ރަހީނު ކުރުމަށް ފަހު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން އެ ވަރުގެ ކުއްޖެއްގެ ފުރާނަ ގަސްތުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަން ޖެހޭ ވަރުގެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގައެވެ. އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާ މޫދުން ފޮށްޓެއްގައި އޮއްވައެވެ. އޭރު އެ ކުއްޖާ އޮތީ މަރުވެފައެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުން ހައްޔަރު ކުރީ މާލެއިންނެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯތްބާއި، އަޅާލުމާއެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަ ކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔައި، ކުއްޖާގެ ފުރާނައަށް ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދޭ ހާލު، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނު ކުއްޖަކީ ގދ.މަޑަވެލީ ކުއްޖެކެވެ. އޭނާ ގެއްލިގެން މިދިޔަ އާދީއްތަ ދުވަހު ރިޕޯޓް ކުރުމާއިއެކު ފުލުހުން ދިޔައީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މަރުވެފައި އޮތް ކުއްޖާގެ ހަށިގަނޑު ފެނުނީ ރޭ މެންދަމު 02:30 ހާއިރުއެވެ. ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ކުއްޖާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗްގައެވެ. ކުއްޖާގެ ޖަނާޒާ ކުރިއަށް ގެންދާނެ އިރެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. .....

  ޢިހްލާސްތެރިކަމުން ފެނަވާރާ އެމް.ޑީ.ޕީ ގެ މެމްބަރުން ކޮބައިތޯ ނަޝީދަށް ހަމަލާ ދިނުމާއި މި ކުއްޖާ މަރާލުމާއި ތަފާތެއް ހުރީތޯ...އިހްލާސްތެރިކަން ހުރިއްޔާ މި ކުއްޖާގެ ހައްގުގައި ނަޝީދުގެ ހައްގުގަ އުޅުނު ވަރަށްވުރެ ބޮޑަށް އުޅެން ވާނެތާ....އެއީ މިކުއްޖާ ގެ ފުރާނަ އެ ގެއްލުނީ...ނަޝީދު ޒަހަމްވީ....ތަފާތު ދޯ

  11
 2. ޖަސްޓިސް ވޮރިއަރ

  އެމް.ޑީ.ޕީ ވަޒީރެއް ހުރީމަ ކުޑަކުދިން މެރިޔަސް ރޮލާ ކެޔަސް އެ ނުވާނެ މާ ބޮޑު ކަމަކަށް. ސިދާތާ ފަކީރައް ހެދިގޮތް އަހަރުމެން ދެނަހުރިން. މުނާފިގުކަން އިންތިހާ. ލަދުން ބޯ ހަލާކު

  12
 3. އޭއެމް

  ގާނޫނުނެތިގެންތޯ ؟ ނޫނީ ގާނޫނުތަންފީޒުކުރުމުގެ ގާބިލު ކަން ނެތީތޯ؟ ކީރިތިކިރެއްވުމަކުން ނުފުދޭ ؟؟؟ އަވަސްކުރޭ ފުލުހުންނާ ސިގައިން މަޖްލިސް ކޮމިޓީއައް ގެންދޭ

 4. ހަސޫގެ ނަ

  ޓްވީޓަކުން ކުއްޖާއަށް އިންސާފު ހޯދައިދީފި ޝުކުރިއްޔާ ޖެންޑާ މިނިސްޓަރ.

  13
 5. ލާދީނީ ބައިގަނޑު

  ގައުކަރުނަ އަޅަންޖެހޭ އަނެއްސަބަބަކީ ގައުމުގެ ކަންކަމާ ތިޔަކަހަލަ ގަމާރުން ހަވާލުވެތިބީތީ މިއަދު އޮމާންވެލާފަ ތހިއްބަވާ މާދަމާ ﷲގެ ހަޫރަތުން ހުރިވޭނެއްގެ ބޮޑުކަމަކާމެދު ވިސްނާލިންތޯ

 6. ހުދު ހުދު

  ތިބޭފުޅުންނަށް އެއީ ސީދާ ޙަރާމް ކަމެކޭ ދަންނަވަން ޖެހިލުން ކުރުވަނީ ކޮންކަމެއްބާ؟ އިލާހީ ޤާނޫނަށް ވުރެމޮޅީ ބާ؟ ހައްގު އަދަބު ދޭންޖެހޭނެ. ދެންބުނޭ ހާދަ ހަރުކައްޓޭ...

 7. ހުދު ހުދު

  ކޮބާ ކުރީގެ ކަމަނާ އިސްތުފާ ދެއްވުމަށް ގޮވީ އެކްސިޑެއްޝިއަލް ޑެތް އަކަހެދި.... މިފަހަރު ގައުމު ރޮވެލީމާ އޯކޭތޯ

 8. ޣުދާސް

  ޜަ ހީން ކުރިޔަސް މަޜާލިޔަސް ގޭންގުތަކައް ކުރެވޭނެ އެއްވެސް ކަމެއްނެތް ..މުޅިގައުމު އޮތީ ގޭންގުތަކުން ދަމާފައޮތް ގުއިރޯނުގަޖެ ހިފަ

 9. ޞިލް

  ޙުރި ހާ ކަމަކާވެސް ކަރުނަ އަޅަންޖެ ހޭ..މިގައު އޮޔާދާތީވެސް ކަރުނަ އަޅަންޖެ ހޭ..

 10. ފިޔަވަޅު

  މުޅި ޤައުމޭ ކިޔާނެ ކަމެއް ނެއް .
  މިހާރުން މިހާރަށް މި ބައިގަނޑު އެބަޖެހެ އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވަން.

  8
  1
 11. ގިރާވަރު

  މިކަމުން ދޭހަވަނީ ޤައުމުގެ އިޖުތިމާއީފޭރާން ވީދިފައިވާ މިންވަރު.

 12. ސަރުކާރުގެ ޑޯލް

  އަހަރެމެން ކަރުނަ އަޅަން މިހާރު މިޤައުމް ގާ މި ހިންގާ ހުރިހާ ކަމަކާ.
  ވެރިކަމުގާ ތިބެ ރަނގަޅަށް ކުރެވުނީ ކޮނކަމެއްތޯ އެބަ ޖެހެ ވިސްނާލަން .
  ފުރަތަމައިނުންވެސް އިސްލާމްދީނަށް ފުރަށްސާރަ ކުރި މީހުން ހިމާޔަތް ކުރީ .
  ޢެހިސާބުން ދެން އެނގިއްޖެ މި މީހުންނަށް ރަނގަޅު އެއްކަމެއް ނުވާނެކަން .
  މުއައްސަސާ ތަކުގާ ނާޤާބިލް މީހުން ތިބީމަ ވާގޮތް .

 13. ހަޤީގަތް.

  ކުއްޖެއްގެ ފުރާނަ ގަސްތުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަން ޖެހޭ ކަމެއް: މިނިސްޓަރު.
  ވ. ދެރަ ހިތާމަހުރުކަމެއް.
  *މި އާއި އެކު އެންމެ މުހިއްމުކަމަކީ މިނިސްޓަރާއި، ކީރިތިރަދުން، އަދި މި މުޅި ނާޤާބިލް ސަރުކާރު ވަގުތުން އިސްތިއުފާދީ އިންސާފުގެކުރިމައްޗަށް ގެންނަން ޖެހެ.

 14. ތާޖު

  ކަރުނަ އަޅައިގެން ވާނެ ކަމެއް އެބައޮތްތޯ؟ ރޯންތިބެގެން ކޮން ކަމެއްތޯ ރަގަޅު ވާނީ.

 15. ފާރިސް

  މިޝްކާ މަރުވި ދުވަހު މިދާތައިގެ އަނގަކޮބާ.މީހުން ހަޒލޭފަޅޭ ޖެހީމަ އެފަހަރުޗެސް އަނގައިންބުނީ.

 16. ނާޅި

  އިންސާނުން ހެޔު ގޮތުގައި ތަޢުލީމް އާއި ތަރުބިއްޔަތު ކުރުމުގައި އިންސާނުން ނާއި ޤައުމުތަށް މިވަނީ ބޮޑުތަނުލް ފެއިލްވެފައި ނުންތޯ ؟

 17. Anonymous

  އައިސާދީދީ ޓުވީޓެއްކޮއްލީމަ ނުނިމޭނެ ކަލޭގެ ޒިއްމާ އުފުލާ ނޫނީމިހާރުން މިހާރައް އިސްތިއުފާދީ

 18. ދިވެސް

  ތިކަހަލަ ނާ ގާބިލު މިނިސްޓަރުން އަރާތިބެ ގޮނޑި ހޫނުކޮއްފަ މުސާރަ ނަ ގައި ގެން ތިބޭތީ އިޖޮތިމާއީ މިފަދަ ގެއްލުން މިލިބެނީ..! ކޯޗެއް އެނ ގިގެން އަރާ ތިބި ބައެއްތޯ ތީ.. އަވަހައް ފައިބަންވޫ ނުންތޯ..؟

 19. އަންތަރީސް

  ހޫން ! ޒިންމާ އަދާކުރެވުނީ މުޅި ގައުމު ކަރުނަ އަޅައި ރޮއެމަ އިންސާފު ހޯދައި ދެވުނީ ، މާދަމާ ގާތިލުން ފަންސުރު ހަމަނުވެގެން ދޫކޮށްލާ އޭރަށް އެކަންވެސް އެނިމުނީ . ނޫނޭ ޒިންމާދާރުވެރިން ތިތިބީ އަޖައިބުވެއްޖެ!

 20. ސީރިޔަސްލީ

  މިވެސް މިނިސްޓަރެއްތަ؟ ހީވެސް ނުވޭ!

 21. Anonymous

  އައިސަާދިީދިީ މިިފަދަ ހާލަތައް އައީ ކުއްލިއަކައްނުން ކަލެޭ ހުރެލާފަ ކިޔާ ތައުޒިޔާއަކުން ނުފުދޭ މިހާރުން މިހަާރައް އިސްތިއުފާދީ