިހާދު ކުރެއްވި ޓްވީޓްގައިވެއެވެ.

އެއްބައިވަންތަ ވުމަށް ނިހާދު ގޮވާލެއްވިއިރު އަދި އެމްޑީޕީ ހަލާކު ވެގެން މި ދަނީ އަމިއްލައަށް ކަމަށް ވެސް ނިޙާދު ވަނީ ވިދާޅުވެފައެވެ. އެގޮތަށް އޭނާ ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައމްަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުން ދެ ބަޔަކަށް ބެހި ކޯޅުންތައް ވަނީ ބޮޑުވެފައެވެ. މި ގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފް ފާޑުވިދާޅުވުމުން، ސަރުކާރަށާއި އެޓާނީ ޖެނެރަލްއަށް އެ ކޮމިޓީގެ މެންބަރުން ވަނީ ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބަކުރު

  އަނހަ ކިހިނެއްތިވީ އެމްޑީޕީން ނޫންތޯ ބުނީ އިދިކޮޅަށް ކޮވިޑުޖަށްސާފައޭ މައިތިރިވާނީ މިހާރު މްއިތިރި ވީތަތިޔަ.

 2. ޖުއްޅޭއި

  ބަލަ ކޮއްޔާ ދެންނިވޭހެ ތެކަން ފެންކައްކާ އިރަށް ދޮންކުރިޔަސް އަންނިވާނީ އަންނިޔަށް މިޅި އައްޑޫ ރޯކެޑަމައިޔަސް ޔޫމެންނަށް އޯކޭ އެވަރަށް ނެތް ދެން ބޮލިހިލާ ފަރަށްދޭ އަދިވެސް ގޭގަ ގޮޑިޔެއް ހުއްޓަސް އެމްޑީޕީއަށް ދީ އަނބިމީހާވެސްދީ ތިހިރަ ތިމީހުން ހަލާކުވަނީ ވަގުވެރިކަމެއްދާނީ ހަމަ ތިގޮތަށް މާތްﷲ ތިބައިގަޑު ހަލާކުވެގެންދާން މާގިނަވަގުތު ނުނަގާނެ މާތްﷲގެ މަތިން ހަނދާންކުރުމެއްނެތި ވޯޓުން ޝަރީފުލައްވާ ވަގަށް އޮޅުވާލީ މޮޅުވެރިކަމެއް ކުރާނެކަމަށް ހިތާތަ ނުވާނެ ﷲ ބައްލަވައި ވޮޑިގެންވޭ ހޭއަރާ ޝަރީފުއަށް ހަލާކު ހުރި

 3. މުންޖެއް

  ކަލޭ މޮޅުވާހަކަ ނުދައްކާ މަޖިލިސްތެރޭ އިނދެބަލަ ޖާބެ ދައްކާ ވާހަކަ އަޑު އަހާފަ ހޭން.

 4. ޖައްބާރު

  ބަލަގަ އިދި ކޮޅަށް ކުރޯނާ ޖައްސާފަ ނޫންތޯ އިންތިޚާބު ކާމިޔާބު ކުރީ ގެރި.

 5. ބަކުރު

  އަނހަ ކިހިނެއްތިވީ އެމްޑީޕީން ނޫންތޯ ބުނީ އިދިކޮޅަށް ކޮވިޑުޖަށްސާފައޭ މައިތިރިވާނީ މިހާރު މައިތިރި ވީތަތިޔަ.

 6. މާމީ

  މިއަނދުތަ ތިކަން އެގުނީ...

 7. ކޮބާކަލޭ

  ސަރުއީ ނިޒާމައް ސަރުކާރުން އަތްބާނަންޏާ އެޤައުމެއްގެ އެއްބައިވަންތަކަމެއް ނޯންނާނެ!

 8. ހަސަނާ

  ކޮންއިރަކުތޯ ގައުމީއެއްބައިވަންތަކަންނޯންނަންވީގައުމަކައްޖެހޭނެ އެންމެނުބައިި ކަމަކީ ސިޔާސީގޮތުންހައްދުފަހަނަޅާދިއުންް އެގޮތުންއެއްބަޔަކައް 65ގޮޑި ލިބުނުހިސާބުންމިގައުމުގެދުވަސްމިއޮތީ ދުއްވާލާފަ ހުރިހާބާރެއްވަކިމީހެއްގެ އަތްދަށައްލާފަ ސިއްހީމާހިރުންނައްބިރުދައްކާ އެމީހުންގެނިންމުންތައްބޮލާލާޖަހާފަ ހުރިހާކަމެއްސިޔާސީކޮއްބަދަލުހިފިކަމުގެ ފުރިހަމަ ހެއްކަކައްފުދޭ ފެބުރުއަރީ 7ވަނަދުވަސް ނަސީދު ގެވެރިކަން ވެއްޓުނުދުވަހާދިމާކޮއް ހުރިހާރަށެއްގަވެސް މާސްކުނާޅާބޭރައްނުކުތުންމަނާކުރުން....

 9. ހަސަނު

  މިއީ މީނަގެ އިސްކޮޅުފެނިގެން އުޅޭމީހެއް. މީނަ ބުނާކޮންމެ އެއްޗެއް ނުހުގަ ޖަހަންވޭހޭ ސުއާލަކީ؟

 10. ައަބޫ

  އައްޑޫ މީހާ މަޑުމަޑުން ސައިޒްއެބަވޭ އަދި އެމީހުންގެޕާޓިޥެސް

 11. އެލެކްސް

  ނިހާދު ލަދެއްނުގަނޭތޯ މަޖުލިސްތެރޭ އެމްޑީޕީ މެންބަރުން އިދި ކޮޅު ފަރާތްތަ ކަަށް ކޮވިޑު ޖައްސާފަ ކައުންސިލް އިންތިހާބު ކާމިޔާބުކ ކުރަން ގޮވިދުވަހު. މިއީ މިރާއްޖޭގެ ބައެއްމީހުންގެ ދޫތައް ވިހަވެގެން ފެތުރުނު ވަބާއެއް. ކިތައްމެ މަތީމަގާމެއް ލިބުނަސް ގޮވަންޖެހޭ އެއްޗެއްސާ ނުގޮވަންޖެހޭ އެއްޗެހި ހުންނާނެ، މިއީ ދެރަކަމެއް

 12. ބޮޑު ޖަރީމާ

  ބުއްޅަބޭ މިއޮތީ މިތަން ބައިބައި ކޮށްފައި.

 13. ވެރިން

  ކަލޯ ތިބުނަނީ ނަޝީދު ބޮޑުވަޒީރު ކަ މަށް ގެއްނަން އެއް މެން އެއްބައި ވާން ވީ ވާހަކަތޯ. އެހެއްވެއްޖެއްޔާ ބުނަން ޖެހޭނީ ސޮރީ އޭ

 14. ޖޯން

  ދުވަހަކުވެސް ކަލޭމެންނާ އެއްގަލަކަށް އަރާކަން ނުވާނެ ދެއިރު ހަމައިގަ ތިބޭ ބައެއް ބޫން ތީ