ކޮވިޑް-19 ގެ ވޭދަނަތައް ފެނުމާ ގުޅިގެން ށ. ފީވަކާއި މ. ކޮޅުފުށި މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.
އެނގިފައިވާ ގޮތުގައި ފީވަށް މޮނިޓަރިން ހާލަތަށް ގެނައީ އެ ރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ތިން ސުންކެއް ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. ކޮޅުފުށި މޮނީޓަރިން ހާލަތަށް ގެނައީ ބަލީގެ އަލާމާތްތައް ހުރި ބައެއްގެ ސުންކު ނަގައިގެން ކޮވިޑަށް ފައްސިވުމުންނެވެ.
މިހާތަނަށް އައިއިރު ކޮޅުފުށިން 16 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.
މި ދެ ރަށަށް އަރައި ފޭބުން މަނާ ކުރުމަށް ފަހު، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
އެ ދެ ރަށާ އެކު، މިހާރު އަރައި ފޭބުން މަނާކޮށްފައި ވަނީ 12 ރަށަކަށެވެ.
އެއީ ކޮޅުފުއްޓާއި ފީވަކުގެ އިތުރުން ޏ، ފުވައްމުލައް، އއ. ތޮއްޑޫ، ރ. ދުވާފަރު، ގއ. ކޫއްޑޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ، ހދ. ހުޅުދުއްފުށި، ހދ. ދިއްދޫއެވެ.
ބޮޑެތި މީހުން މޮނިޓަރިންނަށް ލައިފައިވާ ރަށްތަކުން ރަށަށް އައީމަ.. އެބައިމީހުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރީމަ އެކަން ކުށްވެރިކުރާނެ މީހަކު ނެތް.. މިކަމުގެ ޒިންމާ ފަހަރި ނަގަންވާނެ..
ރަށަށް އަންނަހިތުން ނުހުރެވިގެން މިއައީ އައިމާ ލިބުނީ ލަނޑެއް ހުރީކޮވިޑްޖެހިފައި ރައްޔިތުން ރަތައް