އިސްލާމް ދީނަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމާއި ފިތުނަ އުފެއްދުމާ ގުޅޭ މައުޟޫއެއްގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއ ްމެންބަރުގެ މެދުގައި ބޮޑު ޒުވާބެއް މިއަދު ހިނގައިފިއެވެ.
މެންބަރުންގެ މެދުގައި ޒުވާބުގަނޑެއް ހިނގައި އަރައިރުން ބޮޑުވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މަޖިލީހުގައި ކުރިއަށް ދިޔައީ ތިން ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމާ ގުޅޭ ގޮތުން ހުށައެޅިފައިވާ ބިލުގެ ބަހުސެވެ. ބަހުސްގައި މެންބަރުންގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ބައްޓަން ކުރީ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުވައެވެ. އެއީ މި ބިލަކީވެސް އެ ހަމަލާއާ ގުޅިގެން ހުށައެޅިފައިވާ ބިލަކަށް ވާތީއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ގެ ވާހަކަ އަށް ފަހު ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ގެކޮޅު ކުރިމަތީގައި ކާރު އޮތްނަމަ އެމަނިކުފާނަށް ހަމާލާ ނުދެވޭނެ ކަމަށެވެ.
އެއަށް ފަހު އޭނާގެ ކުރިން ވާހަކަ ދެއްކެވި ވައްޑެއަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވީ، "އިސްލާމް ދީނާކީ ލޭ ހުއްދަ ކުރާ ދީނޭ ބޮންގޮއްވާ ދީނޭ" ބުނާ މޭރުމުން، ވައްޑެ ވާހަކަ ދައްކާފައިވާ ކަމަށެވެ.
މުޅިއެކު ޝަރީފްގެ ވާހަކަ ކުރިއަށް ނުގެންދެވެނީސް ނިޒާމީ މައްސަލަ ނަންގަވާ ވައްޑެ ވިދާޅުވީ ދީނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދައްކަވާ ކަމަށެވެ.
"ދެންމެ އަޅުގަނޑު ވާހަކަ ދެއްކެވީ އެންމެންނަށް އަޑު އިވޭހެން. ސިއްރަކު ނޫން ވާހަކަ ދެއްކީ ހަމަ ކަނޑައެޅިގެން ބޮޑު ދޮގު އިލްޒާމެއް އަޅުގަނޑު ބޮލުގައި އެޅުވީ" ވައްޑު ވިދާޅުވިއެވެ.
ޝަރީފް ވާހަކަ ދައްކަވަނީ ވައްޑެއަށް ހަމާލާ ދޭން ބާރު ގޮތަށް ލިބޭ ގޮތަށް ވައްޑެ ތުހުމަތު ކުރެއްވިއެވެ.
ވައްޑެގެ ނިޒާމީ މައްސަލަ ނިމުމާއެކު ނިޒާމީ މައްސަލައެއް ނަންގަވައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޝަރީފްގެ ވާހަކައާއި ވައްޑެގެ ވާހަކަ ވަރަށް ރަނގަޅަށް އަޑުއެއްސެވި ކަމަށެވެ. ވައްޑެގެ ދިފާއުގައި އިންތި ވިދާޅުވީ ޝަރީފް ވާހަކަ ދައްކަވަނީ ހަމަލާއެއް ދޭން ހިތްވަރު ދިނުމަށް ކަމަށެވެ.
"ލޭ ހުއްދަ ކުރަން އަނެއްކާ ވެސް ހިތްވަރު ލިބޭ ވާހަކަ މަޖިލީހުގައި ނުދެއްކުން އެދެން،" އިންތި ވިދާޅުވިއެވެ.
ވާހަކަ ކުރިއަށް ގެންދަވާއިރު ބިލަށް ވާހަކަ ދެއްކުވުމަށާއި، ދީނަށް ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އިންތިގެ ވާހަކަ އަށް ފަހު، ރިޔާސަތުން މެންބަރުންނަށް އިލްތިމާސް ކުރެއްވިއެވެ.
އޭގެ ފަހުން ޝަރީފްގެ ވާހަކަ ކުރިއަށް ގެންދަވަމުން ތުހުމަތު ކުރެއްވީ އިސްލާމް ދީނަށް ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވަމުން ގެންދަވަނީ އިންތިއާ ވައްޑެ ކަމަށެވެ. ޝަރީފްގެ ވާހަކަ ހުއްޓުވައި ރިޔާސަތުން ވަނީ އަނެއްކާވެސް ދީނަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް މެންބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
އަނެއްކާވެސް ނިޒާމީ މައްސަލައެއް ނަންގަވައި ވައްޑެގެ ބަހުގެ ހަމަލާތައް ޝަރީފް ފޮނުއްވިއެވެ. ވިދާޅުވީ، ދީނަށް ލޯބިކުރައްވާ ބޭފުޅަކު ރިޝްވަތު ނުނަންގަވާނެ ކަމަށެވެ. ވައްޑެ އިޝާރާތް ކުރެއްވި އެމްއެމްޕީއާރްސީގެ ލިސްޓުގައި ޝަރީފްގެ ނަން އޮތުމާއި ގުޅުވައެވެ.
އިންތި ވެސް ނިޒާމު ނުކުތައެއް ނަންގަވައި އޭނާ ދީނާ ދެކޮޅަށް ދެއްކި ވާހަކައެއް ސާފުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ޝަރީފްގެ ނަން އޮތުމުން އިންތި ދެން ފާހަގަކުރެއްވީ އެ ކަމެވެ.
"ޝަރީފް އެހެން ވާހަކަ ދައްކަވަނީ އެމްއެމްޕީއާރްސީގެ ރިޕޯޓް މަޖިލީހުން ހާމަކުރުމުން އެކަމުގެ ހަސަދަ ފިލުވާލުމުގެ ބޭނުމުގައިތޯ އަޅުގަނޑު ސުވާލު ކޮށްލަން ބޭނުން." އިންތި ވިދާޅުވިއެވެ.
މި ތިން މެންބަރުންގެ މެދުގައި ޒުވާބު ގިނަ އިރުތަކެއް ވަންދެއް ކުރިޔަށް ދިޔައެވެ. ނިޒާމީ ނުކުތާއަށް ފަހު ނުކުތާއެއް ނަންގަވައި އެއް މެންބަރަކު އަނެއް މެންބަރަށް ދިޔައީ ތުހުމަތުތައް އަޅުވަމުންނެވެ.
ޝަރީފްއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރެކެވެ. ޝަރީފަށް ބަހުގެ ރައްދުތައް ދެއްވި ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ދެ މެންބަރެކެވެ.
ކޮންމެވާހަކައެދެއްކިޔަސް (އެމްއެމްޕީއާރުސީ) ގެވާހަދެއްކިފަހުން ސަރީފު ރުޅިގަދަވެ ސަބަބަކީ އެމްއެމްޕީއާސީބާ؟
އެމް އެމް ޕީ އާރު ސީގެ ފައިސާ ނަޝީދައްވުރެއް ގިނައިން ކޭ މީހަކު މިގައުމުގައި ނުހުންނާނެ ، އެމްޑީޕީ އަކީ އަބަދުވެސް ހުރިހައި ޖަރީމާއެއް ހިންގާފަ އެހެން މީހުނ ްހުން ބޮލުގައި ތުހުމަތު އަޅުވާބައެއް އެއީ އެއްމެނަށް އެނގޭ ބޮޑު ސިއްރު #ބޭން ލާދީނީ ބައިގަނޑު
ދީނާ ހިލާފު އަމަލުހިންގާ މީހަކާ ދިމާލަށް ލާދީނީ އޭ ނުކިޔެންޔާ ވަގަކާ ދިމާލަށް ވަގެކޭވެސް ނުކިޔޭނޭ، އެވެސް ނަފުރަތު އުފެއްދުން.
ނަފުރަތު ބިލް އައުޓް!
ރައްޔިތުންގެ ފައިސާ ކައިގެން ތިތާ ތިބެ ޒުވާބު ކުރޭ އެއީ ތިމީހުންގެ ވަޒީފާ !
2023 ގައި މި މެމްބަރުމްނަށް ވޯޓް ދޭނީ ނަޝީދު... ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއް...
އެމްއެމްޕީއާރސީގެ ފައިސާ ކިތަންމެ ވަރަކަށް ޝަރީފް ކެއަސް އަދި ހަސަންލަތީފް ކެއަސް އެމީހުންނާއިމެދު މިސަރުކާރުން އެއްވެެސް ފިޔަވަޅެއް ނާޅާނެ.
ދިވެހިރާއްޖެ ދުން އެންމެ ބޮޑެތި ފިތުނަފަސާދަ އުފެއްދި އެންމެ ބޮޑެތި ދޮގު ވާހަކަތައް ފެތުރި ދޮގުވެރި ފާސިގުންގެ މެދުގައި ތިޔަ ކަހަލަ ކަންކަން ހިނގާނެ. އެވެސް ލާދީނީގެ ސިފައެއްް. ހައިރާންވާންޖެހޭ ކަމެއް ނޫން.
ބާރު ގޮތަށް ލިބޭ ގޮތަށް!
ހިނިއަންނަނީ!
މިހާރު މުޅި ދުނިޔެ މިކަހަލަ ޕޮލިޓިސަނުން ދެކެ ފޫހިވެ ތަގައްޔަރު ވެ ފާސިދުވެފަ ތިބި ފިނޑި ދަށުދަރަޖައިގެ ބަެެއްއްގެ ގޮތުގަ ދެކެނީ އަހަމެންވެސް މިނުބައިވަސްދުވާ މީހުންނަކީ ކާރިވާން ނުވާވަރުގެ ބަޔަކައް ބަލަމާ ހިނގާ!!!!!!!!!!!!
ސިޔަސީއޭ މިކިޔާޚިޔާނާނާތުގެ ދުނިޔޭގައި ވަކިވަރަކައް ގިނަދުވަސް ވުމުން އެމީހުންގެ ލޯވެސް ހުރަސްވެ ސީދާ މީހުންނާދިމާލައް ބެލުމުގެ ގާބިލުކަންވެސް މިމީހުންގެ ކިބައިންގެއްލިގެން އަލްވަދާއުކިޔާ އެއްޗަކައް ވެގެން ހިގައިދެއެވެ.