އިންތިޚާބުތަކުގައި ނަތީޖާ ނެރެމުންދާ ރާއްޖޭގެ މައި ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމް އޮތީ ވަރަށް ބޮޑަށް ރޫޅި ބައިބައިވެގެން ގޮސްފައި ކަމަށާއި އޭގެ ފައިދާ ކުރާނީ އުމަރު ނަސީރަށް ކަމަށް އޭނާވިދާޅުވެއްޖެއެވެ.
2018 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ވަގުތުން ފެށިގެން އުމަރު ގެންދަވަނީ 2023 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރަސްމީކޮށް ފުރަތަމަ އިއުލާން ކުރެއްވި އެއް ބޭފުޅަކީ ވެސް އުމަރެވެ.
އުމަރު މިހާރު ގެންދަވަނީ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ގެ ނަމުގައި ސިޔާސީ ހަރަކާތެއް ވެސް ހިންގަވަމުންނެވެ. އުމަރާއެކު މި ހަރަކާތުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ރޭ ބައިވެރިވެވަޑައިގެން އުމަރު ވިދާޅުވީ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ބަލާއިރު "ސިޔާސީ ސުނާމީ" އެއް އަރައިގެން އަންނާނެކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
"ސިޔާސީ ސުނާމީ" ގެ ގޮތުގައި އުމަރު ސިފަ ކުރެއްވި ކަމަކީ ވެރިކަން ކުރާ އެމްޑީޕީގެ އިސް ދެ ލީޑަރުން ކަމުގައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށެވެ.
އުމަރު ލަފާ ކުރައްވާ ގޮތުގައި އެމްޑީޕީގެ ޓިކެޓުގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ސޯލިހްއެވެ. އަދި ރައީސް ނަޝީދު ވަކި ކެންޑިޑޭޓެއްގެ ގޮތުގައި އަމިއްލަ ގޮތުން ނޫނީ ޕާޓީއެއް އުފެއްދަވައިގެން ވާދަކުރައްވާނެ ކަމަށް އުމަރު ގަބޫލު ކުރައްވައެވެ.
މި އަރައިރުމުގެ ނަތީޖާއަކަށް ވެގެން ދާނީ އެމްޑީޕީ ފެއިލް ވުން ކަމުގައި އުމަރު ދެކެވަޑައިގަންނަވައެވެ.
"ސިޔާސީ ޕާޓީއަކަށް ލިބޭނެ ހުރިހާ ބާރެއް ލިބިފައި، ޑެލިވާ ނުކުރެވުން ވާނީ ޕާޓީއެއް ފެއިލް ވާނެ އެންމެ ބޮޑު ފެއިލް ވުން. ދެން އަނބުރާ އެމްޑީޕީއަށް ގެންނާނެ އާ ސްލޯގަނެއް ނޯންނާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި މައި ދެ ޕާޓީގައި ވެސް އޮތީ އަރައިރުންތަކެވެ. މައި ދެ ޕާޓީ ވެސް ގާތްގަނޑަކަށް ރޫޅިގެން ގޮސްފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. މިއީ އެ އިންތިޚާބު އުމަރަށް ކާމިޔާބު ކުރަން ފަސޭހަވާނެ ސަބަބުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"ދެ ޕާޓީ ރޫޅިފައި އޮތް ވަގުތެއްގައި އަޅުގަނޑަށް ވަރަށް ޔަގީން އަޅުގަނޑަށް މެދުން އަރާ ކާމިޔާބު ކުރެވޭނެ ކަން، މި ފަހަރު މިއީ އަޅުގަނޑުމެން ފިނިޝިން ލައިން ހުރަސް ކުރާނެ ފަހަރު،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ފުރުސަތު ދޭނީ ތިންވަނަ ފިކުރަކަށް ކަމަށެވެ. އުމަރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ތިންވަނަ ފިކުރު ތަމްސީލް ކުރައްވާ ކެންޑިޑޭޓަކަށް ވުމުގެ އަޒުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"2008 ގައި އެ ތަމްސީލް ކުރީ [ޖޭޕީގެ ލީޑަރު] ގާސިމް [އިބްރާހީމް] އާއި [ކުރީގެ ބަންޑާރަ ނައިބު] ހަސަން، 2013 ގައި ގާސިމް، ގާސިމް އެ ފަހަރު ވަރަށް ކައިރި ކުރި، 2023 ގައި އަޅުގަނޑު މި ބަލަނީ އެ ތަމްސީލް ކުރާނީ އަޅުގަނޑު ކަމަށް،" އުމަރު ވިދާޅުވިއެވެ.
2008 ގެ ރިޔާސީ އިންތިޚާބުގައި އުމަރު ވެސް ވާދަކުރެއްވިއެވެ. އެ ފަހަރު އުމަރަށް ލިބިވަޑައިގަތީ އެންމެ 1.5 އިންސައްތަ މީހުންގެ ވޯޓެވެ. ދެން 2013 ގައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގަތެވެ. 2018 ގައި ވެސް ވާދަކުރައްވަން ފުރަތަމަ ނިންމެވި ނަމަވެސް އުމަރު ފަހުން އެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވިއެވެ.
ޕީޕީއެމްގެ ސީނިޔަރ ލީޑަރ ޝިޕްގައި މައްސަލައެއް ހުއްޓަސް މެމްބަރުން ތިބީ ރައީސް ޔާމީނާއެކު. ރައީސް ޔާމީން ދައްކަވާ ކޮންމެ ކެންޑިޑޭޓަކީ ޕީޕީއެމް މެމްބަރުން ވޯޓްދޭނެ ކެންޑިޑޭޓެއް. އުމަރަށް ނެގޭނެ ފައިދާއެއް ނޯންނާނެ.
ބަދަލަކަށް އަޅުގަނޑު ވޯޓް ދޭނަން ޢުމަރަށް 😊
"ސުވީޓް ޑްރީމް" ކަރަފުޝަނު ގެ އަމަލު ހުންނަ މީގުން ގެ ހިޔަޅު ވާހަކަ
ރޫޅިފައޮތްނަމަ ރޫޅިފައޮތީ އެމްޑީޕީއާ ޑީއާރުޕީ! ހެހެހެ! އިންޝާއަﷲ ޕީޕީއެމް ޕީއެންސީ އޮތީ އަދި އޮންނާނީވެސް ބަދަހިކޮށް! ޕީޕީއެމް ޕީއެންސީ އިން ރިޔާސީ ކެނޑިޑޭޓަކަށްދެއްކި ކޮންމެ މީހަކަށް ޕީޕީއެމް ޕީއެންސީ ވޯޓުދޭނެ! އެ ވަރިހަމަ ޢުމަރުކަމުގަވިޔަސް! ރައީސްޔާމީން 2023 އިންޝާއަﷲ!
ޙުވާ މަ ހީހި ހަލާކު . ޚޮންމެ މީހަކުވެސް ރައީސް މީހާއަށް ވާހިތުން ދޯ.. ދިވެހި ރާއްޖޭގެ ވެރިކަމަކީ ހާދަފިނި ފޮނި އެއްޗެކޭ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
އިންސާނަކަށް ޖެހޭނެ އެންމެ ނުރައްކާތެރި ބައްޔަކީ ހިތް އާސްމާނަށް އެރުމެވެ.
އުމަރު މިހާތަނަށްޖެހި ހުރިހާ ހިސާބެނުބަ އިވެފަހުރީ.. ޕޕމ އަށް ބިންހެލުމެ އަ އްނަނީކަމަށްބުނި އެކަމަކު ހެލުނީ އުމަރާ އެކުތިބި ބު އްފުޅިކޯލިޝަންކުދިން..ދެން ބުނީ ރޔާމީނަށް ޕޕމ އިންލިބޭނީ ތޮށިގަޑުކަމަށް އެކަމަކު އެކަމެ އްވެސް ނުވި. ޕޕމގެ ހުރިހާ ޑާޓާތަކާ ފަ އިލްތަ އްވެސް ވީތަނެ އިގޭނީ އުމަރަށް.. އެ އްބަފާ ދެބެ އިންގެ ލޭގެގުޅުން ކެޑުވިމީހުންގެ ތެރޭގަ އުމަރުހިމެނޭ.. އުމަރުގެ މަގުސަދަކީ ޕޕމ ރޫޅާލުން މޑޕގެ ނަން އުމަރުކިޔަނީ އާ އްމުންނަ އޮޅުވާލަން..ކާލާމަންނަ ގެންގޮސް މޑޕ އަށް ލަ އިދިނީ އުމަރު.. އުމަރަ ތިހާގޯސްކުރާ މޑޕ އާ އެކު ގާސިމާ ކާލާމަންނަ ގުޅުނު އިރު ދަ އްކާނެވާހަކަ ހުސްވީތަ.. މިގަ އުމަށް އިންޑިޔާގެ ބަލާވެރިކަން ޖަ އްސާ ދީނަށް ގެ އްލުންދެމުންދާ އިރު އުމަރުގެ ދެޕާޓްނަރުން މިސަރުކާރުގަދެމި އެތިބީ..ޕޕމ ދެބަ އެ އްނުން ހަތަރުބަ އި ވިޔަސް ރޔާމީން ދުނިޔޭގަ ހުންނެވިނަމަ އެމަނިކުފާނު ވިދާޅުވާ މީހަކަށް ވޯޓުދޭން މިތިބީ ތަ އްޔާރަށް ބަ އިކުރެވޭމީހުން މިހާރުތިބޭނީ އުމަރާ އެކު... އިންޝާﷲ 2023ރޔާމީންގެ ފަހަރު..
ތިޔައީ އަދި މޮޔަވިސްނުމެއް އުމަރު ރާއްޖޭގެ ވެރިކަމަށް ބަލައިގަންނަ ނީ އާބާދީގެ %3 މީހުން އެހެންވީމާ ސޮރީ އަދި މިވަގުތަށް!
ނަނާ ހުވަފެން ނުބެލުމަށް އުމަރަށް ގޮވާލަން. މި ޤައުމު އެދި ގޮވަނީ މި ޤައުމު ތަރައްޤީ ކޮށްދެއްވައި ރައްޔަތުން ހެއްވާލި ކުޅަދާނަ ލީޑަރަށް. އިސްލާމް ދީނާ ޤައުމުދެކެ ލޯބިވާ ލީޑަރު ރައީސްޔާނީން އަށް އިންޝާ ﷲ 2023 އަކީ ރައިސް ޔާނީންގެ ފަހަރު. ކަން ކޮށްފަ ކަންތައް ކުރެވޭނެކަން 05 އަހަރުތެރޭ ރައްޔަތުންނަށް ވަނީ ދައްކާފަ،
ކަލެއަށް ފޮނި ކެޑިދާނެ ! ކަލޭ ކޮންމެ ނަމެއް ކިއާފަ ޕާރޓީހަދައިގެން މިޤައުމުގެ ވެރިކަމަށް ކުރިމަތިލިއަސް ކަލޭގެ ފަހަތުގައިތިބި އައުވާނުންފިޔަވާ ކަލެއަށް ވޯޓު ދޭނެ ބަޔަކު ނެތް ! ހުރިހާ ސިޔާސީ ޕާރޓީތަށް ރޫޅުނަސް ކަލޭ ބަލައިގަންނާނެ ބަޔަކު މިޤައުމަކު ނެތް ! ކަލޭގެ ފެންވަރު މިޤައުމުގެ އެންމެނަށްވެސް އެގޭ !
އުމަރަށް ވާދަކުރުމުގެ ފުރުސަތު ލިބުނަސް މަށެއް ދުންފަތް ލައިގެންނެއް ނުދޮހާނަން ، މުގާބޭ ޕާޓީ އަކީ ޑިމޮކުރަޓިކް ޕާޓީއެއް ނޫން މިހާރު ނުވެސް ނެތް ވާދަ ކުރާހާ ހިތްވަރެއް އެމީހުންގެ ތާކުންތާކު ޖެހޭ މީހަކަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދޭން ނުވެސް ކެރޭނެ އެކަމަކު އެމީހުންނަކަށް ނުލިބޭނެ ދެން އަންނަ މަޖިލިސް އިންތިހާބުގައި ދެ ގޮނޑިވެސް އެއްވެސް ކަމެއް ރަނގަޅުވާނެ ހެނެއް ހިޔެއް ނުވޭ ކީޕް ޑްރީމިން ޕާލް
100 ވޯޓުގެ ފައިދާ އެއްދޯ🤭
އުމަރަށް ފައިދާ ނަގަން އެނގޭނަމަ، އުމަރު ހުރީހީ ތިބުނާ މައި 02 ޕާޓީ ތެރޭން ޕާޓީއެއްގައި، އަމިއްލައަށް މާސްޓަރ މައިޑަށް ވެގެން އުޅުނަސް މުޅިވެސް ތިހަދީނީ ކޮސް ތިހެން އުޅުނީމަ އަގުވެއްޓުން ނޫންކަމެއް ނުވާނެ
އޭ އުމަރާ މޮޔަނުވޭ މަމެއް އުމަރަ ނޯ ބުނާނީ މަމެެއް ޕީ.ޕީ.އެމާ އެކު ދުންޔާ މޮޔަވޭ މައުމޫނާއެކުގައި އޯކޭ!
ޢުމަރާ ހީނުކުރައްވާތި އިންޝާﷲ ޔާމީނުވަރެއްނެތް ޕީޕީއެމް ވ. ސަޅި
އުމަރަށް ވަރަށް ގިނަ ކަންކަން ހައްލުކުރެވޭނެ. އެކަމު އުމަރާއެކު ތިބޭ މީހުން މާ ގިނަކޮށްފިނަމަ ވެރިކަމަށް އާދެވުނަސް ޖެހޭނީ ހަމަ އެއްތާކު. އުމަރާ އެކު ތިބި ބަޔަކު ހިތްހަމަޖައްސަދޭން އެތައް ކަމަކަށް ފަހުން މަޖްބޫރުނުވާނެ ގޮތަކަށް ކަންކަން ކުރީބައިގަ ބައްޓަން ކުރެވޭނަމަ ގައުމުގަ ހުރި މައްސަލަތަކަށް ހަގީގީ ނަތީޖާއެއް ނިކުންނާނީ. އުމަރު ވެރިކަމަށް އައިމަ އުމަރާ ދިމާކުރަން އޮންނާނެ ގައުމުގެ މައި 4 ޕާޓީ. އެއީ ވަރަށް ވަރު ހުންނާނެ ކަމެއް.
އުމަރާ ތީ ހަމަ ކޮށި ވިސްނުމެއް .
މިފަހަރުވެސް ފައިދާއަކަށްވާނީ އުމަރު ފެއިލްވުން.
އިސްލާމީ ޝަރީއަތް ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ﷲ ގަންދީ ހުވާކުރޭ.އުމަރަށް ވޯޓް ދޭން މިތިބީ ތައްޔާރަށް.އެވަރުގެ މީހަކަށްނޫނީ ދެން ވޯޓެއްނުދޭނަން.ހައްލަކީ އުމަރު.އުމަރަށް ވާނެ.
އަލުގަނޑު ވޯޓް އުމަރަށް ދޭނަން، ކެރިގެން މުޖަތަމައުގައި ހުރި ކަނަތައްތައް އިސްލާހުކޮށް ފިޔަވަޅުއަޅަން އުމަރުއަށް ކެރޭނެ