ހއ. މުރައިދޫގައި ކަރަންޓީނުގައި ނެތް މީހަކު ފައްސިވެއްޖެއެވެ.

މުރައިދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރު މުހައްމަދު މުއާޒް "ވަގުތު"އަށް ވިދާޅުވީ އެ ރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން މިދިޔަ ހޯމަ ދުވަހު ޑޮކްޓަރަށް ދައްްކަން ދިޔަ މީހެއް ކަމަށެވެެ.

މުރައިދޫ އިން ފައްސިވެފައި ވަނީ އުމުރުން 25 އަހަރާ 30 އަހަރާ ދެމެދުގެ އަންހެނެއް ކަމަށް މުއާޒް ވިދާޅުވިއެވެ. މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ނިމި ގާތުން ބައްދަލުވެފައިވާ މީހުންްގެ ސުންކު ނަގާފައިވާކަމަށް މުއާޒް ވިދާޅުުވިއެވެ.

"އެއީ މިދިޔަ ހޯމަ ދުވަހު ހުމުގެ އަލާމާތްތަކެއް ހުރެގެެން ޑޮކްްޓަރަށްް ދެއްކި މީހެއް. ކަރަންޓީނުގަ ނެތް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ވަގުތެެއްގަ ރަށް ވަނީ ކަރަންޓީނަށް ލާފައި" މުއާޒް ވިދާޅުވިއެވެ.

ކަރަންޓީނުގައި ނެތް މީހަކު ފައްސިވެ މުރައިދޫ މޮނިޓަރިންނަށް ލާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ކޮވިޑް-19 އަށް މާލެެއާ އަތޮޅު ތެރެއިން ފައްސިވާ މިންވަރު އަދިވެސް އަންނަނީ މަތިވަމުންނެވެ. އިއްޔެ އެކަނިވެސް 1465 މީހަކު ވަނީ މި ބައްޔަށް ފައއްސިވެފައެވެ.