ކުޑަކުދިންގެ ބަގީޗާ އިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ މެއި 12 ވަނަ ދުވަހުގެ ވަގުތެއްގައި ކުޑަކުދިންގެ ބަގީޗާ ތެރޭގައި ހުރި ދޫނި ކޮއްޓަކުން ދޫންޏެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ވީޑިއޯ އިން ފެންނަ މީހާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 486858 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރީނދޫ

    ފުލުހުންނަން ވަރަށް ސަލާމް ގައުމު އަމާން ވެއްޖެ

  2. ޢާދަނުބެ

    މުޅިގައުމުގަ ވައްކަމާ މަސްތުވާތަކެތި ވިއްކުން ބުއިން ވެރިން ކޯޅުކުގަ ޒިންމާނަގާނެ މީހެތްނެތް

  3. މީހާ

    ސިފައިން ބަލަނީ ކިހިނެތް ތިތަނެއް