ރަސޫލު ޒަމާނުގައި އުޅުނު މައްކާގެ މުޝްރިކުންނާއި، މިއަދު ރައްޖޭގެ ލާދީނީ މީހުންގެ ވިސްނުމުގައި ހުރި އެއްގޮތް ކަންތައްތައް ދީނީ އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެދެއްވައިފިއެވެ.
އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްކާގެ މުޝްރިކުން ޞަޙާބީންނަށް ދުއްތުރާތައް ކުރަމުން ގެންދިޔައީ ކާބަފައިންގެ ދީނަށް ރުޖޫޢަވުމަށް ކަމަށެވެ. މިއަދު ރާއްޖޭގެ ލާދީނީ މީހުން ދީނީ ޢިލްމުވެރިންނަށް ދުއްތުރާ ކުރަނީ އެބައިމީހުންގެ ފިކުރަށް ތަބަޢަވުމަށް ކަމަށާއި ނުވެއްޖެނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބިރުދައްކާ ކަމަށް އިޔާޒް ވިދާޅުވިއެވެ.
މައްކާގެ މުޝްރިކުން ޞަޙާބީންނަށް ދުއްތުރާތައް ކުރަމުން ގެންދިޔައީ ކާބަފައިންގެ ދީނަށް ރުޖޫޢަވުމަށް. މިއަދު ރާއްޖޭގެ ލާދީނީ މީހުން ދީނީ ޢިލްމުވެރިންނަށް ދުއްތުރާ ކުރަނީ އެބައިމީހުންގެ ފިކުރަށް ތަބަޢަވުމަށް. ނުވެއްޖެނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބިރުދައްކާ.
— Dr.Mohamed Iyaz (@dr_iyaz) June 24, 2021
އިޔާޒް މިހެން ވިދާޅުވިއިރު އަންހެން ކުދިން ހިތާނު ކުރުމަށް ތާއިދުކޮށް ލިޔެފައިވާ ލިޔުމެއް އިޔާޒް ޓްވީޓް ކުރި މައްސަލަ ވަނީ ބޮޑުވެފައެވެ. އެޓްވީޓާއި ގުޅިގެން އިޔާޒް ގައުމީ ޔުނިވަސިޓީގެ ލެކްޗަރާގެ މަގާމުން ވަކިކުރުމަށް ބައެއް ފަރާތްތަކުން ދަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.
އިޔާޒްގެ ޓްވީޓްގެ މައްސަލަ ރައްޔިތުން މަޖިލީހުގެ ޖެންޑާ ކޮމެޓީން ބަލައި ދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ވެސް ފޮނުވާފައެވެ.
މީކާއިލް، ނަޝީދަށް ފޮނުވެއްވި ސިޓީގައި ވިދާޅުވެފައި ވަނީ ބުދަ ދުވަހު 9:14 ހާއިރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު އިޔާޒު ކުރެއްވި ޓްވީޓެއްގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި ހިންގާ، ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް) އަށް ހިތްވަރު ދީފައިވާ ކަމަށެވެ.
މީކާއިލްގެ އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރުމަކީ ރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި އެއީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަ ށެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، އެ މައްސަލަ ބައްލަވައި ދިނުމަށް ވެސް މެމްބަރު މީކާއިލްގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.
މިމީހުން ހިތުން މިއުޅެނީ އެޒަމާނުގައި ވިއްޔަ.
މަޗާ އަދި ކިރިއާ ދޯ މީ އެކަހަލަ ބައިގަނޑެއް ކަން އެގުނީ.؟؟؟؟؟؟؟؟؟
އިޔާޒު ތި ވިދާޅުވީ ތެދު ފުޅެއް.
އޭހޭންތަ؟ މިތާ ލާދީނީ ބައެއް އުޅޭތަ؟ މިއޮއްހުރިހާ ދުވަހު ކޮންހަޑިއެއް ތިހޭވީ ތިބުނާ ލާދީނީ މީހުންނާއެކު؟
މައްކާގެ މުޝްރިކުންނާ އެއްވަރިއްޔާ އެމީހުންގެ ތެރޭގައި އަބޫޖަހުލަކާ ވަލީދު ބުނި މުޣީރަތަކާވެސް ހުންނާނެތާ! ޝައިޚް އެ ދެމީހުންވެސް ދެއްކެވިނަމަ...........
ރަސޫލުޒަމާނުގައި އުޅުމުގެ ހެޔޮނަސީބު ލިބުނުމީހުންނީ މި އުންމަތުގެ ރަންތާޖުތައް، ސުވަރުގޭގެ ދޫނިތައްފަދަ ބައެއް. ކަލޭމެންގެ ފަތުވާޔާހެދި ބޯސަލާމަތްނުވެވިގެބް ސްޓްރެސްވެފަ އޮތްގައުމެއްމިއީ. މުސްލިމަކަށް ވެއްޖިއްޔާ އޭނަސުވަރުގެ ހޯދާނެގޮތާއި ﷲ ތަޢާލާގެ ރުއްސެވުން ލިބިގަންނާނެ ގޮތް އޭނަހޯދާނެ. އެވަރު އިސްލާމިކް ތައުލީމެއް ފޯރުކޮށްދިނުމަކީ ހާކިމާގެ ޒިންމާއެއް. ހެއްދެވިފަރާތުން އެންގެވި އެންގެވުންތަކަކީ އިތުރު ޗޮއިސްއަކާނުލާ ގަބޫލުކުރަންޖެހޭ ކަންތައް. ބޭފުޅާ ބުނެނުދިނަސް ސުވަރުގޭގެ ޓިކެޓް ލިބުންއޮތީ އަގީދާއަކާއި އީމާނުގެ މައްޗައް. ﷲގެ ނިޔާ އިއްވަމުން ޝެއިހުމެން އެނބުރޭކަށްނުޖެހޭދޯ. ޢެ ނިޔާ އަދުލުވެރި ހަކީމްވަންތަ ﷲ ކަނޑައަޅުއްވާފަ ވަނީ. ނުތެޅި މަޑުން ހުންނަވާ. އިންސާނުން ބޮލަށް އުނދަގޫވެ ކުފުރާހިސާބަށް ދަނީ ތި ބޭފުޅުންގެ ސަބަބުން
ކަލޯ ތިހެން ބުނާ އިރު ރަސޫލާގެ ޒަމާނުގަ ތިއްބެވި ސަހާބީންނެއް އެކަލޭގެފާނު ކަމެއް މަނާކޮއްފިނަމަ އެކަމާއި ވަގުތުން ދުރުވެގަނޭ.. އެކަލޭގެފާނުގެ ހަމައެ ހަދީޝްތައް ކިޔޭއިރު މިހާރު އޭގައި ސުވާލު އުފައްދައިގަންނަގޮތަކަށެއް ނޫން އެބޭކަލުން އުޅުއްވީ. ވީމާ ފަތަވާއޭ ކިޔައިގެން އަނގަ ހުޅުވާއިރު ތިޔަ ބުނާ އެޒަމާނުގެ ސުވަރުގޭގެ ރަންތާޖުގެ ވެރިންގެ ބަހާ އި ޢަމަލައް ކިހާވަރަކައް ކަލޭމެން ތަބާވަމުތޯ.؟
ކު ރިންވެސް އާދޭހާއެކު ބުނިން މިބޭފުޅާމީ ޤައުމީ ސަލާމަތަށް ހު ރި ނު ރައްކަލެކޭ ..ކިޔާވާދިނުމުގެ ކަންކަމުން ވަކިކޮށް ، ޓު ރަންޕަށް ހެދިހެން މީސްމީޑިއާވެސް ބުލޮކު ކު ރާށޭ.ދިވެހި ރާއްޖެ އަފުގާނިސްތާނަށްވުމުގެ ކު ރިން މިބޭޅާ އެބަޖެހޭ ރާއްޖޭން ބޭ ރުކު ރަން.އުޤައިލްގެ ވެ ރިކަމުގައި ކަންނޭންގެ މިކަންވާނީ ..
ގައުމީ ސަލާމަތައް އެންމެ ނުރައްކަލީ ބުދުދީނުގެ އިންޑިޔާމީހުންނައް މިރާއްޖޭގެ މުހިންމު ސަލާމަތާއި ގުޅިފައިހުރި ކަންކަމާއި ބިންތައް ދޭ މިސަރުކާރެވެ. މިއަށްވުރެ ބިޑު ސަލާމަތީ ބިރުވެރިކަމެއް ރާއްޖެއަކު ނެތެވެ. ދެން އޮތީ ލާދީނީ އެޖެންޓުންގެ ނުވައި ރޭވުންތަކެވެ.
މި އިޔާޒަކީ މިރާއްޖޭގަ ހުރި އެންމެ ބޮޑު ލާދީނީ ކަލޭގެ.
ކަލޭ ލާދީނި
ޢެއްޗެއްބޮޑުވެ ފުރިހަމަވަމުންދަނީ ލިބޭކާނާއެއްގެ މައްޗައް މިއަދުތިވާހަކަ ދެއްކުމުގެ ބޭނުމެއްނެއް އެފިކުރައްނުސީދާގޮތައްކާނާއެޅުމުގެ ބައިވެރިއެއް ތީވެސް 2008 ކުންޢުފަންވި އަދާލަތުގެ ބައިވެރިން ކުރިކަމެއް ސިޔާސީބޭނުންތަކައް ޔޫޓިއުބް ވީޑިއޯތަކުންފެއްނާނެ ކޮއްމެ5 އަހަރުން އަޅާތާކިހާތައް ތިޕާޓީއިން
ޝޭޚޫ ސްޕާރީކޮޅުހުސްވީތޯ؟ މިއީނަސީދެއްނޫނޭމިއީސޯލިހެކޭކިޔާ އެއްގަލުންފެހިކާ ދެރޮނޑާ ގޮނޑިއަށްލާންފަވިއްދިމީހުންނޫންތޯތިއީ މިހާރުދެން ދުފާއެއްޗިއްސޭލޮނުމެދެއްނެތޭކިޔާނެކަމެއްނެތް! މަދުފައިސާކޮޅެއްގެދަހިވެތިކަމުގަ މައިމީހާގެއޮތިއްޔާއޮތްއެއްޗެއް ލޫޓުވާހުސްކުރާއިރު އަދިވެސްހޭލާކަށްނުވޭތޯ؟ ތިޔަވިދާޅުވާހިސާބަށް މިޤައުމުދުއްވާލީ ތިޔަކަހަލަދެތިންޝޭޚުންވެގެންނެވެ. މިހާލަތުން މިޤައުމު ސަލާމަތްވާނީ ތިޔަޝޭޚުންގެވާޖިބުއަދާކޮށްގެނެވެ.
އަޅުގަޑު ބުނަންޔާ ، ތިބޭފުޅާވެސް ހިމަނާނީ ހަމަ ލާދީނީ ގުރޫޕުގަ، ދީނީ އިލްމުވެރިންނައް ވަރައް އިހުތިރާމުކުރަންބޭނުން، ނަމަވެސް މިވަގުތު ގިނައީ ތިޔަ ބޭފުޅާ ގޮތައް ތިބޭފުޅުންނައް ކޮންމެވެސް ގޮތަކުން ހީވާކަންކަމުގަ އެކަނި ބަސްނުނަން ބޭނުންވާމީހުން . ނަމަވެސް އަނެއްބައި ފަހަރު ހިތުހުރި ގޮތެއް. މިކަން ބޮޑައް ފެނިގެން ދިޔައީ ކޮވިޑް މިފަހުންވެސް ބޮޑުވަރުވެގެން އުޅުނުއިރު...
އެނގި ތިއްބަވައި ގެންނެވި ލާދީނީ ސަރުކާރު މައިތިރި ނުކުރެވިގެން އުޅުއްވާ މަންޒަރު މިފެންނަނީ . ގައުމުގެ އިސްލާމް ކަން ފުނޑާލައި ލާދީނިއްޔަތު ފަތުރާނެ ކަމުގެ ސިގްނަލް ގެ ރަނގަބީލް ފާޅުގައި ޖަހަން ފެށީ.
އޯ ހޯ. މިހާރު ސޯލިހު ކައިރިންވެސް ވަރިވަނީ ދޯ؟ މިއޮއް ހާ ދުވަހު ތި ދެ މީހުން އުޅުނީ ހަނީ މޫންގައި.
ޝޭޚު ވިދާޅުވި ނޯންތޯ ނަމުން ސޯލިހް ކަމުން ވެސް ސޯލިހު ސަރުކާރެކޭ. 4 ޝޭޚުން ގެނައި ސަރުކާރު މިގައުމު ގެ ދީނާ އިސްތިގުލާލު ގެއްލުވާލި މީހުން ތާރީޚް ގައި ލިޔެވިގެންދާނެ.
އެވާހަކައެއް އަހަރެން ދައްކާތާ ބަރާބަރު 18 އަހަރަށްވުރެ ގިނަ ދުވަސްވީ ވާހަކައެއް މިއަދު ތިޔަ ވިދާޅުވީ. މި ގައުމުގައި ޕާޓީތަކުގެ ކުލަ ޖެހިފައި ތިބި މީހުންނެކޭ މައްކާގެ މުޝްރިކުންނެކޭ އެއްވެސް ތަފާތެއް ނެތް. ޕާޓީގެ ފަރާތުން ކިތަންމެ ބޮޑު ދޮގެއް ހެދިޔަސް ކިތަންމެ ބޮޑު ގޯހެއް ހެދިޔަސް އެ ވިދާޅުވީ ނޫންހޭ އެ އޮތީ ނޫންހޭ އެއީ ތެދޭ ރަނގަޅޭ ބުނުން ފިޔަވައި އަމިއްލަ ވިސްނުމުން ވިސްނައިގެން ކަން އޮތްގޮތެއް ނުބަލާނެ. މިކަން ރީނދޫ މީހުންގެ ތެރޭގައި އޮތީ އެހެން ކުލަކުލައިގެ ތެރޭގައި އޮތްވަރަށްވުރެ ހަތްގުނަ މަތީގައި. ވަރިހަމަ ކޮންމެ އެއްޗެއް ބުންޏަސް އެވާނީ ތެދަށް. ކޮންމެ ކަމެއް ކުރިޔަސް އެއީ ހަމަ ރަނގަޅު ގޮތަށް އެކުރީ.
ޢިޔާޒް މެންގެ ވާހަކަ ހުންނަގޮތުން ހީވަނީ ކަމެއް ހާސިލްނުވެގެން ދައްކާވާހަކައެއްހެން ، ތެދޔވެރި އިހްލަސްތެރިއަކުނަމަ ސީދާ އިގިލިދިއްކުރާ މީހުން ހާމަވާގޮތަށްބުނާނެ
ބައްލަވާ މަނިކުފާނުމެން ޤްރްބާން ވެގެން ގެނައި ހެޔޮބަދަލު ލިބޭލެއް ކިހާރީތިފުޅުތޯ. އެމްޑީޕީގެ މީހުން މިބޭފުޅުން ވެސް މޮޔަހައްދާލީއޭ. އަދި އިލްޔާސް ވިދާޅުވި ރައްޔިތުން ކައިރީ ދުޢާ ދެއްވިޔޭ. މިއަދު އެބޭފުޅާ ކޮބައިބާ ދުލުގައި ތަޅު އެޅުވުނީބާ. އެންމެން ކުޑަމިނުން ދިވެހި ރައްޔިތުން ގެ ކިބައިން މަޢާފަށް ވެސް އެދިލަން ޖެހޭ.
ކަލޭ ހާދަވަރެއް ތިއައަރްނީ އަންހެނުން ހިތާނުކުރުން ގޯހޭކޮޔާތީވެތަ؟
ދުއާ ދެންނެވި ވެރިން. ދެން އަތްޖަހާ
ދަރިންނޭ ހޭލާށެވެ. މީގެ ފަންސާހަކަށް އަހަރު ކުރިން މި ބައިގަނޑު މުހައްމަދު އަމީން ދީދީ ސިފަކުރަށްވާފައިވާގޮތް މިއަދު އޮންލައިން ނޫހަކުން ދުށީމެވެ. ވިސްނާ ހޭލާތިބޭށެވެ. މި ރާއްޖެ އަފްގާނަށް ހެދުމުގެ ވިސްނުން ގެންގުޅޭ ބަޔަކު އެބައުޅެއެވެ. ޕްރީސްކޫލްތައް ދަނީ ހިންގަމުންނެވެ. ޒުވާނުންނާއި ދުވަސްވީ މީހުންގެ ސިނކުޑިތަކަށް ދަނީ ސަވާރު ވަމުންނެވެ.
ތީ ރަސޫލު ޒަމާނު ހިލައެއްތަ
މިކަލޭގެ ހިފާ ހައްޔަރުކުރޭ
އިޔާޒު ބުނީ ރަނގަޅަށް.މިޒަމާނުގަ މިތިބީ ވަރައްޖާހިލުބައެއް!!!! ކޮންސައިންޓިފިކް ހެއްކެއް އޮތްކަމެއް 18 އަހަރު ނުވާނަމަ ޒަވާޖީ ހަޔާތެއް ނުފެއްޓެންވީ !!!! އެއީ އަސްލެއް އޮތްވާހަކައެއްނަމަ 14 އަހަރުގަ ދަރިންވިހާފަތިބި އަހަރަމެންގެ މައިންބަފައިން ތިބީހީ މޮޔަވެފަ . އެކަމަކު އެޔައްވުރެ ތުނި ރީތި ހަށިގަނޑުތަކެއް މޒަމާނަކު ފެއްނާކައްނެތް .ތިޔަ ހުޅނގުގެ މީހުން ތިފަލްސަފާ މާގިނަދުވހެއްނުވެ ދޫކޮއްލާނެ .
ކޮންމެ ކައްޓަކަސް އަންނަނިވި ކަންތައްތައް ހުއްދަވާނެ އެއްވެސް ގޮތެއް ނޯންނާނެ!!!!!
1) ރިބާ ހިމެނޭ ލޯނު
2) ރިސޯޓުތަކުގައި ރަލާ އޫރުމަސް ވިއްކުން
3) ފިރިހެނުން އަންހެން ހެދުން އެޅުން
4) އައުރަ ނިވާނުކޮށް އުޅުން
5) ހިލޭ ފިރިހެނުން ކުރިމަތީ އަންހެނުން ލަވަކިޔާ ނެށުން
6) އައުރާ ނިވާނުކޮށް ފެޝަން ޝޯ އަދި މޮޑެލް ކުރުން ނަމުގަ ކުރާ ކަންތައްތައް
7) ބައިތުން މާލު ދަވާލައިގެން ގޭގަ ނިދާ މެޝިނުން އަރާމު ހޯދުން (އަތް ކަނޑަން ޖެހޭނެ!)
8) މަރަށް މަރު ނުހިފުން
ތިޔަ ކިޔާ އެއްޗެއް ނޭނގުނު އެޒަމާނުގަ ޔަހޫދީން ނެގި އެއްޗެއް މިޒަމާނުގަ ރީތިކޮއްލައިގެން ނަގަމުން މިދަނީ ޖީއެސްޓީ އިންކަމްޓެކްސް ނަގަނީ މިޓެކުހަކީ އެޒަމާނުގަ ޔަހޫން ކުރަމުން އައިކަމެއް މިހާރު ސަގާފަތަކައް ހަދައިގެން މިނަގަނީ އެޒަމާނުގަ ނުކުރާކަމެއްމީ ގާނޫނެއްގެ އަލީގަ ކައިވެނި ކުރުން މަނާ ވަކި އުމުރެއް ހަމަ ނުވަނީސް
ރަސޫލު ޒަމާނުގައި އުޅުނު މައްކާގެ މުޝްރިކުންނާއި، ރާއްޖޭގެ ލާދީނީ މީހުންނާއި އެއްގޮތް
11 ގަޑިއިރު ކުރިން ( ޖޫން 25, 2021 )
އަސްތާ މަނިކާ ރޯއްޖާ Dr.Mohamed Iyaz ހާދަލަހޭ ސިކުނޑި މަސައްކަށް ކުރާވަރު.
ތިވަރަކުން މިކަމެއް ނުވާނެ.