ހުޅުމާލޭ ޒުވާނުންގެ ކަންބޮޑުވުންތައް ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު އާއި ހިއްސާކޮށް މިނިސްޓަރު ދެއްވި ޖަވާބާއިއެކު ވަގުތުން އަމަލީ މަސައްކަތް ފައްޓަވައިފިއެވެ.

ކައުންސިލް މެންބަރަކަށްވެވަޑައިގެންނެވި ފަހުން ޝުޖާއު ގެންދަވަނީ އެކި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވައި، ހުޅުމާލެ ދާއިރާގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

ހުޅުމާލެ ދާއިރާގެ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ޝުޖާއު ވަނީ ކެމްޕޭން ދުވަސްވަރު އޮޅުންފިލުވާފައެވެ. އެކަންބޮޑުވުންތަކަށް އަމަލީ ސިފައެއްގައި ހައްލެއް ގެނައުމަށް މިއަދު ޔޫތު މިނިސްޓަރާއި ޝުޖާއު ބައްދަލު ކުރެއްވިއެވެ.

ޝުޖާއު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ، ހުޅުމާލޭ ޒުވާނުންގެ ކަންބޮޑުވުންތައް މަހްލޫފާއި މިއަދު އޭނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ކަނބަލުން އެދުނު (ބަށި، ނެޓްބޯޅަ، ހޭންޑް ބޯޅަ) ކޯޓު ހުޅުމާލޭގައި ތަރައްގީ ކޮށްދެއްވުމަށް މަހްލޫފް އަރިހުގައި ދެންނެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"3 ކޯޓު އެޅުމަށް ބިމެއް ހަމަޖެއްސުމަށް ވަޒީރު ވިދާޅުވި. ހަމަ ވިދާޅުވުމާއި އެކު އަޅުގަނޑު ވާނީ މިއަދު އެޗްޑީސީއަށް ސިޓީ އަކުން ބިމެއް ހަމަޖައްސަވައި ދެއްވުމަށް ދަންނަވާފައި" ޝުޖާއު ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.

ހުޅުމާލޭގައި ސިޓީ ކައުންސިލްގެ އޮފީހެއް ހުޅުވުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. ޝުޖާއު މިއަދު ވިދާޅުވީ ހުޅުމާލޭގައި ކައުންސިލްގެ އޮފީހެއް ހުޅުވުމުުން ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ޝުޖާއުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވެސް އަމަލީ ގޮތުން ނަތީޖާ ނެރުމަށް ވަރަށް އަވަހަށް މަސައްކަތްތައް ކުރައްވާކަން ގިނަ ބަޔަކު އަންނަނީ މީޑިއާގައި ފާހަގަ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހޫ

    ތިހަމަޖެހުނީމަ ރަށުބޯޓަށް ނުލައިފިއްޔާ ކިތަށްމެހާވެސް ރަގަޅު.

    6
    6
  2. -- އި ބޫ

    މުއިއްޒު އާއި ޝުޖާ އެ މްޑީޕީގެ ވައުދު ފުއްދަން މމމމ މެކުހަށް ޖަހާފައި

    8
    2
  3. ޤަބުކުއްޖާ

    އެންމެ ގިނައިން ގޮވަނީ އެމީހުން ވިއްޔާ

  4. Anonymous

    ޔޫތު މިނިސްޓަރުގެ ޖަވާބާއިއެކު ޝުޖާއު ވަގުތުން ޒުވާނުންގެ ވައުދު ފުއްދުމުގެ މަސައްކަތައް

    11 ގަޑިއިރު ކުރިން ( ޖޫން 3, 2021 )

    MDPMDP އަކަށް މިކަމެއް ނުވިއެއްނު .އަދި ނުވެސްވާނެއްނު . ކޮމެކަމެއްގައި ޓިއުސަން ޓީޗަރެއް ބޭނުންވޭވިއްޔަ ގައި

    5
    1
  5. ޢަބްދުﷲ

    ޔޫތު މިނިސްޓަރުގެ ޖަވާބާއިއެކު ޝުޖާއު ވަގުތުން ޒުވާނުންގެ ވައުދު ފުއްދުމުގެ މަސައްކަތައް

    11 ގަޑިއިރު ކުރިން ( ޖޫން 3, 2021 )
    MDP އަކަށް މިކަމެއްނުވިއެއްނު . ނުވެސްވާނެވިއްޔަ؟ އެހެންނުވާނީ މިއީ ދަސްކުރާ ބައިގަނޑެކޭ؟ އަމަޔަށާ ބަބަފަޔަށް ވަގުހަދާފައި ކިލާހުންފިލި ބަޔަކަށް ވެރިކަންދިނުމުން ވާގޮތް މިޮފެންނަނީ.
    AMM ގަޓިއުސަން ޓީޗަރެއް
    ފިނޭސް މިނިސްޓްރީގަ ޓިއުސަން ޓީޗަރެއް
    އެއާޕޯޓްގަ ޓިއުސަން ޓީޗަރެއް.
    ކޮވިޑްކޮންޓްރޯލް ކުރަން ޓިއުސަން ގްރޫޕެއްވިއްޔަ؟؟؟؟؟؟؟؟؟؟
    ލަދުން ބޯހަލާކް.މީވެސް ވެރިންނޯ؟؟؟؟؟؟؟؟؟؟؟؟

  6. ނަައީމް

    ހުޅުމާލެއައް ދިރުން އައިކަހަލަ މި ކިޔާލުމުންވެސް ހީބިހި ނަގައިގެންދިޔައީ ބޭނުމީ ތިޔަފަދަ ރޭވުންތެރި ހިތްވަރާއި އެކު މަސައްކަތްކުރާ ނަތީޖާ ނެރެދެއްވާ ބޭފުޅުން ސާބަސް