ވައިގެ ޓްރެފިކްގެ ކޮންޓްރޯލް ވެސް ދެވޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ސިޔާސަތަށް ބަދަލު ގެންނަން ނިންމާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، އެފްއައިޑީއަށް ސަރުކާރުން ގެނައި ބަދަލު އިއްޔެ ގެޒެޓްގައި ޝާއިއު ކުރިއިރު ބޭރުގެ 100 އިންސައްތަ ޚިއްސާވާ ކުންފުނިތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ދޫކޮށްލާއިރު އޭގައި ވައިގެ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ހަރަކާތްތައް ވެސް ހިމެނޭ ގޮތަށެވެ.
މިކަމާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުން އިތުރުވެފައިވާ އިރު، މި ކަމަށް ދަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ވެސް ފާޑު ވިދާޅުވަމުންނެވެ.
ފާޑުކިއުންތައް އިންތިހާއަށް އަމާޒުވެފައި ވަނިކޮށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އޮޕަރޭޝަންތައް އަމިއްލަ ބަޔަކު ހިންގަން ދޫކޮށްލަން އެފްޑީއައިގެ ސިޔާސަތު ހުއްދަ ނުކުރާނެ ކަމަށެވެ.
"ކޮންމެ އެއާޕޯޓެއްގައި ވެސް އެއާ ޓްރިފިކް ކޮންޓްރޯލްގެ އޮޕަރޭޝަންތައް ހިންގާނީ ދިވެހި ދައުލަތުން، އެ ކަން ކުރަން އަމިއްލަ ބަޔަކަށް، އެއީ ބޭރުގެ ބަޔަކަސް، ދިވެހި ބަޔަކަސް، ނުދޭނެ،" ފައްޔާޒު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން އެފްޑީއައިއަށް ބަދަލު ގެނަ އިރު، ކުރިން އޮންނަނީ ބޭރުގެ 75 އިންސައްތަ ޚިއްސާ އޮންނަ ކުންފުނިތަކަށެވެ. އެހެންވެ އެއާޕޯޓް ހިންގަން ހަވާލު ކުރެވޭ ކުންފުންޏެއްގައި ދިވެހި ބައެއްގެ 25 އިންސައްތަ ޚިއްސާ އޮންނަން ޖެހެއެވެ.
މީގެ ކުރީގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސިޔާސަތު ހާމަކުރައްވަމުން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ބޭރުގެ ކުންފުންޏަކަށް އެއާޕޯޓް ހިންގަން ނުދިނުމެވެ. އެކަމަކު ސަރުކާރުގެ ސިޔާސަތަށް ބަދަލު އައުމުން ގިނަ ބަޔަކު އަންނަނީ އޭގެ ސަބަބަކާ މެދު ސުވާލު އުފައްދަމުންނެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރަށް ދިނުމުން ވެސް ގިނަ ބަޔަކު އެ ކަމާ ދެކޮޅު ހެދިއެވެ. ފަހުން ނަޝީދުގެ ވެރިކަން ބަދަލުވެ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެއްބަސްވުން ބާތިލްކޮށް އެއާޕޯޓް އަލުން އެއާޕޯޓް ކުންފުންޏާ ހަވާލު ކުރިއެވެ.
އެއަރޕޯޓް އިންޑިޔާއަށް ވިއްކާލާފައި ވައިގެ ކޮންޓްރޯލް ލިބުމެކޭ ޖަގިޔާ އެހެންމީހަކަށް ދީފައި އޭގެ ރަބަރު އުނުގަނޑުގައި އަޅާގެން ހުރުމެކޭ ވާނީ އެއްވަރު
ހަސީލަތް ނުބައި ވައްތަރުޖަހާ މޫނުމަތިން. ތެދެއް ނުހަދާނެ. ރައްޔިތުންނަށް ތިހަދަނީ ކަނޑައެޅިގެން ދޮގު.
އެއަރ ޓްރެފިކް ބަލަހައްޓަނީ އެއަރޕޯޓްސް ކޮމްޕެނީން. އެއީ ސަރުކާރެއްނޫން. ފައްޔާޒު ތިހުރީ ގަހުގަ. ދޮގު ހެދޮޔަސް ހަދަންވާނީ މީހުނަށް ގަބޫލުކުރެވޭގޮތަށް.
އެހެން ސުވާލެއް މިކަމުގައި އުފެއްދީ 100 ޕަސެންޓް ހިއްސާވާ ބޭރުބަޔަކަށް އެއަރޕޯޓްތައްދިނުން ރަނގަޅުކަމަށް ދައްކަންވެގެން.
ހީލަތްތެރި ބައެއްގެ މަޅީގައި ދިވެހިން ޖެހިފައި މިއޮތީ
މޑޕ ވެރިކަމަށް އަންނައިރަށް ކީއްވެތަ ތަންތަން 100 އަހަރަށް ކުއްޔަށްދިނުމާއި ، ވިއްކުމާއި، ބޭރުމީހުންނާއި ހަވާލުކުރުން އާދަޔަކަށްވަނީ.
ރޔ ވެސް މިގައުމު ހިންގި. ދިވެހިން ކުރަންޖެހޭ މަސައްކަތް މަދުވެފައި އޮތްހެން އެއިރުހީވީ. މިހާރު މިއުޅޭނީ ދިވެހިންގެ ބަދަލުގައި މުޅިން އެހެން ބަޔަކު ގެނެސްގެން މުޅި ގައުމު އަޅުވެތިވާހިސާބަށް ގެންދަން.
ސޯލިހަށް މިހާރު ގަބޫލުކޮށްފި ތިމަންނައަށް ގައުމު ނުހިންގޭކަން. އެކަމަކު އިސްތިއުފާދޭކަށް ބޭނުމެއްނުވޭ. އެހެންވީމާ މިހާރު ގައުމު މިހިންގަނީ އިންޑިއާ ސަރުކާރުގެ ދަށުން އިންޑިއާ އެމްބަސީން. ސޯލިހު ވެރިކަމުން ވަކިވާ ދުވަހަކުން ، އިނގިރޭސިން އަފީފފަށް ހިމާޔަތްދީ ގެންދިޔަގޮތަށް އިންޑިޔާއިންވެސް ސޯލިހަށް ހިމާޔަތްދީ ގެންދާ ގޮތަށް އެއްބަސްވެގެން.
މިހާރު މިއޮތީ އެއާޕޯޓް ދިނުން އޯކޭވެފަ. ޓުރެފިކް ކޮންޓުރޯލް ދިނުން އިސޫއަކަށް ވެފަ. ދެބޯގެރި.
މައްސަލައަކީ އިންޑިއާ އަށް ދޭތީ. އިންޑިއާގެ ސިއްރު އެޖެންޑާގެ ދަށުން ކަންކުރާތީ މައްސަލައެއް. އެމީހުން ވަކިހިއްޕާވަރުން ދެލޮލަށް ހަމަ ނިދި ނާދޭ. ހީވަނީ އަޅުވެތިކަމެއްގައި އުޅޭހެން. ފައްޔާޒުމެންވެސް ތިހެން ބުނަނީ އޭ. ތީގެ އަޑިބަލައިލާއިރު އޮންނާނީ ހަދާނެއެއްޗެއް ހަދައިފަ.
އެއީ ކުރިން އޮތީ 50 އަހަރަށް ދެވޭގޮތަށް، ޔާމީން ވެރިކަމުގަ ބަދަލުކުރީ 100 އަހަރަށް ދެވޭގޮތަށް އެހެންވެ މިދެނީ، ނަސީބަކުން ވެރިކަމުގެ ކުރީކޮޅު އެއްކޮށް ވިއްކާލެވޭ ގޮތަށް އޮތް މާއްދާ ބާތިލް ކުރެވުނީ، އެނޫންނަމަ އެގޭއިރު މާލެވެސް އޮންނާނީ ވިއްކާލާފަ
އެއަރޕޯޓު ހިންގަން ބޭރު ބަޔަކަށް ދޭން ބޭނުން ވާ ސަބަބަކީކޮބައިހޭ؟ ކޮންޓްރޯލު ވެސް އެއަރޕޯޓު ވެސް ހިންގާނީ ދި ވެހިން އެކަން ކުރެ ވޭނެ ދި ވެހިންނަށް ރައީސްކަމާ މިނިސްޓަރުކަން ކުރަންޖެހޭނި ދި ވެހިން ގާބިލު ދި ވެހިން އެބަތިބި ބޭރުގަ ލެގިގެން ތިބެގެން ނޫންގޮތަކަށް ގައުމު ހިންގަން ނޭގެންޏާ އިސްތިއުފާދެއް ވުމުން ހިންގޭ ވަރު ބަޔަކު ދިބެހިންތެރޭ އެކަން ކުރާނެ.
މައްސަލައަކީ އިންޑިއާ އަށް ދޭތީ. އިންޑިއާގެ ސިއްރު އެޖެންޑާގެ ދަށުން ކަންކުރާތީ މައްސަލައެއް. އެމީހުން ވަކިހިއްޕާވަރުން ދެލޮލަށް ހަމަ ނިދި ނާދޭ. ހީވަނީ އަޅުވެތިކަމެއްގައި އުޅޭހެން. ފައްޔާޒުމެންވެސް ތިހެން ބުނަނީ އޭ. ތީގެ އަޑިބަލައިލާއިރު އޮންނާނީ ހަދާނެއެއްޗެއް އެއަރޕޯޓު ހިންގަން ބޭރު ބަޔަކަށް ދޭން ބޭނުން ވާ ސަބަބަކީކޮބައިހޭ؟ ކޮންޓްރޯލު ވެސް އެއަރޕޯޓު ވެސް ހިންގާނީ ދި ވެހިން އެކަން ކުރެ ވޭނެ ދި ވެހިންނަށް ރައީސްކަމާ މިނިސްޓަރުކަން ކުރަންޖެހޭނި ދި ވެހިން ގާބިލު ދި ވެހިން އެބަތިބި ބޭރުގަ ލެގިގެން ތިބެގެން ނޫންގޮތަކަށް ގައުމު ހިންގަން ނޭގެންޏާ އިސްތިއުފާދެއް ވުމުން ހިންގޭ ވަރު ބަޔަކު ދިބެހިންތެރޭ އެކަން ކުރާނެ.
ޤަވްމު ވިއްކާ ހުސްކޮށްލަނީ ދިވެހިން ކޮންކަމެއްނުކޮށްދީގެން؟ ވެރިކަން ދިނީ މަޖްލީސްދިނީ ޖުޑިޝަރީ ދިނީ މިއީތަ ދިވެހިން ދިން ވޯޓްގަ ދިވެހިންނަށް ލިބޭ އެއްޗަކީ މިއީތަ ވެރިކަމަށް އަންނަންވީ ވަޢްދުތަކަކީ ؟
ކެމްޕޭނަށް ކުރި ހަރަދު ހޯދަންވާނެ ކޮންމެސް ގޮތަކުން!
އެއަރ ޓްރެފިކް ކޮންޓްރޯލް ނުހިމެނޭ ގޮތުގައި ވެސް ބޭރުގެ ފަރާތްތަކަށް އެއާޕޯޓް ހިންގޭގޮތަށް ތި އިސްލާހު ގެނެ ވިގެން ވެސް ނު ވާނެ.
ވެއްޓެނީ ވެއްޓެނީ ބަޔެއްގެ މުށުތެރޭއަށް މުޅި ޤައުމު ވެއްޓެނީ. މަންމަގެ ފައްޓަރުބަޔާ މާމަގެ ކަނޑިކިވެސް ވިއްކާ ހުސްކޮއްފި. އުނުއޮރިޔާން ނިވާކުރާވަރުވެސް ދިވެހިންގެ ކިބާގައި މިހާރުނެތް. ހަރު މުދާތަށް މޯގޭޖްކޮށް ޤައުމު ދަރާވިކި ނިމިއްޖެ. ތަރައްޤީއަކީ ރައްޔިތުންގެ ޖީބައްވަންނަ ފައިސާ އިތުރުވެ ރައްޔިތުން ތަނަވަސް ދިރިއުޅުމެއްގަ އުޅުންކަމަށް ބުނަމުން ވެރިކަމަށްއައި ބަޔަކު ރައްޔިތުންގެ ޖީބުގަހުރި މަދު ފައިސާކޮޅާއި އެޖީބުއިން އަންނައުނު ގަޑުވެސް އަތުލާ ރައްޔިތުމީހާ ބަރަހަނާހާލު އުޅެންޖެހޭ ހާލަށް ޤައުމުގެ ހާލަތު މިއަދު ގޮއްސަމިވަނީ އަހަރެމެން ރައްޔިތުން ސިޔާސީމީހުންގެ ވަސްވާހުގަ ޖެހިގެން 2018ވަނަ އަހަރު ނިންމުނު ހިތި ނިންމުމުގެ ސަބަބުން. ރައްޔިތުން އަދިވެސް ވިސްނަވާ... 2023 އެބަ އާދޭ
އެއާޕޯޓް ހިންގާން ނޭގެންޏާ، އިޤްތިޞާދު މެނޭޖްކުރަންޏާ އިސްތިއުފާ ދީބަލަ.
އަޅެމިމީހުންނަށް ދޮގުހެދުމާމަކަރާއޮޅުވާލުން ނޫންކަމެއް ކުރަންހަމަނޭގެނީ ހެއްޔެވެ. ސާފުދިވެހިބަހުން ކަޅާހުދުން ލިޔެފައިވާ އެއްޗެއް ދިވެހިންނައްކިޔަންވެސް ވިސްނައްވެސްނޭގޭހާ ދިވެހިން ގަމާރުވީ ހެއްޔެވެ. ހަރާންގޮތުގައި އައިވެރިންނައް ކުރެވޭނީހަރާންކަންތަކެވެ އަނގަހުޅުވާ ވާހަކަދައްކަންވެސްނުގަނޭދޯއެވެ.
🤣🤣🤣🤣🤣އިންޑިޔާ އައުޓު.
ބަލަގަ ފައްޔާޒު ކުޑަކުދިންގާތު ދައްކާކަހަލަ ވާހަކަ ނުދައްކަބަލަ އެއާރޕޯޓްގެ %100 ބަޔަކަށް ދީފައި ބޭނުންވާ ވަރަށްލާރިކޮޅު ލިބުނީމާ އެތަންތަން ސަރުކާރުން ކޮންޓްރޯލް ކުރާނެގޮތެއް ނުވިސްނުން ދެރަކަމެއް
ބަލަގަ ސަރުކާރުން ތިކަން އިއުލާންއެކުރީ އަޑުއަތޮޅުގަމުގާ ބޮއިން 8-787 ޑްރީމްލައިނާގެފްލައިޓް 4ޖޫން ވަނަދުވަހުމެންދުރެހާއިރު ޖެއްސިފްލައިޓް ޖައްސާފަބަލާފަ އޯކޭދިނީމަ ދެނޭ
މިވަގުތުކުދިންވެސް އަދި އެހެންނޫހަކުންވެސް މިވާހަކަޔެއްނުކިޔާނުން
ވަގު ޔަހޫދީ ސަރުކާރު
ކޮންކަހަލަ ވިސްނުމެއް ގެން ގުޅޭ ބައެއްތަ؟
ޖމރ އައް އެއަރޕޯޓު ދީފަ ވެސް ހަމަކީ ބަނދި ވަރު މިހާރު ވެސް ތިކިޔަނީ. ކަންނިމުންއިރު އެއަރޕޯޓް ރެޕުން ވެސް ޖެޓީއައް ވުރެ އެތެރެޔައް ވަނުންމަނާ. އެއަރޕޯޓް ކޮންޕެނީއިން ދައުލަތައް ލިބުންއެއްޗަކައް ވުރެ ޖމރ ދަރާފައޮތް ވަރު ބޮޑު, ނު ވިތާކައް ޓެކްސްގެ ގޮތުގަ ދައްކަންހުރި ލާރިކޮޅު ވެސް މިހާރު އޭޖީ އަކައްހުރި ރިއްފަތުމެން ލިބުނަނުދިން. އެހެން ވީމަ ކިހާތާހިރު
ފައްޔާޒުމެން އިނޑިޔާއާ އެކު ވެފައިވާ އެއްބަސްވުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދީބަލަ. އިނޑިޔާއިން ފައްޔާޒުގެ އަނބިމީހާއަށް އެދުނަސް ނުދީވާނެހެންހިޔެއް ނުވޭ. ތިތިބީ ބިރުވެރި ގޭންގެއްގެ އަތްދަށުވެފަ. ތިމާއާ ތިމާގެ ވަށައިގެންވާ އެންމެން ތި ގޭންގުން ނިންމާލާނެ. ދެންވެސް ތިކަމުން ސަލާމަތްވާނެ ގޮތަކީ މިސަރުކާރު އިސްތިއުފާ ދިނުން. އޭރުން ތި އިންޑިޔާ ސަރުކާރޭ ކިޔާ މާފިޔާ ގޭންގުގެ ނުބައިކަމުން ދިވެހި ގައުމާ ރައްޔިތުން ސަލާމަތް ވެވިދާނެ.
އެމްޑީޕީ ވެރިކަމުގައި ތި ވަރަކުން ބޭރު މީހުންނަށް އެއާރޕޯޓް ނުދެ ވިގެން ހާއްސަކޮއް އިންޑޔާގެ ނާތަހުޒީބް ގޮއިތައް މިގައުމުގައި ފަތުރަން ތިޔަ ތެޅެނީ ކީއް ވެގެން ހެއްޔެ ވެ! އަނެއްކާ ވެސް މި ވެރިކަން ވައްޓާލާފަ ވެސް ގައުމު ސަލާމަތްވކުރަން ރައްޔަތުން ޖެހޭ.
ތިވަރުން ދަންޏާ މައްމަގެ އުގުގައި އޮތް ފައްޓަރުބައިވެސް ވިއްކާލައިފަ ތިވެރިން ހުއްޓާލާނީ! މީވާ ވެރިކަމެކޯ!
މުޅި ރާއްޖެ އިންޑިޔާގެ ކޮލޮނީއަކަށް ހަދައި ނިންމައިފި. އޮޅުވާލުމާއި ، މަކަރާއި ހީލަތްހެދުމުގައި މިވަރު ބަޔަކު ދުނިޔޭގައިވެސް މަދުވާނެ.
ތިޔަ ގޮތަށް ދިވެހިން ދުއްވާ ހެލިކޮޕްޓަރެއްވެސް އެބަ އޮތް
އެވެސް ދީ ދީފަ ލާރިކޮޅެއް ލިބޭތޯ ބަލާ ކަލޭމެންގެ އުޅޭނީ ޔޫރަޕުގައެއްނު .
ގާނޫނީވަކީލަކައް އިކޮނޮމީ ހިންގުން ހަވާލް ކުރީމަ ވާނެހަތަރެތިވެ ނިމުނީ ވަރައް ސަލާމް
މޑޕ ނަހަދާނެ ތެދެއް.
ކޮންތާކު؟ ދެން އެގްރިމަންޓް ދައްކާށޭ ބުނީމަ ބުނާނީ ނޮން_ޑިސްކުލޯޝަރ އެގްރިމަންޓް އަކަށްވާތީ އޭގަ އޮތް އެއްޗެއް ނުދެއްކޭނޭ. ޔަގީން އެއަތޓްރިފިކް ކޮންޓްރޯލް ވެސސް ވިއްކާލާނީ އެގްރިމަންޓްގެ މާއްދާއެއްގަ ހިމަނައިގެން. އޭރުންތާ ރޭގަޑު ސިއްރުން ސިފައިން ބަރުކޮށްގެން ފްލައިޓުގަ ގެނެވޭނީ. އެރޭނީމިހާރުވެސް ވެކްސިން ގަންނަ އަގެއް ރައްޔިތުންނަކަށް ނޭގޭ..މަސްއޮޑިބެވެސް އަރާ މި ބުނަނީ ސިއްރު އެގްރިމަންޓް އެކޭ އެއީ....
އީސީ ޝަރީފު މިކަމުގެ ޒިންމާ ނަގަންޖެހޭ. މިގައުމު އިންޑިޔާއަށް ވިއްކާލައި ތިމާގެ އަމިއްލަ އެދުން ފުދިއްޖެ
މިނިވަން ކަމުގެ ބޭނުމަކީ އަމއްލަޔައް ކަނތައްކުރުން ފާޑުފާޑުގެ އެގުރީމަންޓު ތަކުންބަނދެވިގެން ތިބުމަކީ މިނިވަންކަމަށް ބުރޫއަރާ ކަމަކައްވާތީ އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން އިންވަކިވީ އެހެންވީމަ އބައެނގޭ ކޮންމެ އެގުރީމަނޓް އަކުންވެސް ބަނދެވުމަކާ އަޅުވެތިކަމެއް އަންނަކަން ..... ތިމާޔައްވުރެ މާބާރުގަދަ މީހުންނާ ކާރީގަ އުޅެންވެއްޖެއްޔާ އޭނާ ރުޅި އަނަ ވަގުތު ކޮންމެފަދަ އަނިޠާއެއްވެސް ދީފާނެ. މިތަނައްކާރިކުރަންވާނީ އަހަރަމެންނައްވުރެ ބަލިކަށިބައެއް!!!!!!!!!