ހދ.ކުރިނބީ ސްކޫލްގައި މަސައްކަތް ކުރައްވާ އަންހެން ޓީޗަރަކު އެރަށުގެ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު ޓީޗަރަކީ އިންޑިއާ ރައްޔިތެކެވެ.

ޒުވާން ޓީޗަރު މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މިރޭ 20:30 ހާއިރު، ކުރިނބީ ހުޅަނގުކޮޅު ގޮނޑުދޮށުގައި ރާޅުޖަހާ ހިސާބުގައި އޮއްވައެވެ.

ކުރިނބީ ވާހަކަދެއްކި މީހަކު ބުނީ ރަށުގެ މީހުން ދިރިއުޅޭ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ ޓީޗަރު ގެއިން ނިކުތީ 20:00 ހާއިރު ކަމަށެވެ. އޭނާ ކޮޓަރިން ނިކުތުމުގެ ކުރިން ނޯޓެއް ލިޔެފައި އޮތް ކަމަށް ވެއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.