އަފްޣާނިސްތާނުގެ ޖަލެއްގައި ތިބި ދިވެހި އާއިލާގެ ހަތަރު ކުދިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރިނަމަވެސް، ފުރަތަމަ ބެލެނިވެރިން އެކަމާއި ދެކޮޅު ހެދި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ވިދާޅުވެއްޖެއެވެ.
ކ.މާލެ، މ.މޫންލައިޓްވެލީ، ޢަލީ ޝާފިޢު އޭނާގެ އަނބިމީހާއާއި ދަރިންނާއެކު އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާ މައްސަލައާ ގުޅިގެން އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޝާފިޢު އާއި އޭނާގެ އަންހެނުން އަދި 4 ދަރިންނާބެހޭ ގޮތުން މީޑިޔާގައި ދައުރުވަމުންދާ މައްސަލައަކީ 2019 ޑިސެންބަރު 12 ވަނަ ދުވަހު އެ ކޮމިޝަނަށް ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހެޅި ތަހްގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެކިފަހަރުމަތިން އެ ކޮމިޝަނުން އާއިލާއާ ބައްދަލުކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ޝާފިއުއާއި އޭނާގެ އަނބިމީހާއާއި ހަތަރު ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްއިން ހައްޔަރުކޮށްފައިވެއެވެ. އެޗްއާރްސީއެމްއިން ވިދާޅުވީ، މިމައްސަލައާ ގުޅިގެން މިކޮމިޝަނުން ބެލިބެލުމުން މައްސަލާގައި ހިމެނޭ ޝާފިޢުއާ އޭނާގެ އަންހެނުންނަކީ އެމީހުންގެ މައްޗަށް ތުޙުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ތަހްގީގްކޮށް އެގައުމުގެ ސުޕްރީމްކޯޓުން ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ ދެމަފިރިންކަމަަށެވެ. އަދި މިދެމަފިރިންނާއެކު ހަތަރު ކުޑަކުދިންވެސް ޖަލުގައި ތިބިކަން ފާހަގަކުރެވުނު ކަަމަށް އެޗްއާރްސީއެމްއިން ވިދާޅުވިއެވެ.
"މި ހާދިސާ ހިނގިތާ ކުރީކޮޅު މައްސަލާގައި ހިމެނޭ 4 ކުޑަކުދިން ރާއްޖެ ގެނައުމަށް އަފްޣާނިސްތާނުގެ ސަރުކާރުންވެސް ދެކޮޅު ނޫންކަމާއި ކުދިން ރާއްޖެ ގެނެވޭގޮތަށް އޮތް ކަމަށާއި، ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ގެނައުމުގެ މަސައްކަތް ހުއްޓުނުކަން ކަމާބެހޭ ފަރާތްތަކުން މިކޮމިޝަނާ ޙިއްސާކުރި މަޢުލޫމާތުން ފާހަގަކުރެވުނެވެ." އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ވެއެވެ.
އެޗްއާރްސީއެމް އިން ވިދާޅުވީ، މި ހަތަރު ކުދިންނަކީ އެއްވެސް ކުށެއްނެތި ޖަލުގައި ތިބޭ ކުދިންތަކެއްކަމުން، ކުދިން ގެނައުމާ ގުޅޭގޮތުން ޝާފިޢުގެ އާއިލާއާ ފަހުން ކުރި މަޝްވަރާތަކުން ކުދިންގެ ބެލެނިވެރިން ކުދިން ގެނައުމަށް އެއްބަސްވި ކަމަށެވެ. އަދި އާއިލާއިން މަޢުލޫމާތު ޙިއްސާކުރުމުން، އެކަން ވަގުތުން ކަމާބެހޭ އިދާރާތަކަށް ހިއްސާ ކުރެވުުނު ކަމަށާއި، އަދި ކުދިން ގެނައުމުގެ މަސައްކަތް އެއިދާރާތަކުން ކުރިއަށްދާގޮތް އެ ކޮމިޝަނުން ގާތުން ބަލަމުންދާކަމަށް އެ ބަޔާނުގައި ވެއެވެ.
ނަމަވެސް ކޮވިޑް-19 ގެ ހާލަތާ އަދި އެހެނިހެން މައްސަލަތަކާއި ހެދި ކުދިން ރާއްޖެ ގެނައުމުގައި ގޮންޖެހުންތައް ހުރިކަމަށް ކަމާބެހޭ މުއައްސަސާތަކުން ކޮމިޝަނާ މައުލޫމާތު ދިން ކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ 4 ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ކޮމިޝަނުގެ އެދުމުގެ މަތިން މަސައްކަތް ކުރި ނަމަވެސް ކުދިން ބަހައްޓާ މަރުކަޒުތަކުން މިކުދިން އެ މަރުކަޒުތަކަށް ނެގުމުގައި ގޮންޖެހުންތައް ހުރިކަމަށް ފާހަގަކުރެވުނު ކަމަށް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.
ތިޔަ ގޮންޖެހުންތަށް ހާމަނުކޮށް ހަމައެކަނި ގޮންޖެހުންތަކޭ ވިދާޅުވެ ބޯދަމައިގަންނަން ސަރުކާރުން އުޅޭނަމަ ކީއްކުރަންތޯ ކަންކަމާއި ކުރިމަތިލާން ނުކެރޭއިރު ދައުލަތް ހިންގަން ހެއްދެވިހައި ދޮގާއި އޮޅުވާލުމާއި، މަކަރާއި ، ހީލަތް ހަދައިގެން ރައްޔިތުންގެ ބޮލަށް ޗިޕް ޖަހައިގެން ވޯޓްހޯދައިގެން ސަރުކާރު އަތުލީ؟
ކަލޭ ކީ އްވެ މަޑު ކޮ އްގެން ތިހިރީ. ދާންވީ އެއ އްނު އަފްގާނިސްތާން އަށް
އަފްގާނިންތާނު ކިޔާ ގައުމެއް އޮވޭތޯ؟ ދިވެހިބަހުން ލިޔާއިރު ކޮންމެހެން ޢަރަބިން ކިޔާގޮތަށް ނުލިޔުމަކީ އަޅުގަނޑުވެސް ތަރުހީބުދޭކަމެއް! އެކަމަކު ނަމެއްނަމަ އޮންނަންވާނީ އެނަމަށް ބަދަލު ނާންނަގޮތަށްކަމަށް ފެނޭ! އަފްޣާނިސްތާނު ލިޔުން ރަގަޅުކަމަށްފެނޭ!
ބެލެނެވެރިން ދެކޮޅެއް ނަހަދާ. ލާދީނީ ސަރުކާރުން ބޭނުން ނުވަނީ ގެންނަން
ދިޔަަަައީ ކީއްކުރަން، ކޮ މްމމ މެ ކަ މެ ކޮއްފަ ސަރުކާރު،
މި މީހުންނަކަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް. ކިހިނެއް ހަދާނީ
ހުސް ދޮގު. ފޮރިން މިނިސްޓްރީ އާއި ފުލުހުން އެކަމާ ނޫޅެގެން އެކަން ނުވެފައި އޮތީ. ފޮރިން މިނިސްޓްރީއާ ފުލުހުންނާ މަޝްވަރާކުރާތާ ކިހާ ދުވަހެއް ވެއްޖެކަން ހާމަކުރަންވީނޫންތޯ؟ އެކަން ނުކުރާންވެގެން ސަރުކާރުން ދައްކަމުންދާ ބަހަނާތައް ހާމަ ނުކުރާން އެޗްއާރސީއެމުން ތިޔަ އުޅެނީ ކީއްވެ؟
ބޭކާރު ބައެއް. ނުގެންނާތި މިތަން ފަސާދަކުރަން
ތިއެއްޗެހި ގިނަކަ މުން މިހާރުވެސް މިއުޅެނީ. ނުގެންނާތި!
ކީތްކުރަންތަ ދިޔައ އީ ދިޔަ އީމަ ލަ އްކަ
މޮޅުވެ އްޖެ ތަނެ އްގަ ބަޔަކު ހަނގުރާމަ އެއ އއް
ކުރާނަމަ އެތަނަން ބޯގަޅާތި
ބެލެނިވެރިން ގަބޫލަސް ގެންނާނެކަ މެއް ނެތް. ތިކުނިބުނި އެބައޮތް އުކާފަ މިތާ
މިތާގަ މައްސަލަތައް މަދުވީމަަ އެހެން ގައުމުތަކުގަ ޖަލުގަ ތިބޭމީހުން ގެންނަން ތިއުޅެނީ އަޖައިބުވެދާނެ
ބޭރު ޖަލެއްގައި ތިބި ދިވެހި ކުޑަކުދިންތަކެއް ރާއްޖެ ގެންނަން އާއިލާގެ ހުއްދަ ހޯދަން ޖެހެނީ ކީއްވެ. ކުޑަކުދިންނަށް ގޯނާ ކުރަންނާ މައިންބަފައިން އަތުންވެސް ދަރިން އަތުލެވޭއިރުގަ؟؟