ފޭސްބުކް މެދުވެރިކޮށް ރާއްޖޭގައި ނަސޯރާ ދީން ފެތުރުމުގެ މަސައްކަތް ބަޔަކު ފަށައިފިއެވެ.
"ކިތާބުލް މުގައްދަސް ދިވެހި" ނަމުގައި ފޭސްބުކްގައި ހުޅުވާފައިވާ ޕޭޖަށް ލައިކްކޮށްފައިވާ މީހުންގެ އަދަދު 3,390 އަށް އަރައެވެ. އަދި އެ ޕޭޖަށް ފޮލޯ ކުރަމުން އަންނަ މީހުންގެ އަދަދު ވެސް 3,830 އަށް އަރައެވެ. މި ޕޭޖްގައި "ބައިބަލް"ގެ ދިވެހި ތަރުޖަމާ އެކި އެޕިސޯޑުތައް ހާމަކުރަމުން އެބަދެއެވެ.
މި ޕޭޖުގެ ހަގީގަތް ނޭނގި ގިނަ ބަޔަކު ޕޭޖަށް ލައިކް ދީފައިވާ އިރު، ބައެއް އާންމުންގެ ނުރުހުން ވެސް މި ޕޭޖަށް އަމާޒުވެފައިވެއެވެ.
އަބްދުﷲ ނަޝީދު ނަމުގައި އެ ޕޭޖަށް ކޮމެންޓް ކުރި މީހަކު ބުނީ ކްރިސްޓިއަން ދީން ފަތުރަން ނޫޅުމަށާއި އެމީހުން ތިބީ ހުށިޔާރުވެގެން ކަމަށެވެ. އަދި ގުރުއާނަށް ވުރެ ފުރިހަމަ ފޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
"މާތް ﷲ ގެ ވާގިފުޅާއެކު ކަލޭމެންގެ މަސައްކަތް އަހަރުމެން ނާކާމިޔާބު ކުރާނަން. އިންޝާ ﷲ،" އަބްދުﷲ ނަޝީދު ލިޔެފައިވެއެވެ.
މި ޕޭޖަށް ކޮމެންޓް ކުރި އެހެން މީހަކު ބުނީ ދިވެހިންގެ ބަޔަކު ކިތަންމެ ވަރަކަށް ނަސޯރާ ދީން ފަތުރަން އުޅުނު ކަމުގައި ވިޔަސް މި ފަސްގަނޑުން އެކަމަށް ޖާގަ ނުދޭނެ ކަމަށެވެ. އަދި އިނގިރޭސި ވިލާތަށް ގޮސް، އެ ދީން ފަތުރަން އޭނާ އެދިފައިވެއެވެ.
ދިވެހި ޒުވާނުންތަކެއް އިސްވެ މި ޕޭޖާ ދެކޮޅަށް މީސް މީޑިއާގައި ދަނީ ކެމްޕެއިނެއް ކުރަމުންނެވެ. އެގޮތުން ޕޭޖަށް އަންލައިން ކުރުމަށާއި ޕޯސްޓްތައް ޝެއާ ނުކުރުމަށް އެ ޒުވާނުން ދަނީ ގޮވާލަމުންނެވެ. މި ޕޭޖާ ބެހޭ މައުލޫމާތު ވީހާވެސް ގިނަ ބަޔަކާ ހިއްސާކޮށް މީހުން ހޭލުންތެރިކޮށްދިނުމަށް އެ ޒުވާނުން އެދެއެވެ.
ރާއްޖޭގައި ނަސޯރާ ދީން ފެތުރުމުގެ ބޭނުމުގައި ފޭސްބުކް ޕޭޖެއް ހިންގަމުން އަންނަ އިރު، އެ ދީން ފެތުރުމަށް ޓިކްޓޮކްގައި ވެސް ވަނީ އެކައުންޓެއް ހުޅުވައިފައެވެ. "މޯލްޑިވިއަން ކްރިސްޓިއަން" ގެ ނަމުގައި ޓިކްޓޮކް އެކައުންޓެއް ހަދައި، ނަސޯރާ ދީން ފެތުރުމުގެ ގޮތުން ވީޑިއޯ ޕޯސްޓް ކުރަމުންދާ އެކައުންޓެއް ވަނީ ފާހަގަ ކުރެވިފައެވެ.
މި އެކައުންޓުން ޕޯސްޓް ކޮށްފައިވާ ވީޑިއޯތަކުގެ ތެރޭގައި އީސާގެފާނާއި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އަޅައި ކިޔައި، ނަސޯރާ ދީނަށް މީހުން އަހުލުވެރިކުރުވުމެގެ މަސައްކަތް އެމީހުންގެ ޓިކްޓޮކް ވީޑިއޯތައް މެދުުވެރިކޮށް ދަނީ ކުރަމުންނެެވެ.
ޓިކްޓޮކް އަކީ ދިވެހިންގެ ތެރޭގައި މަގްބޫލު އެޕްލިކޭޝަނަކެވެ. ގިނަ ބަޔަކު މި އެޕްލިކޭޝަން ބޭނުންކުރަމުން ދާއިރު، މީގެ ތެރޭގައި އެކި ކަހަލަ ކޮންޓެންޓް ވީޑިއޯ ހަދައި އަޕްލޯޑް ކުރާ މީހުން އުޅެއެވެ.
އޭގެ އިތުރުން ދިވެހިންގެ ތެރޭގައި އެއްޖިންސުން ގުޅުުން ހިންގުމަށް ހިތްވަރުދީ އެފަދަ އަމަލުތައްކޮށް ރާއްޖޭގައި ފައިސާ ހޯދަން ފަސޭހަވާނެ ކަމަށް ބުނެ، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ އެކައުންޓެއް ހިމެނެއެވެ. މި އެކައުންޓުގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯތަކުގައި ވާހަކަ ދައްކާފައި ހުންނަނީ ދިވެހި ބަހުންކަން ފާހަގަ ކޮށްލެވެއެވެ.
ތިފަދަ ބޮޑު ޕްރޮޖެކްޓެއް ފައްޓާވާ ދެއްވަންތޯ ލަންކާ އަށް އެ ނުރަސްމީ ދަތުރަކު ދިޔައީ؟ ނުގޮސް ނުވީމަތާ ލަންކާގަ ކޮވިޑް ހާލަތު ގޯސްވަމުންދާ ކަމަށް ލަންކާ ސަރުކާރުން ގޮވަގޮވާ އޮއްވާ އެ ދިޔައީ. ތިހުރީ މި ޤައުމަށް އީސީ ޝަރީފު ދީފަ ހުރި ވަރުގަދަ ވެރިއެއް. ހުރިހާ ޒިންމާ އީސީ ތިމަރަ ޝަރީފް ނަގަން ޖެހޭނެ ދުވަހެއް އަންނާނެ. އިންޝާ ﷲ.
އިރާދަ ކުރެއްވިއްޔާ ތިކަން ކުރަން ތިއުޅޭ އިނބިލީހުންގެ މަސަކަތް ކާމިޔާބެއް ނުވާނެ. އިންޝާﷲ
މިކަން ކުރާ މީހުނަށް ހަރުކަށި އަދަބު ދިނުމަށް ސަރުކާރަށް އަންގަމެވެ.
ނަޞާރާދީން ފެތުރުމަށް ތިޔަކުރާ މަސައްކަތް މާތްﷲ ގެ ވާގިފުޅާއެކު އިންޝާﷲ ކާމިޔާބެއް ނުވާނެއެވެ. ސަތޭކަ ޕަސެންޓް މުސްލިމުންގެ ނަމުގައި ތިބެގެން ހެޔޮނުވާނެ ތިޔަފެންވަރަށް ވެއްޓެން.
ސަތޭކަ ޕަސެންޓް މުސްލިމުން ކަމަށް އޮންނަނީ ހަމައެކަނި ފޮތެއްގަ ލިޔެފައޭ އެކަމަކުވެސް މީހުންގެ ވިސްނުމާ ފިކުރު ދަނީ ބަދަލުވަމުން. އަހަރެމެންނަށް ދުނިޔެއަކީ ސަތޭކަ ޕަސެންޓް މުސްލިމް ތަނެކޭލިޔެފަ ބޭއްވިދާނެ އެކަމަކު އެނުވާނެ ހަގީގަތަކަށް.
އެންމެން އެކުގައި ހިނގާ ރިޕޯޓް ކުރަން.. ކީއްވެ ސަރުކާރުން މިކަހަލަ ޕޭޖް ތަކަށް ނުވަދެވޭ ގޮތް ނުހަދަނީ.. މީ ފަހު ޒަމާން.. ހުރިހާ ކަމެއް ފާޅު ވާނެ.. އިންޝާﷲ އެމީހުން އަށް މި ފަސްގަޑުގަ އިސްލާމް ދީން ނޫން ދީނެއް ގެންނަން ފުރުސަތެއް ދީގެން ނުވާނެ.
ރާ ނުބޯ މީހާ ރާނުބޮނީ ސަރުކާރުން ރާ އެތެރެ ކުރުން ހުއްޓާލީމައެއް ނޫން. ބޭނުން ވަރަކަށް ރާ ލިބެން ހުންނަ އިރު ވެސް އެމީހާ ނުބޯނެ.
ބައިބަލް އެތެރެ ކުރިޔަސް އެންމެންނަކު ނުކިޔާނެ. ކިޔަސް އީމާނެއް ނުވާނެ ނުވާނެ މީހަކު. ދެން ތިޔަހާ ބިރެއް ތިޔަ ނަގާ ސަބަބެއް ނިކަން ބުނެބަލަ
ދެން ބޭނުން ނުކުރާ ބޭކާރު އެއްޗެހި ތަކެއް ޤައުމަށް އެތެރެ ކުރަނީ ކީއްކުރަން؟
ޒުވާނުންގެ ތެރޭ ރަލާއި މަސްތުވާތަކެތި ނުބޯމީހުން މަދު ބޯމީހުނަނަށްވުރެ، ލިބުން ފަސޭހަ ވެފަ، އެތެރެ ކުރެވޭ އަދަދު ގިނަކަމުން. ބައިބަލްގެ ދިވެހި ތަރުޖަމާ ލިބި އެބަލާމީހުން ގިނަވެއްޖިއްޔާމު އެއަށް އަމަލުކުރާމީހުން ގިނަވާނެ! ރަނގަޅުވާހަކައެއް، އެބެލިޔަސް އަމަލު ނުކުރާމީހުންވެސް ތިބޭނެ!
ޙައްޤު ދީނަކީ ހަ މައެކަނި އިސްލާ މްދީން ކަ މުގައިވާއިރު، އެދީނުގައި އަ މުރުކުރައްވާފައިވާ ކަންކަ މަށް ޢަ މަލުކުރު މާއެކު ނަހީކުރައްވާފައިވާ ކަންކަން މަނާކުރަންވެސްޖެހޭ. އިސްލާ މްދީނުގެ ޢަޤީދާއާ ޚިލާފު ވާހަކަތައް ފެތުރުން މަނާކޮށް އެކަ މަށް ހުރަސްއެޅު މަކީ އިސްލާ މީ ސަރުކާރުތަކުން ކުރަންޖެހޭ ކަ މެއް. ހަ މައެކަނި އާން މުންނަކަށް އެކަހަލަ ކަންކަ މެއް ނުހުއްޓުވޭނެ.
ތީމާކުރީ ޒަމާނުގެވިސްނުމެއް. އެއީ ﷲ އަންގަވާފައިވާ ގޮތް ވީމަ. ރާއްޖެއްކީ އިސްލާމިކް ކޮމިއުނިޓީއެއް.
މިކޮމިއުނިޓީގަ ހިފަހައްޓަން ބޭނުންވަނީ އިސްލާމީ އަގީދާ.
އަހަރެންގެ ދަރިންނަށް ދައްކާކައް ބޭނުމެތް ނެތް މީހުން ރާބޯތަނެއް. ކޮމިއުނިޓީ އަކައް އިހްތިރާމު ކުރުމަކީ ތި އޯޕޭން މައިންޑެޑް މީހުންގެ ނެތް ސިފައެއް.
ހަމަބުއްދިން ވިސްނާފަތޯ ހަމަ ތިހެން ތިބުނަނީ ؟ ނޫނީ ދުލުން އެހެން ބުނެލަން ފަސޭހަވެފަ މީހުން އަނގަ ބަންދު ވާނެކަމައް ހީކޮއްފަތޯ؟ ވިސްނުން ތަންކޮޅެއް ތަރައްގީ ކޮއްލަން ފެޏޭ
ކީއްވެ ކަލޭމެން ތިޔަހާ ބިރެއް ތިޔަ ގަންނަނީ؟ ގުރުއާން ތަރުޖަމާވެސް އެއޮތީނު؟ ކަލޭމެންގެ ދަންނަ ބޭކަލުންވެސް އެތިބީނު؟ އީސާގެފާނުގެ ކިބައިގައި ގޯހެއް ކަމުނުދާ ސިފައެއް ވާނަމަ ކަލޭމެން ވެސް އެކަމެއް ދައްކައި ހާމަކޮށްދޭންވީނު؟
އީސާގެފާނުއަހަރުން ޤަބޫލުކުރަމޭ. އެކަމަކު ޢީސާގެފާނުގެ ދީނެއް ނޯންނާނެއޭ. ހަމައެކަނި އޮންނަ އަދި އޮތްދީނަކީ އިސްލާމްދީނޭ. މީހާ. ވިސްނޭތަ؟ ޤުރުއާނުގައިވެސް އޮތީ މިހެންނޭ މީހާ
އެސައިޓުތަކަށް ނުވަދެވޭ ގޮތް ހެދޭނެ. ކީއްވެ ނަހަދާ އެތިބީ؟ ކީއްވެ ފިޔަވަޅުނާޅާ އެތިބީ؟ އެއީވެސް ހުސް ނަޞާރާއިން.
އޭ "މީހާ". ތިޔައީ ތަންދ ދޮރު ނޭނގޭ މީހެއްކަން ސާބިތުވެއްޖެ. އަހަރެމެން މުސްލިމުން ހުރިހާ ރަސޫލުބޭކަލުންނަށް އިޙުތިރާމް ކުރަން. ކަލޯ ތިބުނާ ނަސޯރާއިންނަށްވުރެ ބޮޑަށް އަހަރެމެން
މުސްލިމުން ޢީސާ ޢަލައިހިއްސަލާމްއަށް ކަމޭހިތަން. މި "މީހާ" އަށް ތަން ދޮރު ފިލުވައި ދޭނީ ކާކު؟
ބަލަ މިހިރަ ތަނެއް ދޮރެއް ވަކިނުވާ ގަމާރާ!!! ބިރުން އުޅެނީ މުސްލިމުންނެއް ނޫން. މުސްލިނުމްންނައް އިނގޭ އާހިރުގަ މުސްލިމުންނައް އޮތީ ކާމިޔާބުކަން! ބިރުން ތެޅެނީ ކަލޭމެން. އެއީ ކަލޭމެނައް އިނގޭ އާހިރުގަ ނިމުން ވަރައް ހިތިވާނެކަން. އަލިފާން ކާން ޖެހޭނެކަން. އެކަމަކު ދެރަކަމަކީ ކަލޭމެނައް ހުރިހާކަމެއް އެނގިތިބެ ހަލާކުވެގެން ދާތީ. އެއީ ސައިތާނީ މަޖުބޫރު ކަމަކުން. އެހެންނުވާނީވެސް އިނބިލީހުންނައްވެސް ކައިލެވޭނީ ތިކަހަލަ ތަނެއްދޮރެއް ނޭންގޭ އަގީދާ ބަލިކަށި މީހުންގެ ބޯވިއްޔާ!!! ދެންވާނީ ކިހިނެއް؟ ނޯޓް: ހުރިހާ ޖިންނީންނާ އިންސީން އެކުވެގެން ވިޔަސް ގުރުއާނައްވުރެ ފުރިހަމަ އެއްޗެއް ނުހެދޭނެ. އެއްމެ އާޔަތެއްވެސް...
ތިކަ މާގުޅެނީވެސް ނަފުރަތުގެބިލާ.. އެބިލު ފާސްނުކުރަނީސް ތިކަ މާދެކޮޅަށް ބޭނުންއެއްޗެއްބުނޭ !! އެބިލުފާސްކުރު މުން ތިކަ މާދެކޮޅުހެދު މަކީ ބޮޑުވެގެންވާ ޖިނާއީކުށަކަށްވާނެ !! އަލިފު ހާ
ސީދިބެ ބޭސްފަރުވާއަށްގޮސް ކުރާބޭހަކީތިއީ..
މީހުންގެ ވިސްނުމާ ފިކުރު އެއީ ހިފެހެއްޓޭނެ އެއްޗެއްނޫން އެކަމަކު އެއީ އަނިޔާވެރިކަން ނަމަ އެއާ އިދިކޮޅަށް ތެދުވަންޖެހޭނެ ދުނިޔޭގަ އުޅޭނީ ހުސް މުސްލިމުންނެއްނޫން ހަމަ އެގޮތައް ރާއްޖޭގަވެސް. ވަކި ބިމަކަށް އުފަންވީތީ އިސްލާމްދީން ދޫކޮށް ލައިފިނަމަ ގައުމުން ބޭރުކުރުން އެއީ ބަލައިގަނެވޭނެ ކަމެއްނޫން އަހަރެންމީ މުސްލިމެއް. ކާފަރުންނަށްވެސް އުޅެވެން ޖޭހޭނެ ހުރިހާ ދީންތަކަށް އިހްތިރާމްކުރުން އިސްލާމް ދީނުގައޮވޭ. މިކޮމެންޓް ޖަހައި ނުދިނަސް ގައިމު ކޮންމެސް މީހަކަށް ފެނާނެތާ.
ހަނދާންނައްތާލާ ލާހިކެއްނޫން ތިކަންކުރާކަށް މީދިވެހީން ތިކަންކުރަން އެހެންޤައުމަކަށްދޭ ނޫނީ މިތާއުޅޭ އެމްޑީއެންނާ އެކުކޮންމެސް އެހެންކަމެއްކުރޭ
މި ޕޭޖާ ބެހޭ މައުލޫމާތު ވީހާވެސް ގިނަ ބަޔަކާ “ހިއްސާކޮށް މީހުން ހޭލުންތެރިކޮށްދިނުމަށް އެ ޒުވާނުން އެދެއެވެ.”
ރާއްޖެއައް މަސްތުވާތަކެތި ތައާރަފު ކުރީވެސް ހަމަ “އެގޮތައް. “ޙޭލާ
ޕޭޖުން އަގެއް ނަގައިގެން ކޮއްދިން އިޝްތިހާރެއްބާ؟
ސަރުކާރުގަ އެހިތްވަރެއް ނެތް.
އިންސާނާގެ އުމުރު ހުސްވެދާނެ ހީވެސް ނުކުރާހާ އަވަހައް މަރުވުމައް ފަހުގައި ތިނުބައި ވެގެން އުޅޭ މީހުން ނަރަކައައް ގެންދަވާށި ތިއީއެއްވެސް އަގެއް ހުރިބައެއްނޫން
މިކަންތައްކުރަންރޭވީ އެބުނާބިލެއްފާސްކޮއް އެބިލުގެ ހިމާޔަތުގަތިބެ މިނިވަންކަމާއެކީ ވ ބާރައް. އެގޮތަެއް ކަންތައްނުވުމުން އެންމެފަހުން އެނުބައި ލާދީނީ އަދިރި ހަރުކަށި ދައުލަތުގެ ރައީސް އޭނަގެ އެޖެންޑާއިގެން ކުރިޔައްދަނީ.
އިންޝާﷲ މި ގައުމުގައި ނަސޯރާ ދީނެއް ބުދުދީނެއް އެހެން ދީނެއް ނުހިނގާނެ. ތާރީޚް ބަލާށެވެ...މިއަދައްވުރެ މާ ނިކަމެތި ބާރެއް ނެތް ދުވަސްތައްވެސް ވަނީ ރާއްޖެ އިސްލާމްވިފަހުން ގޮސްފައެވެ. ދުވަހަކުވެސް އެއްވެސް ތިފަދަ ކަމެއް މިރާއްޖެއަކު ކާމިޔާބެއް ވެފަކާއެއް ނެތެވެ. އެއީ ދިވެހި ރައްޔިތުންނަކީ މާތް ﷲ ބާއްވައިލެއްވި އިސްލާމް ދީން ދެކެ ލޯބިވާ އަދި މާތް ރަސޫލާއަށް އިހްތިރާމް ކުރާ އަދި ލޯބިވާ ބަޔަކައް ވާތީއެވެ. އަދި ރާއްޖޭގައި ބަޔަކު ފާފަކުރިޔަސް އެމީހުންގެ ހިތްތަކުގައި އިސްލާމް ދީނާއި އެދީނަކީ ހަގީގަތްކަން ކަށަވަރު ވެފައިވާތީ އަދި ތިޔަކަމެއް ކާމިޔާބެއް ނުވާނެވެ. މާތް ރަސްކަލާނގެ މިގައުމައް ހިދާޔަތް ދައްކަވާފައިވަނީ އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅުން ދިވެހިން މުސްލިމުންގެ ގޮތުގައި ލެއްވުމައް އެކަލާނގެ ރަހުމަތުން ކަނޑައަޅުވާފައިވާތީއެވެ. މިކަމައް ދެން ފޭސްބުކެއް ޓުއިޓާއެއް އެހެން އެއްޗަކުން ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. ސަލާން.
މީގެ މަޖާ ތަންކޮޅަކީ އެއްޖިންސުން ގުޅުން ހިންގާ މީހުން ވެސް މިކަން ކުރަން ބޭނުންވަނީ އިސަލާމް ދީނުގަ ހުރެގެން 😂.
ކާފަރު ދީން ފަތުރާ މީހުން ބުނަނީ އެމީހުންނަކީ ވަރަށް "އޯޕެން މައިންޑެޑް" މީހުންނޭ. އެކަމު މިމީ ހުނަނަކަށް ނޭނގެ ކޮމިއުނިޓީ އެއްގަ ހިފަހައްޓާފަ ހުންނަ "އެތިކްސް" ތަކައް އިހްތިރާމަ ކުރާކަށް. ރާއްޖެއަކީ އިސްލާމިކް ކޮމިއުނިޓީ އޮންނަ ގަައުމެއް. "އޯޕެން މައިންޑެޑް" ނަމަ އެއައް އިހްތިރާމް ކުރަން އިނގޭނެ ކަންނޭނގެ.
މާތް ﷲ ވަހީ ކުރައްވާފަވާ އާޔަތެއްގަ އޮންނާނެ، "އެބައިމީހުން ހިތާ ހިތާ ބުނާނޭ، ތިމަންމެން ކާފިރުވިފަދައިން އެބައި މީހުންވެސް ކާފިރުވެދާނެ ނަމައެއެވެ.".
އަޅުގަނޑުމެން ތިބެންވާނީ އަބަދުވެސް މިކަހަލަ މީހުންނަށް ސަމާލުވެގެން.
ﷲ އެންމެނަށް ހެޔޮމަގު ދައްކަވާށި.
ޕޮލިސް 5 އަހަރަށް ނިދީތަ؟
އެޖެންޑާ 19 ވަރަށް ތަފާތު ވާނެ 2023 އަންނަންދެންވެސް/ އެއަަންނަނީ ހުޅަނގުފަރާތުން . އެެެހެންވީމާ މުސްލިމު ގައުމެއްގައި މިކަހަލަ އެޖެންޓް އެޖެންޑާ ވަރަށް ފުޅާކޮށް ގައުމުގެ ފެންޑާ ތެރެއަށްވެސް ވަންނާނެ! . މިހާރު އެއަންނަނީ އެޖެންޑާ އިން އެޖެންޓުންނަށް ވީ ވައުދުތަކުގެ ފަހު އެޕިސޯޑުތައް، އެކި ކަރަކަރައިންނާއި އެކި ދިމަދިމާލުން އަންނާނެ! މައި އެޖެންޑޓް އެ ހަމަ ހުބުޅުތެޅެނީ ގައިންނާއި ބޮއޮ ބޮއެ ބޮއެގެން އޮވެ!
މީގެ ފަހަތުގަ ތިބޭނީ އިންޑިޔާ މީހުން
މިކަމާ ދެކޮޅައް ނިކުމެތިބި ޒުވާނުންނައް ކާމިއާބު ދެއްވާށި އާމީން