އެމްބިއުލާންސް އައުން ލަސްވެ، އަވަސް ފަރުވާ ނުދެވިގެން ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނި މުއްދަތު ފަހަނައަޅާ ދާއިރު ވެސް އެއްވެސް ފިޔަވަޅެއް ނާޅައި އޮތްކަން ހާމަވެއްޖެއެވެ.
ކޮވިޑް-19 ބަލީގައި މިޝްކާ ނިޔާވީ އެމެޖެންސީގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ ދެވަނަ ދުވަހުގެ ރެއެވެ. އުމުރުން 10 އަހަރުގެ މިޝްކާ ހޮސްޕިޓަލަށް ގެންދިޔައީ އޭގެ އެއް ރޭ ކުރިންނެވެ. އޭރު ވެސް މިޝްކާގެ ހާލު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އާއިލާ އިންނާއި ހެލްތު މިނިސްޓްރީގެ ރިޕޯޓުން އެނގުނު ގޮތުގައި މިޝްކާ ބަލާ އެމްބިއުލާންސް އައީ ދެ ގަޑިއިރަށް ވުރެ ގިނަ އިރުވި ފަހުންނެވެ.
ރިޕޯޓުން އެނގުނު ގޮތުގައި ކޯލް ސެންޓަރުން އޮތީ އެމްބިއުލާންސް އަށް ނާނގައެވެ.
މިޝްކާ ހޮސްޕިޓަލަށް ގެންދިޔަ ރޭގައި ކަންތައް ހިނގާދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓް އާއްމުކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެމްބިއުލާންސް އަށް ފުރަތަމަ ގުޅި ގަޑިން ފެށިގެން ގޮސް ދެން އޭގެ ފަހުން އެޗްއީއޯސީން ކަންކުރި ގޮތާއި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަން ހިނގިގޮތް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރިޕޯޓް އާއްމުކުރީވެސް ބުނި މުއްދަތުވެސް ފަހަނަ އަޅައި ދިޔަފަހުންނެވެ.
"ޔަގީންކަން އަޅުގަނޑު ދެން ފިޔަވަޅު އަޅާނެ ކަމަށް" ފިޔަވަޅު އެޅުމާއި ގުޅޭ ގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު ނަސީމް ވިދާޅުވިއެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިޝްކާގެ މައްސަލާގައި ވާހަކަ ދައްކަވަމުން ނަސީމް ކޮމިޓީގައި އެދިވަޑައިގެންނެވީ ހަފްތާއެއްގެ މުއްދަތު ދެއްވުމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ހަފްތާއެއްގެ ފުރުސަތެއް. އޭރަށް މައްސަލައިގެ ތަހުގީގު ނިންމާލެވޭނެ،" ހަފްތާއެއް ފަހުން ކޮމިޓީ އަށް ވަޑައިގެން މައުލޫމާތު ހިއްސާ ކުރައްވާނެ ކަން ހާމަ ކުރައްވައި މި މަހުގެ ހަ ވަނަ ދުވަހު ޖެންޑާ ކޮމިޓީގައި ނަސީމް ވިދާޅުވެފައިވެއެވެ.
އޭނާ އެހެން ވިދާޅުވި ފަހުން މިއަދަށް ހަފްތާއެއް މިވަނީ ވެފައެވެ. އެކަމަކު އަދި މިހާތަނަށް އެއްވެސް މީހަކާމެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އިއްޔެ "ވަގުތު" އިން ގުޅާލުމުންވެސް ނަސީމް ތަކުރާރުކޮށް ވިދާޅުވީ ''ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ" ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
މަރުގެ ރިޕޯޓުން ފެންނަން ގޮތުން ނަމަ އެންމެ ބޮޑަށް އިހުމާލުވެފައި އޮތީ ކޯލް ސެންޓަރުންނެވެ. އެކަމަކު ކޯލް ސެންޓަރެއްގެ މުވައްޒަފަކަށް އަދި މިހާތަނަށް އެޅި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެކަން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވެސް ވަނީ "ވަގުތު" އަށް ޔަގީންކޮށްދެއްވާފައެވެ.
މުއްދަތު ފަހަނައަޅައި ދިޔައިރު އެއްވެސް ފިޔަވަޅެއް އެޅިކަމުގެ މައުލޫމާތު ކޮމިޓީއަށް ހިއްސާކޮށްފައިވޭތޯ ސުވާލު ކުރުމުން ނަން ނުޖަހަން ޝަރުތުކޮށް "ވަގުތު" އާ ވާހަކަ ދެއްކި ކޮމިޓީގެ މެންބަރަކު ވިދާޅުވީ، ނަސީމަށް ދިން ހަފްތާގެ މުއްދަތު ހަމަވާނީ މާދަމާ ކަމަށެވެ. އެއީ ކޮމިޓީން ދުވަސްތައް ގުނަނީ ބަންދު ދުވަސްތައް ކެނޑުމަށް ފަހު ކަމަށްވާތީ ކަމަށް އެމްޑީޕީގެ މެންބަރު ވިދާޅުވިއެވެ.
"ކޮމިޓީން ބަންދު ދުވަސްތަކެއް ނުގުނަން" މެންބަރު ވިދާޅުވިއެވެ.
އެ މެންބަރު ވިދާޅުވީ، އެ މައްސަލާގެ އިތުރު އެއްވެސް މައުލޫމާތެއް ލިބޭނީ ހެލްތް މިނިސްޓްރީއާ އެކު ދެން ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.
މިޝްކާގެ މަރާއެކު ރާއްޖޭގެ ސިއްހީ ނިޒާމުގެ ދޯހަޅި ސިޔާސަތުގެ ވާހަކަތައް މި ވަނީ އަނެއްކާވެސް ފެންމަތިވެފައެވެ. ސަރުކާރުންތަކުން ސިއްހީ ދާއިރާއަށް ބޮޑެތި އަދަދުތަކުން ހޭދަކުރަމުންދާއިރުވެސް އެންމެ އެކަށިގެންވާ ނަތީޖާއެއް ނުނެރެވެއެވެ.
އެއްވެސް މަރެއްގެ ތަޙްޤީގެއް މިޤައުމަކު ނުނިމޭނެ. ކުރިންވެސް ލޮބުވެތި އެތަށް ރައްޔިތުންނެތް އަޅުގަނޑުމެނާ ވަކިވެގެން ގޮއްސި ސަރުކާރުގެ އިޙްމާލުން. ބޮޑެތި ކޮމެޓީތަށްވެސް ހެދި، ރައްޔިތުންގެ ފައިސާއިން މިއެންމެނަށް މުސާރަވެސް މިހާރުވެސްދޭ. އިންސާފުލިބޭނެ ދުވަސް ވަރަށް ކައިރި. ކެއްތެރިވޭ
ރިޕޯޓުން އެނގުނު ގޮތުގައި ކޯލް ސެންޓަރުން އޮތީ އެމްބިއުލާންސް އަށް ނާނގައެވެ
މީ ކަނށައެޅިގެން ދޮގެއް ދޮގު މައްޗަށް ދޮގު
މިކަމުގައި ފަރުވާ ކުޑަކުރި މީހުންނަކީ
1 މިޝްކާގެ ބައްޕަ
2 އާއިލާ
3 އެޗްޕީއޭ
4 އެންބިއުލަންސް ސެންޓަރު
5 މައިމޫނާ
6 ނަސީމު
7 ރައީސް
އަދި ބަންދު ކަނޑާ އެހިސާބަށް ނުދަނީ... ހިނި އަންނަނީ .