އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމަނާފައިވަނީ ސިޔާސީ ގޮތުން ކުރިމަގު ބަނަކޮށްލުމަށް ކަމަށް ޓީވީ ޕްރެޒެންޓަރު އަދި ކުރީގެ ނޫސްވެރިޔާ އައިޝަތު ލީޒާ ވިދާޅުވެއްޖެއެވެ.
ދެހާސް ސާދަވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ޚިޔާނާތުގެ ފައިސާ ބެހި ކަމަށް އެ ޚިޔާނާތުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ ވިދާޅުވެފައެވެ. އޭރު މެދު ހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ލީޒާ ވާދަކުރެއްވިއިރު، ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި އޭނާގެ ނަން ވެސް އޮތެވެ.
ލީޒާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޚިޔާނާތުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެއިން މަންފާއެއް ލިބިފައި ނުވާ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ތަހުގީގީ އިދާރާއަކުން އެ ޚިޔާނާތާ ގުޅޭ ގޮތުން އޭނާއާ ސުވާލު ކޮށްފައި ނެތް ކަމަށާއި، އޭނާގެ ބަޔާން ނެގުމެއް ވެސް ނެތި ތުހުމަތުވާ މީހުންގެ ލިސްޓުގައި ހިމެނުމުން ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނަން ދައުލަތުން މި މައްސަލަ ތަހުގީގު ކުރާ މުއައްސަސާއަކުން ނެރުނު ލިސްޓެއްގައި އިންފޮމޭޝަން ކަލެކްޓް ކުރަނީ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތަކީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމާއި މިއީ އަޅުގަނޑުގެ އަބުރު ކަތިލުމަށް ކުރި ކަމެއް ކަމާއި ސިޔާސީ ގޮތުން ކުރިމަގު ބަނަކޮށްލަން ކޮށްފައިވާ މަސައްކަތެއް ކަމަށް ހިތާމައާއެކު ދަންނަވަން،" ޓީވީއެމްގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ލީޒާގެ ޓްވީޓްގައިވެއެވެ.
ހިޔާނާތުގައި އަޅުގަނޑުގެ އެއްވެސް ބައިވެރިވުމެއް އަދި އޭގެއިން އެއްވެސް މަންފާއެއް އަޅުގަނޑަށް ލިބިފައިނެތް ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. pic.twitter.com/AZZ37tITut
— Liza Laurella (@lizalaurella) May 12, 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައިގެން ހިންގެވި މި ޚިޔާނާތުގެ ތަހުގީގު ފުރިހަމަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
މި ވެރިކަމުގައި މި ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ރައީސް ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޓީއަކުންނެވެ.
އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުން ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ވަނީ މި މަހުގެ ހަވަނަ ދުވަހު މަޖިލީހަށް ޚިއްސާކޮށްފައެވެ. މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީގެ ރިޕޯޓްގައި އެ ލިސްޓު ހިމަނައި މިދިޔަ ބުދަ ދުވަހު އާންމު ކުރިއެވެ.
281 މީހުންގެ ނަން އެ ލިސްޓުގައި އޮތް އިރު، އެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރުކޮށް އަދި ލިސްޓުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދަވަމުންނެވެ.
ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް މަގާމުތަކުގައި ތިބި ފަރާތްތައް އެ މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.
ވަހީދު ކައިރީ ރައީސް އޮފީހުގައި އުޅުނުއިރު ކިހާ މައުލޫމާތެއް އަދީބަަށް ވިއްކިންތޯ؟ ބަދަލުގައި އަދީބުދިނީ ކޮން އެއްޗެއްތޯ؟ އަދީބު ޖަލަށްލީމާ ފްރާންސްގައި ބޯއީ ފްރެންޑް ގޮވައިގެން ގޮސް އެތައް އަހަރަކު އަރުވާލެވިގެން ހުންނަން ޖެހުނީ ކީއްވެތޯ؟
ބަލަ އަރުވާލެވިގެން ލީޒާ ނުހުރޭ އެނައަކީ އެތަނުގެ ސިޓިޒެންއެކޭ. އަނގައެއް އޮތީތީ އެންމެންވެސް ތަޅަނީ..
ވަހީދު ކައިރި ކޮންއިރަކުތަ އަޅެ އޭނަ އުޅުނީ ރައީސް އޮފީހުގައި. ހަމަ ދެން މިހުންނޭ ކިޔައިގެން ތަނެއް ދޮރެއް ނޭނގިތިބެ ހަޤިގަތް ނުބަލާ ވާހަކަ ދައްކަން ހެޔޮވާނިި ކިހިނެތް
ގައިރުގާނޫނީ ކޮމިޓިއަކުން ނެރުނު ގައިރު ގާނޫނީލިސްޓެއް ތިކަންކުރިބަޔަކާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓެއްގައި މަށްސަލަ ބަލަންޖެހޭނެ
ހިޔާނާތުގެ އަޑީގަ ތިއްބެވި ބޭފުޅުންގެ ނަންތައް ފޮހެލާފަ ކެނެރީ ނަޝީދާ އިބޫ ބޭނުންވާ މީހުންގެ ނަންތައް ހިމަނައިގެން ނެރެފައޮއް ލިސްޓެއްތީ.
ވަގުތަކަސް އަބަދު " މި ޚިޔާނާތުގެ ތަހުގީގު ފުރިހަމަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ." ޖަހަންޏާ ކަޑަވާނެ.2018 ގައި މި ބުރާންތި ވީ ހަމައެކަނި މި ވަޢުދުތޯ؟ ކޮބާ ރިލްވާން ، ކޮބާ ބްލޮގާ ޔާމީން، ކޮބާ އަފްރާޝީމް ، މިހާރު ދެން މާ އެމްއެމްޕީއާރުސީ މީކޮންފަދަ ޖަރީމާ އެއް މިޤައުމުގަ ހިންގަން ކުޅޭ ޑްރާމާ އެއްބާ.؟
ޢަޅުގަނޑު އުންމީދުކުރަނިީ ލިީޒާ ދިވެހި ދައުލަތާއި ދެކޮޅަށް ދަޢުވާ ކުރާނެ ކަމަށް އަދި ބޭނުންވަނީވެސް އެގޮތް. ކެނެރީގެ ނަޝީދާއި އިވާ އަށް ހީވެފައި އޮތީ މިއީ ހަމައެކަނި އެމީހުން އުޅެން އޮތް ޤައުމެއް ކަމަށް. ލީޒާއަށް ހެޔޮދުއާ އަބަދުވެސް.
ލީޒާ ސާބަސް
ދެން ތިހެންކިޔާނެކަމެއް ނެތް... ކެވުނު ވަރަކަށް ލާރި ކާފައި😡
ލީޒާ ސާބަސް
ލީޒާ ތީ ސިޔާސީ މީހެއް ކަމެއް ނުދެނެ ހުރިން
ތިޔަ ކޮމެޓީއެއްގައި ތިބި އެންމެންނާ ދެކޮޅަށް ދައުވާކުރަން މަ ތާއިދު. ސާބަސް ލީޒާ
މަށަށް ފެންނަނީ ތަންކޮޅެއް ރަނގަޅަށް ސިޔާސީ ދައިރާއަށް ނުކުންނަން...މިހާރު މާ ލޮނުމަޑުކޮށް ތިހުންނަނީ. ދެރަ ނުވޭ މިއީ ހިތްވަރު ގަދަކޮށްފައި ނުކުންނަން ވީ ވަަގުތު. ﷲއީ ކުޅަދުންވަންތަ ރަސްކަލާންގެ. އަނެއް މީހައަށް ދެރައެއް ދީފައި އެއްވެސް މީހަކަށް ކުރިއެރުމެއް ނުލިބޭނެ
ޚަބަރު ލިބުނު ގޮތުގައި ލީޒާގެ ވަރަށް ގާތް މީހެއް ފަރާތުން މިކަމާއި އެކަމަނާ ހުންނެވީ ވަރަށް ދެރަވެފައި. އަޅުގަނޑު ބުނަން ބޭނުމީ ގަދަކޮށް ހުންނަވާށޭ. އަބަދު މިހިނެތް ނޯންނާނެޔޭ. އެބޭފުޅުން އެތިބީ ޤާނޫނި ގޮޅިއަކަށް ފެތިފައި.
ދެރަވާނެ ލާރި ކޮޅު ކާލާފަ
ޢިންސާފު ލިބޭނެ އިރާދުކުރެއްވިޔާ. އިންސާފަކީ ހަމައެކަނި ކެނެރީގޭ ބުއްޅަބެއަށް މަޖިލީހަށް ސަރުކާރު މީހުންނަށް އޮތް އެއއޗެއް ނޫން...
މިހާރި މިވާ ގޮތުން މަންފާއެއް ލިބުނު އެކަކުވެސް ނެތްތާއެވެ. އެއްމެ ކުޑަމިނުން ޔާމީނާއި އަދުރޭއާއި ނިހާނު ވެސް ބުނަނީ ނުވެސް ދެނަހުރީމޭ.
ކޮންމެ މީހަކު މިވަނީ " މިސްކިތު ހުޅުޖެހި " މީހާއަށް ! ކަމެއް ނުކުރަންޏާ ތިވަރަށް ތެޅިފޮޅެނީ ކީއްވެ ! ނަންއޮތީވެސް ކަމެއް ވީމަ !
އިނޮސެންޓް އަންޓިލް ޕްރޫވަން ގިލްޓީ.
ބޮޑަށް ހީވަނީ އީވާ، ހިސާން، ސަބުރާ، ސައުނަ މެން ކުރުވި ކަމެއް ހެން. މި އަންހެން ވެރިން ލީޒާ ދެކެ ވަރަށް ރުޅިއަންނަކަމަށް އެމްޑީޕީ އެތެރެކޮއެލުން ހަބަރުދޭ. ޢެ މީޙުން ނޫނަސް ޚާއްސަ ގޮތެއްގައި ދިވެހި އަންހެނުން މީނަ ދެކެ ރުޅިއަންނަ ސަބަބު އުފެއްދުން ތެރި ސިކުނޑިއަކުން ވިސްނާލީމާ ވަރަށް ސާފު. ލީޒާ އަށް ކުރިއަށް ދިއުމުގައި ހިތްވަރު ގަދަކުރައްވާ މާތްﷲ އަށް ދުއާ ދަންނަވަން. ދެރަގޮތެއް ނުވާނެ އިރާދަކުރެއްވިޔާ
ތީހުސް ބަސްތަކެއް، ލިސްޓުގަ ނަން އޮތް އެންމެން ދައްކަނީ ހަމަ އެއްވެސް އޮއްޓަރެއް ނެތް ހުސްބަސް ތަކެއް! އެއްވެސް ހެއްކެތް ނުދެއްކޭ ދިފާއުވާކައް؟
މަގޭ ގަައުމާ، މަގޭ މަސައްކަތް ކޮއްގެން، ގައުމު ކުރިއައް އޮތް ޖީލު ތަކަައް ޓަކާ ތަރައްގީ ކުރަން ދޭ 6% ލާރި، މި ދޭތި ކޮޅާގަތީމަ މީހުންގެ ނަފުރަތު ނުލިބޭނެ ކަމައްތަ މިއެއްޗެހިތައައް ހީކުރަނީ؟!
އެންމެކުޑަމިނުން ކޮންވިންސް ކޮއްލަން މަސައްކަތް ކޮއްލަބަލަ އެލާރި ނުލިބޭ ކަމައް، ހުސް ބަސް ތައްތީ ހައްތަހާވެސް، ހެއްކަކާއި ނުލާ އޮއްޓަރެއް ނެތް. މީ ކުޑަ ކަމެއްގެ ވާހަކައެއްނޫން!