ގާނޫނުނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތައް އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާތީ އެ ބިލަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތައް ނަގައިފިއެވެ.

"ވަގުތު" އާއި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ އެ އިސްލާހުތައް ނެގީ ކޮމިޓީއަށް އަލުން ބިލު ފޮނުވާލަން ނިންމުމުން ކަމަށެވެ. އަދި އޭނާގެ ހުށަހެޅުއްވި އިސްލާހުތަކަށް ބިލް އަލުން ދިރާސާ ކުރައްވާއިރު ހައްލު ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވި ގޮތުން އެ އިސްލާހުތައް ނަގާފައި ވަނީ ކޮމިޓީގެ ރިޕޯޓް އިސްލާހު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ޔައުގޫބްގެ ފަރާތުން އިތުރު އިސްލާހުތަކެއް ހުށަހެޅުއްވީ ވެސް ކޮމިޓީން އިސްލާހުތައް ގެނައި މައިގަނޑު މާއްދާތަކަށެވެ.

މި ގޮތުން ޚިލާފް އުފެދިފައިވާ ކަންކަމުގައި ވަކި ރައުޔަތަކަށް މީހަކު ތާއީދު ކުރުމުން އިސްލާމީ ޝަޚްސިއްޔަތު ކަތިލާ ގޮތަށް ސިފަ ކުރުމުގެ ކުށަށް އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގައި ވަނީ އިސްލާމީ ޝަޚްސިއްޔަތަށް އުނިކަން ދީ އޭނާއަށް އަނިޔާވެރިވާން ގޮވާލުމަކީ ކުށަކަށް ހެދުމަށެވެ.

މުރުތައްދުވެއްޖެ ކަމަށް ދައުލަތުގައި ސާބިތުވާ މީހަކާ ދިމާއަށް ކާފަރު ގޮވުމުގެ އިސްތިސްނާ ހާލަތުގެ މާއްދާއަށް ވެސް އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގައި ވަނީ، ކުށަކަށް ވާނީ މުރުތައްދު ވެއްޖެ ކަމަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުން އެ ތުހުމަތު ކުރުމެވެ.

އޭނާ މިވަނީ މި ދެ އިސްލާހު ނަގާ ބިލު އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފުރުސަތު ދީފައެވެ.

"އަޅުގަނޑު ހުށަހެޅުއްވި އިސްލާހުތައް ނެގީ ކޮމިޓީއަށް އަލުން ބިލް އިސްލާހުކުރަން ފޮނުވުމަށް ނިންމުމުން. ކޮމިޓީއަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމިޓީއިން ބިލް އަލުން ދިރާސާ ކުރައްވާއިރު އަޅުގަނޑު ހުށަހެޅުއްވި އިސްލާހުތަކަށް ހައްލު ލިބިގެން ދާނެ. ދެން ކޮމިޓީން އަލުން ދިރާސާކުރުމަށްފަހު ވެސް، އެ ބިލު އަދިވެސް ގޯސްކޮށް އޮތް ނަމަ، އިސްލާހުތައް އަނެއްކާވެސް ހުށަހަޅާނަން" ޔައުގޫބް ވިދާޅުވިއެވެ.

އެ ބިލު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. MDP

    މިދެން ކާކުތަ؟ މާމޮޅުމީހަކަށް ވެގެން މިއުޅެނީ. ކާފަރުންކަމުގަ ވެގެނެންނޫންތަ ﷲ އަށާއި ﷲ ގެ ދީނަށް ގޮންޖަހާލާފަ ގާނުނުތައްހަދަން ނިކުމެ ތިތިބީއަޅެފަހެ.ﷲގެ ދީނުގައި އިންސާނުންގެ މެދުގައި ހުކުމް ކުރަންޖެހޭނީ ގުރްއާން އާއި ސުންނަތުގަވާގޮތައް އެޔަށް އެއްވެސް ބަދަލެއް ހިންހަމަނުޖެހުމެއް ނުގެނެސް ރުހިގަބޫލް ކޮއްގެން. ދެން މިމީހުން މިކިޔަނީ ކީކޭތަ؟ ކަނޑައެޅިގެން ސާފުކޮން ބަޔާންކޮއްފައި އެބަވޭ ގުރްއާންގަ ﷲ ގެ ދީނާ ޙިލާފަށް ހުކުމް ހަދާމީހުންނާއި އެހުކުމުން ހުކުމް ކުރާ މީހުންނާއި އެހުކުމްތަކަށް ރުހޭމީހުންނާއި އެހުކުމަށް ތަބާވެގެންތިބޭ މީހުންނަކީ ކާފަރުންނޭ. ބަލަގަމީ މަދައްކާވާހަކަ އެއްނޫނޭ. މީހަމަ ގުރުއާންގައި ވާގޮތް. ތިޔަގާނޫނުތައް ބަދަލު ނުކޮށް ކަލޭމެން ވެއްޖެ އެންނު މުސްލިމުން ތަބާވެގެންތިބި ގުރްއާން ބަދަލުކުރަން ތިހާ މޮޅިއްޔާ. މުސްލިމުންތަބާ ވާންޖެހޭ ފޮތަކީ ގުރްއާން ކަމުގަ ކަނޑައެޅިގެން އެންމެންވެސް ބުނަމުންދާއިރުގައި ގުރުއާނަކަށްވެސް ނެތެންނު ތަބާވެވޭކަަށް  މިދިވެހިރާއްޖޭގަ. ކަލޭމެންގެ ގާނޫނު އޮތްތަނުގަ ބާއްވާފަ ތިޔަގާނޫނުގަ ލިޔެލަންވީނު ދިވެހިރާއްޖޭގަ އެމީހަކު އުޅެންބޭނުންދީނަކަށް އުޅެވޭނެޔޭ. އެއިރުން އަހަރުމެން ނުކިޔާނަން ކަލޭމެންކައިރީގަ ގުރުއާނޭ ހަދީސޭ. ވަﷲ އަޢުލަމް.

    މިކޮމެންޓް ޖަހާލަދީބަލަ.