ކޮވިޑް-19 ބަލީގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ސިއްހީ އިދާރާތަކުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށް ކުރެވުނު ތަހުގީގުން ފާހަގަކުރެވުނު ކަންކަމުގެ އަލީގައި، މާލޭގައި އޮޕަރޭޓް ކުރާ އެމްބިއުލާންސްގެ އަދަދު އިތުރުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ، މިޝްކާގެ މަރުގެ ތަހުގީގު ކުރަމުން ދިޔައިރު ހެލްތު މިނިސްޓްރީ ތެރެއިން ގިނަ މައްސަލަތައް ފާހަގަކުރެވުނު ކަމަށެވެ.
އެގޮތުން ކޯލް ސެންޓަރުގެ މައްސަލަތަކާއި، އެޗްޕީއޭގެ ހިންގުން ހަރުދަނާ ކުރުމަށް ހެދިފައިވާ އެކި ކްލަސްޓާތަކުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރަށް ގަބޫލުކުރެވޭ ގޮތުގައި މިފަދަ ހިތާވެރި ހާދިސާއެއް ހިނގަން މެދުވެރިވީ އެޗްޕީއޭ ގެ މަސައްކަތްތަކަށް ފާރަވެރިވެފައި ނުވާތީއެވެ.
މިޝްކާއަށް ވީ އިހުމާލުގައި އެމްބިއުލަންސްގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މައްސަލަ ދިމާވެފައި ވަނީ އެމްބިއުލެންސާއި ހަމައަށް އެ މެސެޖު ފޯރުމުގައި އައި ލަސްތަކާއި ގުޅިގެން ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި އެ ހިތާމަވެރި ހާދިސާއާއި ގުޅިގެން ޖުމްލަ 7 އެމްބިއުލާންސް ކޮވިޑްގެ ބަލި މީހުން އުފުލަން ބޭނުން ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކޯލްސެންޓަރުގެ ހިދުމަތް ވެސް އިތުރަށް ހަރުދަނާ ކޮށްފައި ވާނެ ކަމަށެވެ. އެގޮތުން އެމްބިއުލާންސް ފޮނުވުމަށް އެދޭ ފަރާތްތަކަށް އެ ހިދުމަތް ލިބެންދެން ކޯލް ސެންޓަރުން އެކަން މޮނީޓާ ކުރަމުން ދާނެ ކަމަށާއި ޑޮކްޓަރަކަށް ނަމަ، އެ ހިދުމަތަށް އެދޭ ފަރާތާއި ޑޮކްޓަރަކާއި ގުޅާ ދިނުމަކީ ވެސް ކޯލް ސެންޓަރުގައި ތިބޭ ކުދިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ކޯލް ސެންޓަރުގެ ބަޔަށްވެސް ވަރަށް ބޮޑެތި އިސްލާހުތަކެއް ގެނެވިއްޖެ. އެއީ އެމްބައުލާންސްގެ ވާހަަކައަކަށް އެދިއްޖެނަމަ އެކަންތައް ނިމުމަކަށް ދަންދެން އަޅުގަނޑުމެންނަށް ގެންދެވޭނެ އެތަނުން. އަދި ޑޮކްޓަރަކަށް ގުޅިއްޖެ ނަމަ އެ ޑޮކްޓަރެއްގެ ލަފައާއި، އެ ޑޮކްޓަރަކު އަނބުރާ ކޯލް ސެންޓަރަށް ފޯން ކުރުމާއި ކަންކަންވެސް ހަމަޖައްސާފައި ވާނެ." ނަސީމް ވިދާޅުވެފައިވެއެވެ.
މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ނުވައެއް ޖެހީއްސުރެ އެކި ފަހަރުމަތިން މިޝްކާގެ އާއިލާގެ މެމްބަރުން އެމްބިއުލާންސް އަވަހަށް ފޮނުވުމަށް އެދުމުން ދިޔައިރު މިޝްކާގެ ހާލު ސީރިއަސްކަން އެޗްޕީއޭއަށް އެކިފަހަރު މަތިން އާއިލާއިން ދިޔައީ އަންގަމުންނެވެ. ނަމަވެސް ދެ ގަޑިއިރާއި 25 މިނެޓް ފާއިތުވެ، އެ ކުއްޖާގެ ހަބަރު ހުސްވިއިރު ވެސް އެމްބިއުލާންސް އަކަށް އާދެވިފައެއް ނުވެއެވެ.
މިނިސްޓަރު ނަސީމް ވިދާދާޅުވާ ގޮތުން މި މެސެޖެ އެމްބިއުލާންސްއާ ހަމައަށް ފޯރާފައި ވަނީ ވަރަށް ފަހުންނެވެ. މި މައްސަލާގައި އިހުމާލުވި ފަރާތްތަކަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް އޭނާ ވިދާޅުުވެއެވެ. ނަމަވެސް މައްސަލާގެ ތަހުގީގަށް އަދި އިތުރު ވަގުތު ބޭނުންވާ ކަމަށާއި، ފުރިހަމަ ރިޕޯޓެއް އަންނަ ހަފްތާގައި އާންމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ވިންދު ހުއްޓުނު ފަހުން އައިޖީއެމްއެޗްއަށް ގެންގޮސް ޕީސީއާރު ދެމުން ދަނިކޮށް ވިންދު ޖެހުމުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ދަނިކޮށް އޮކްސިޖަން ލެވެލް ދަށްވެ، މިޝްކާ ނިޔާވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ މެންދަމު 12:10 ގައެވެ.
ކޯލްސެންޓަރުގެ މުއައްޒަފުން ނައް ބުރޭކް ޔަ ދެނީ 15 މިނެޓް ކިހިނެއް މިވަރުން ވޯކް ކުރާނީ
އެޗްޕީއޭގެ ޑިރެ ކްޓަރ އަހުމަދު ނަސީރު އިސްތިއުފާ!!!! ކްލަސްޓަރ ތަ ކުގެ ހެޑްއަ ކަށް ވެހުރެ އެއް ކަމެއް ވެސް ނު ކުރޭ!!!!
އެޗްޕީއޭގެ ޑިރެ ކްޓަރ އަހުމަދު ނަސީރު އިސްތިއުފާ.. އެއްވެސް ކަމެއް ކުރާ މީހެއް ނޫން... ތި އިހުމާލްވި ކްލަސްޓަރ ގެ ހެޑް އަ ކީ އަހުމަދު ނަސީރު.... އިސްތިއުފާ ދޭން ޖެހޭ..... އޭނަ ބޭރު ކޮށްފަ ކަމަށް އެ ކަޝޭނަ މީހަ ކު ލާން ޖެހޭ...
ބަަލަގަ އެންބިއުލާންސް ކިތަންމެ ގިނަ ކުރިޔަސް ، އެންބިއުލާންސްގައި ދުއްވަން އިންނަ މީހާކައިރީގައި
މިވަނި ތަނަކައް އެވަނިތަނަކައް ދާންނުބުނަންޔާ އޭނައެއް ނުދާނެދޯ ، ބުރާންތިތަކާ ،
100 ގެ ވަަހަކަ އެއް
100ގެ ވާހަކައެއް. އެމްއެމް އާރްޓީން އިން އެންބިއުލަންސް މިވެނި އެވެނި ގެއަކަށް ދާށޭ ނުބުނަންޏާ އެންބިއުލަންސްގެ މުވައްޒަފުންނަކަށް ނޭންގޭނެދޯ މީހަކު ގެ އެއްގަ ހޭނެތިފަ އޮތަސް ކިތަންމެ ވަރަކަށް އާއިލާއިން އެންބިއުލަންސް ފޮނުވަދޭން އާދޭސް ކުރިޔަސް
ކުއްވެރިއަކީ އެންބިއުލަންސް ގެ ފުރޫޅު.
އަނެއްކާ އަނެއް ލާރިގަޑު. 🤦🏾♂️
ބަލައިސްތިއުފާ ދޭންވީމާ ކޮންހާގޭމުތަ ކެއްތަ މި ކަލޭގެ މި ކުޅެނީ
ޢެހެންޏާ ފަހެ
ޢެހެންޏާ ފަހެ ބުރާންތި އިސްތިއުފާ ދޭށޭ
މިމައްސަލައިގަ މިކަލޭގެ ޒިންމާ ނަގާކަށްނުޖެހޭތަ؟ އެމްއެމްޕީއާރުސީ މައްސަލައިގަ ޔާމީނުއަށް ޖަލުހުކުމްއައިސް، މަލީހު ބޭރުކޮށް، ވެންޓިލޭޓަރު މައްސަލައިގަ އަމީނުމަގާމުން ބޭރުކުކުރީކީއްވެ؟ މީނަވީމަ އިހުމާލު އޮތްއިރު، މީނަކުއްވެރިނުވެ، އެކަން ރަނގަޅުކުރަން މީނަޔަށް އެފުރުސަތު ލިބުނުއިރު، އެހެންމީހުނަށް އެފުރުސަތު ނުލިބުނީ ކީއްވެހޭ؟
ކެރަފާ ނަސީމު ވީމަ، އިސްތިއުފާ ދޭކަށް ނުޖެހޭތަ؟ ރަތްލާޖެހި އެމްޑީޕީއެއްވީމަ މަގާމުގަ ހުރެވޭދޯ؟ އެހެންޕާޓީއެއްގެ މީހެއްނަމަ ވަގުތުން ބޭރުކުރީސްކަން ކަށަވަރު!
މިވަރުގެހަޔާތް ކު ގޮތެއްފޮތެއްނެތް މުސް ކުޅިބެއެއް ނުދެ ކެން ކޮއްމެދުވަހަ ކު އެބުހުތާންދޮގު އެބަހަދައެއްނުން. އިސްތިއުފާދީފަ އިޒްރޭލަށްދޭ!
3ނޮވެންބަރު 1988ގެ މޭސްތިރީ !!!!!
މިނިސްޓަރ ހެދުންލާފަ ތިހުންނަނީ ކީއް ކުރަންބާ؟؟
މީހުން ކުރާ ކަމަ ކަށްވާތީދޯ ؟؟ ލަދު ކޮބާ؟؟
ތިޔަ އެޗް އީއޯޕީ ހިންގާ ދަރުބާރުގެ ތެރޭގައި މީދަލުގެ އުދަގޫ ބޮޑުވެގެން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ޝަކުވާކޮއްކޮއް އަޑުއަހާނެ ވެރިޔެއްނެތް މީދާ ހާއްޔެއްގެ ތެރޭގައި މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވައުދެއްތަ އަޅޭ ނޫސްވެރިން މި ކަމަށް ތިޕޯޓެއް ތައްޔާރުކޮއްދީބަލަ ޕްލީޒް އޭރުން ރައީސް އާއި މިނިސްޓަރަށް ގެޓްވާނީ ޕްލީޒް ޕްލީޒް
ކިތައްމެ ގިނަ އެންބިއުލާންސެއް އޮތަސް ކިތައްމެ ގިނަ ބަޔަކު މިނިސްޓަރު ދަށުން މަސައްކަތް ކުރަން ތިއްބަސް މިނިސްޓަރު ކުފޫ ހަމަ ނުވަންނާ އެއްކަމެއްވެސް ނުވާނެ ރަނގަޅެއް.
ދެން މިޝްކާ އަށް ލިބުނު އިންސާފަކީ ކޮބައިތޯ؟
ޒިއްމާ އޮވޭ އެކަމުވެސް ޒިންމާ ނުނަގާތީދޯ މައްސަލައަކީ.....މިހާރު ދެން މި ސަރުކާރު ވެއްޖެ ރައްޔިތުންނައް ބަލާޔަކަށް.
އެޗްފީއޭގެ ތިބި ބޭކާރު އިސްމީހުން ބޭރުކޮށް ސިފާއިންނާއި ފުލުހުންނަށް ތަންހިންގަން ޙަވާލުކުރޭ! މިނިސްޓަރު ވެސް ފެއިލް! އެއީ މި މައްސަލަ 24 ގަޑި އިރު ތެރޭ އިންވެސްޓިގޭޓް ކުރާނެކަމަށް ބުނެ ޗެލެންޖްކޮށް ފެއިލްވެފައިވާތީ!