ހިޔާލުފާޅު ކުރުމުން ރައްޔިތުންގެ މަޖިލީހަށް ގަރާރުތައް ހުށަހަޅައި ވަޒީފާއިން ވަކި ކުރުމަށް ޕްރެޝަރު ކުރުމަށް ގޮވާލުމަކީ ވަރަށް ނާތަހުޒީވު ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިފަދައިން ވިދާޅުވެފައިވަނީ އަންހެނުން ހިތާނު ކުރުމާއި ގުޅޭ ގޮތުން އޭނާ ޓުވިޓާގައި ހިއްސާ ކޮށްފައިވާ ލިންކަކާއި ގުޅިގެން އޭނާ އާއި މެދު ފިޔަވަޅު އަޅައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމު ސިޓީއެއް ފޮނުވުމާއި ގުޅިގެންނެވެ.
އެސިޓީގައި މީކާއިލް ވަނީ އެފަދަ ނުރައްކާތެރި އަމަލަކަށް ޑރ. އިޔާޒު ހިތްވަރުދީފައިވާތީ އެކަމުގެ ސަބަބުން އަންހެނުން ނުރައްކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއް ކަމަށް ބުނެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެންފައެވެ.
މިކަމާއި ގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެ ލިންކުގައި ވަނީ އެއީ ބަޔަކު ކޮށްފައިވާ އިލްމީ ދިރާސާއެއް ކަމަށާއި އޭގައި ގޯހެއްވާނަމަ، އިލްމީ ގޮތުން ޖަވާބު ދިނުން ރަނގަޅު ކަމަށެވެ. އެކަމާއި ގުޅިގެން މަޖިލިސް އަށް ގަރާރުތައްލާ ވަޒީފާއިން ވަކި ކުރަން ޕްރެޝަރު ކުރުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އިލްމީ ދިރާސާއެއްގެ މައްޗަށް. އެމީހެއްގެ ހިޔާލު ފާޅު ކުރުމުން ވަޒީފާއިން ވަކި ކުރާށާއި ފިޔަވަޅު އެޅުމަށް ގޮވުމަކީ ވަރަށް ނާތަހުޒީބު ކަމެއް. ނިކަން އެއާއި ދެކޮޅު ޕްރޫފްތައް ގެނެސް ބައްލަވާ. ސިކުނޑި ދެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ ކަންތަކަށް ފާޑު ކިޔަން ނޫޅުއްވާ" އިޔާޒު ވިދާޅުވިއެވެ.
ilmy dhiraasa eh ge machchah bunaakoh emyheh ge khiyaalu faalhu kurumun emeehaku vazyfa in vaki kuraashai fiyavalhu elhumah govumaky v naathahzybu kameh. Nikan eyaai dhekolhu proof thah genes ballava. Sikundi dhevvi faraathun kanda alhuvvaafaivaa kanthakah faadu kiyan noolhuvvaa.
— Dr.Mohamed Iyaz (@dr_iyaz) June 23, 2021
އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދީ އެފަދަ ލިންކެއް ޑރ. އިޔާޒު ހިއްސާ ކުރައްވާފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ރާއްޖޭގައި އަންހެން ކުދިން ހިތާނު ކުރުމާއި އެކަމަށް ހިތްވަރު ދިނުން އިތުރުވެފައިވާކަމަށް ބުނެފައެވެ.
ތިކަހަލަ ޑރ އިން ގެނައި ވެރިކަން ތަހުޒީބް ކޮށްބަލަ؟ ކުރަން ވީ އަދިވެސް ޓްއިޓްތަ؟
ރައްޔިތުންގެ މަޖިލިހޭ ކިޔާވަރުގެ ތަނެއްނޫން ބޮޑަށް ވައްތަރީ އެމްޑީޕީގެ ހަރުގެޔަކާއި !
ޚިޔާލުފާޅުކޮށްގެން އެއްވެސް މީހަކު ވަޒީފާއަކުން ވަކިނުކުރެވޭނެ އެކަމަކީ ރައީސް ޤަބޫލުފުޅުކަމެއްނޫން އެއްވެސް ބަޔަކު އެގޮތަށް އެކަންކޮށްގެންނުވާނެ
މަޖިލިސް ކުރާ ގެޔަކީ މިގައުމައް ބޭނުންތަނެއް ނޫން ، ގައުމުގެ ބަޖެޓުގެ ބޮޑުބައިދަނީ އެތަނައް ބޭކާރު ގޮތުގަ.
މީ ފެލްވެފަ އޮައްސަރުކާރެ
ޑަކުޓަރަކަށް ބޮޑޮ އިލްވެރިއަކަސް މީހާގެ ހުންނަންވާނެ ޑިސިޕްލިން. މުއައްސަސާ އެއްގައި އުޅޭ އިރު އެމުއަށްސަސާގެ އަގު ހިފަހައްޓަންވާނެ. ދަކުޓަރުގެ އެފަދަ ކަންކަން ވަރަށް ދަށްކޮށް ފެންނަނީ.
މީކާއިލް އަކީ ޑރ. އެއްތަ؟
މަޖިލިސް އަށްވަނީމަ ގރ. 7 އާއި ހަމައަށް ކިޔަވައިގެން ހުންނަ މީހާވެސް ޕްރޮފެސަރަ އަކަށްވަނީ
ކަލޭ ތީ އުފެދުމުގަވެސްނާތަހުޒީ ބު މީހެއް
ލޫކް ހޫސް ޓޯކިންގ