ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވެ ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅަކީ ސިޔާސީ ވާހަކަތައް އެއްފަރާތްކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެން ވެސް އިސްކަން ދިނުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރޭ ފަތިހު 5:00 ހާއިރު މާލޭގެ މއ. މޯނިންވިއުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން އެ ސަރަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާއާއި އެމްއެންޑީއެފްގެ ބައެއް އިސް ބޭފުޅުންނާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ބޭފުޅުންނާއި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަނީ ވަޑައިގެންފައެވެ.
އެ ސަރަހައްދުގައި ހުންނަވާ މީޑިއާއާ ބައްދަލު ކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެހީތެރިކަމުގެ ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުކޮށްދެމުންދާނެ ކަމަށެވެ. މިހާރު ވެސް ބައެއް އާއިލާތަށް ވަގުތީ ހިޔާތަކަށް ބަދަލު ކުރެވިފައިވާއިރު، އެ އާއިލާތަކަށް ދޭން ޖެހޭ އެހީ ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ނޫސްވެެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ "މި ވަގުތަކީ އަޅުގަނޑުމެން ސިޔާސީ ވާހަކަ ދައްކަން ޖެހޭ ވަގުތެއް ނޫން، މި ވަގުތީ ސިޔާސީ ކަންކަން އެއްފަރާތްކޮށް އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދެވެން ހުރި ކަންކަން ކުރެވޭތޯ ބަލަންވީ ވަގުތު،" ކަމަށެވެ.
މާރިޔާ އެހެން ވިދާޅުވީ މޭޔަރު މުއިއްޒު ފާހަގަކުރެއްވި ބައެއް ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ދުވަސްތަކެއް ފަހުން އާންމު ޕްލެޓްފޯމެއްގައި މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވާފައި މި ވަނީ، އެކަމަނާގެ އިސްތިއުފާގެ އަޑުތައް ވެސް ގަދަވެފައިވަނިކޮށެވެ.
މި އަޑުތަކާ ގުޅިގެން މިނިސްޓަރު މާރިޔާ އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
މިނިސްޓަރު މާރިޔާގެ އިސްތިއުފާއަށް ގޮވަމުން ދަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ދެވުނުއިރު އޭގެ ކުރިން މާރިޔާއަށް ލިބިވަޑައިގެންނެވި މައުލޫމާތަށް އެކަށޭނެ ފިޔަވަޅު އެޅިފައި ނެތުމުން މާރިޔާގެ އިހުމާލު އޮތް ކަމަށް ބުނެއެވެ.
މާރިޔާ ބުންޏަސް ވަރަށް ތާކުންތާކު ނުޖެހޭ ވާހަކައެއް. ސިޔާސީ މަޤާމް ތަކުގައި ތިބޭމީހުންނަށް ޚިދުމަތް ނުދެވޭނަމަ ސިޔާސީ މީހުން ސިޔާސީ ވާހަކަ ދައްކަންޖެހޭ. ތިމާ ވަޒީރުކަމުގައި ހުންނައިރު އެފަދަ ވާހަކަ ދައްކަން ނުޖެހޭނަމަ ތިމާވެސް އެފަދަ ނަމޫނާ ދައްކާފަ ހުންނަން ޖެހޭނީ. މާރިޔާމެންގެ ދިގު ސިޔާސީ ޙަޔާތުގައި އެހެން އެއްވެސް ވަޒީރަކަށް ތިޔަފަދަ ހާލަތެއް އައިސްގެން ސިޔާސީ ވާހަކަ މަޑުޖައްސާލި ތަނެއް ނުފެނޭ.
މިވަގުތުގައި އެންމެ ރަނގަޅުވާނީ ގާނޫނުއަސާސީގެ މައްޗަށް ފައިންއަރައިގެން ހުރުން. ޔައުނީ އެބަހީ ރައްޔިތުންގެ ދުލުގައި ތަޅެއް އަޅުވާފައި އޮޅުވާލާފައި ކުދިންކޮޅެއް ނެރެގެން ތިމާ ބޭނުންކަމެއް ކުރުން.
ސިޔާސީ ވާހަކައެއްނޫން މިދައްކްނީ!! ގައުމު ހަލާކުކޮށްފިޔޭ މިކިޔަނީ!! މިގަައުމުގެ ހުރިހާކަމެއް މިވަނީ ފާލުން ނެއްޓިފަ!! 25 އަހަރު ދުވަސް ވަންދެން މަޖްލިސްތެރޭ ހުރި ޅޮސް ގަހެއް ރައްޔިތުން ނަގައިގެންގޮސް ރައީސް އޮފީސްތެރޭ އިންދިޔަސް ވާނީ ހަމަ ޅޮސް ގަހަކަށް!! އާރެއް ނުހުންނާނެ!! އެކަން މިފެންނަނީ!! ކޮރަޮޕްޓް ދައުލަތްތަކުންނާއި ނާގާބިލް ވެރިން ތިބޭ ދައުލަތްތަކުން ފެންން ހުރިހާ ޢަލާމާތެއް މިހާރު މިރާއްޖެއިން މިދަނީ ފެންނަމުން!! ހުރިހާ ފައިދާއެއް އިންޑިޔާއިން އަޑީގައި އޮވެ މިގައުމުން އެގެންދަނީ ނަގަމުން!! މިގައުމު ހިންގަން ތިބި މީހުން އެވަނީ އެފުރުސަތު އިންޑިޔާއަށްދީފަ!! މަދު ފައިސާކޮޅަކަށް ހައްޕު ކިޔައިގެން! ފަސް އެނބުރި ބަލާއިރު އޮންނާނީ ވާނެ ހައެތިވެ ނިމިފަ!! ރައްޔިތުންނަށް އަދިވެސް އެބައޮތް ރަގަނޅުކުރަން ފުރުސަތު! ކެރިގެން އެންމެންޖެހެނީ ކަންކަމާ ކުރިމަތިލާން!!
ވަރަށްވެސް ބޮޑުތެދުފުޅެއް! ސިޔާސީ ވާހަކަތަކުން އެެެއްކިބާވެ، ޤައުމާމެދު ވިސްނަންވީ ވަގުތު މީ! ޝުކުރިއްޔާ މިނިސްޓަރ!
ރަނގަޅު ވާހަކަ އެއް އެކަމް އަންނި ދައިފުޅު މާރިޔާ މެންނަށް ކުރި ތުހުމަތު ގެ ވާހަކަ ބާރަށް މަގުތަކަށް ވެސް ނުކުމެ ގޮވަންވީ ވަގުތުމީ.
ޢަންނި ދަރިފުޅު މާރިޔާދެކެ ރުޅި އަންނަނީ މާރިޔާއާ އަންނިއާ އޮންނަ ގުޅުން ބޮޑުވީނަ
ރައްޔިތުންނަށް ކަމެއްކޮށްދެންޔާ އަވަހަށް އިސްތިއުފާދީބަލަ ތި ނާގާބިލް ވަގުންގެ ދީނަށް ފުރައްސާރަކުރާ ސަރުކާރު އެއްކޮށް.
ރަގަޅު ވާހަކައެއް. މީސިޔާސީ ވާހަކަ ދައްކަންޖެހޭ ވަގުތެއް ނޫން. މީ މާރިޔާ އިސްތިއުފާ ދޭންވީ ވަގުތު.
ބަލަގަ ކަލޭމެން ނޭ ސިޔާސީ ވެގެން އަބަދު ނޝިދު ނަޝިދު ޭގޮވަނީ ރައިތުން ގެ ފައިސާކައިގެން ތިބެވެސް ގޮވަނީސީދު ނަސީދު. ތިބައިގަޑު ރައިތުން މިހަލުގަ ޖެހިބިކަވެ މަރުވެ ދާއިރުވެސް އެކަމާދެއްކީ ކޮން ވާހކަޔެއްތޯ.
މާރިޔާ މިއީ ، ވަގުން ހިފާ ހައްޔަރު ކުރަންވީ ވަގުތު ، ކޮވިޑްގެ ބޮޑު ވައްކަން އަދި އޮތީ އިނގޭ ، ލިބުނު ފައިސާއިން ރާއްޖެއިން ބޭރުން ގަނެފައި ހުރި އެޕާޓްމަންޓްތަކާއި ، ބިންތައް ރައްޔިތުންނަށް ފަޅާއަރާ ދުވަހުން ރަނގަޅަށް ހަރުވާޅު ބާލާފަ ދޫކޮށްލާނީ ، ވައްކަން / ވައްކަން
އަންނި ދުއްވާލަން ހުރިހާ ކަމެއް ރާވާ ހިންގާފަ ކުޝެއް ނެތް ބައެއް ހައްޔަރު ކޮއްގެން ތިޔާ ތަޅުވަނީ.
މީނަ ފެންނަ ކޮންމެފަހަރަކު މީނަޔާ އީވާ ޔާ ޤާނޫން އަސާސީ މައްޗައް ކޮޅުންއަރާ މޭޒުމަތީ ތިބިތަންފެންނަނީ، ކަޑަ ދެމީހުން! އަހަރެން ތީގެއިން އެކަކައްވެސް ކުޑަވެސް ގަދަރެއްނުކުރަން.
އެމްޑީޕީ ލޮޖިކް މިއަށް ކިޔާނީ. އެހެން ީއިރު ޕާޓީ ސިސްޓަމް އުވާލައި މަޖިލިސ ްބަންދު ކުރޭ. އެތާގަ ވިއްޔާ އެންމެ ގިނަ އެމްޑީޕީ މީހުން އެންމެ ގިނައިން ސިޔާސީ ވާހަކަ ދައްކަނީ
ބަލަ ސިޔާސީ ކަމެއްތަ މި، ގެއެއްގެ އަލިފާން ރޯވެގެން އުޅޭވަގުތު، މާރިޔާ ބުންޔަސް ތެދެއްވާނީ ރެދަށް، އެކަމަނާއަކީ ދުރުވިސްނޭ ކަނބަލެއް!
ބަލަ މާރިޔާ ނުޖެހޭ ޢިސްތިއުފާދޭކަށް، މެމްބަރެއް ބުނާ އެއްޗަކަށް، މެމްބަރުގެ ޒިންމާ އެކަހެރިވެ މި ކަނޑާލަނީ މީހެއްގެ ބޮލަށް! މި ހަަލަކީ!
އިސްތިއުފާ ދީ
އޭ ފިނދަނަ މާރިޔާ ކަލޭމެން އިދިކޮޅުގައި ތިބެގެން ހުރިހާ ކަމެއް ސިޔާސީ ކުރީ. ހީހީހީ މިހާރު ފިނދަނަ މާރިޔާމެންގެ ލޮލަށް ތި ހެރެނީ ކަލޭމެން ފޭހުނު އިލޮށި... ވަރަށް ދިލަ ނަގާނެ ...
މިނިސްޓަރ މާރިޔާ ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ މިންވަރު، މިހައްސާސް ދަނޑިވަޅުގައި ދެއްވި މެސެޖުންވެސް ހާމަވޭ. މިއީ ޤައުމަށްޓަކައި އެންމެން އެއްބައިވާންވީ ވަގުތު
ހުރިހާ ވެރިކަމަކަށް ނުހުރުއްޕާންކޮށްފައި މިއަދު ގޮޑިއަށް އަރުއްވާފަ މިކިޔަނީ ކަލޭމެން އަނގަނުތަޅާށޭ...
ހިތާމަހުރިކަމެއް ކަމަކަށްފަހު ކަމެއް. މުޞީބާތުތައްގިނަ، ކޮންމެވެސް ބަޔަކު ކުރިކަމެއްގެ އުޤޫބާތްމި ލިބެނީ، އެފަދަ އުޤޫބާތް ލިބޭއިރު ރަނގަޅަށް އުޅުނު މީހުންނަށްވެސް ނުލިބިއެއްނުދާނެ. މީގެ ކުރިން ފެނިފައިހުރީވެސް އެހެން. މިއަދު އަހަރެމެންގެ މަތީފަޑިއަކީ، ﷲ ގެ އަމުރުފުޅުތަކަށް ހަޖޫހަހާ ބައެއްކަމާމެދު ޝައްކެއްނެތް، އެންމެފަހުން ވަޒީރުކަންވެސް ލިބުނީ ޚުޠުބާއަށް "ހޮޓްބާއޭ" ކިޔަމުން ޖޯކުޖަހާމީހެއް، މަޖިލިސް، ރައީސްއޮފީސްތެރެ، ފުުލުސްއޮފީސް، އެފަދަމީހުންނަށް ލިބެނީ ކުރިއެރުން، މިއީ ރައްޔިތުނ ވިސްނާ ފިކުރުކުރަންޖެހޭކަމެއް. ޔާ ﷲ ބަޔަކު ކުރިކަމެއްގެ ޝަޒާ އަޅަމެން އެންމެނަށް ނުދެއްވައިފާނދޭވެ.
ސިޔާސީ ގިނަ މަގާމްތަކެއް އުފައްދާ މީހުންއައްޔަން ކުރަމުން ބޮޑެތި މުސާރަތައް ދެމުނަ ދަނީ ދަރަނި ނަގައިގެންކަމެއް ސަރކާރަކުން ނުދަނޭ. ތިމާގެ ނަފްސަށް ވިސްނާލައްވަ. ތިމާއަށް ނުލިބޭއާމްދަނިއަކުން ދަރަނި ނަގައިގެން ހަރަދުކުރާނަމަ ތިމާއަށް ވާނީ ކިހިނެތް. މިގޮތް ސަރުކާރަށް ވެސް ވާނެ. ތިމާމެން އަމިއްލަ ޒިންމާއިން ރެކިތިބެ ދަރަނި ނެގިޔަސް ދަވްލަތަށް އިހްލަސްތެރިވާންޖެހޭނެ.ރައްޔިތުންގެ މަސައްކަތް ހުއްޓި އާމްދަނީ ލިބޭނެ މަގު ބަންދު ވީމަ ރައްޔިތުންނަށް ދޭންހުރި ރިޒާވްފައިސާ ނޯމަލް ކޮށް ރާއްޖެ އޮތް އިރޔު ބޭނުންކޮށް ވަނީ ހުސްކޮށްފަ. މިއަދު ރައްޔިތުންބަނޑަށް ޖެހުނަސް ދޭނެ އެއްޗެއް ގައުމުގަ ނެތް. އެކަންއެގެނީ ގައުމުގެ ސެންޓްރަލް ބެންކުން އޯޑީ ނަގައިގެން ހަރަދު ކުރަމުންދާތީ.މިއަދު އެބަޖެހޭ މުސާރަތައްކުޑަކޮށް ގޭގަތިބޭ ހުރިހާ ރައްޔިތުންނަށް ކެއިް ބުއިމަށް ބޭނުންވާ މިންވަރަށް ނަމަވެސް ސަރުކާރުންއެހީތެރިކަމެއްދޭން. މާސްކެއްގެ މިންވަރުވެސް ދެވުނު ތަނެއް ނާދޭ މާސްކަކީ އާންމުކޮށް 2 ރުފަިޔާއަށް ލިބޭ އެއްޗެއް.
ދެންކީއްތަ ކުރަންވީ ގާނޫނުއަސާސީގެ މައްޗަށް ކޮޅަށް އަރންވީތަ! ގާނޫނުއަސާސީގެ މައްޗަށް ކޮޅަށްއެރިއިރު އެހެން ދުވަހެއް އަތުވެދާނެކަމަށް ނުވިސްނައިދޯ! ތިޔަކަހަލަ ގަޅި މީހުންނަށް ވާނެގޮތް މިހާރު މިފެންނަނީ
އެހެންތަ؟ ސިޔާސީ ވާހަކަ ދައްކަންވީ ވަގުތު އައިމަ އންގާލައްޗޭ!
އެއްއިރަކުވެސް ހަޔާތެއް ހުންނަ ބައެއް ނޫންވިއްޔަ ކޮންމެ އެއްޗެކޭވެސް ކިޔާފާނެތާ!