ޅ. ކުރެންދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ދިވެއްސަކު ގެނބިގެން ފަރުވާ ދޭން ފަށައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކުރެންދޫ ކައިރީގައި އޮންނަ މަޑުއްވަރީ ނަމަކަށް ކިޔާ ފަޅު ރަށަކަށް ގޮސްގެން އުޅެނިކޮށް ގެނބިފައި ވަނީ ނައިފަރަށް އުފަން އުމުރުން 28 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ އަށް މިހާރު ފަރުވާދެމުން އަންނަނީ ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.

މި ދަތުރުގައި ބައިވެރިވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަ ކުދިންނެވެ. އަދި ދެ ފިރިހެނުން ވެސް ދަތުރުގައި ބައިވެރިވި ކަމަށްވެއެވެ.

"އެތެރެހައްޓަށް ވަރަށް ބޮޑަށް ފެން އެޅިފައިވާ ކަމަށް މައުލޫމާތު ލިބެނީ،" ޒުވާނާގެ ގާތް މީހަކު ކިޔައި ދިނެވެ.