އައްޑޫސިޓީ ކައުންސިލުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ތިބި އާއްމުންގެ ބިންތައް އަތުލި މައްސަލަ ކޯޓަށް ވައްދައިފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވަށައިގެން ހުރި ބަންޑާރަ ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫސިޓީ ކައުންސިލުން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެއާއި އެކީ ގިނަ ބަޔަކު އެކަމާއި ގުޅިގެން ސިޓީ ކައުންސިލަށް ފާޑު ކިޔާފައެވެ. އަދި ގިނަ ބަޔަކު ވަނީ ބިންތައް ނުނެގުމަށް ވެސް އެދިފައެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިން ނެގުމަށް ކައުންސިލްގެ ކުއްލި ސިއްރު ބައްދަލުވުމަށް ހުށަހަޅާފައިވަނީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުއެވެ. އެ ހުށަހެޅުމަށް ކައުންސިލްގެ 10 މެމްބަރަކު ވަނީ ތާއީދު ކޮށްފައެވެ.
ގިނަ ރައްޔިތުންގެ ބިންތައް ކައުންސިލުން ނަގާފައިވާތީ، އެފަރާތްތަކުން ވަނީ މިއަދު އެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ވައްދާފައެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި 18 ވަރަކަށް މީހުން ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައިގެ އަޑު އެހުންތަ އާދިއްތަ ދުވަހު ބާއްވާނެއެވެ.
ގޯތި ނަގާފައިވާ ގިނަ ރައްޔިތުންގެ ފަރާތުން މިއަދު ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާއިރު، އެމައްސަލައާއި އެކީ އެފަރާތްތަކުން ވަނީ 200 މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ. އެ ޕެޓިޝަނުގައި ރައްޔިތުންގެ ކަންކަމުގައި ކައުންސިލް އިދާރާގެ ފަރާތްތަކާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށް ވަނީ އެދިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓަށް މައްސަލަ ވެއްދުމަށް ފަހު ބައެއް ފަރާތްތަކުން މިހާރު އަންނަނީ ގޯތި އަތުލި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅާނެ ހާލަތެއް އޮއްތޯ ބަލައި އެކަން ދިރާސާ ކުރަމުންނެވެ.
އެތައް ސަތޭކަ ބަޔަކު ބިން ނުލިބިފައި ތިއްބައި ވަކިބަޔަކަށް އިއުލާންކުރުމެއްނެތި ކުރިން ލޭންޑް ޔޫޒްޕޮލެންގައި ގްރީންޒޯންގޮތުގައި އޮތް ބިމެއް ވަކިބަޔަކަށް ބަހާލުމަކީ ބަލައިގަނެވޭނެ ކަމެއްނޫން
މޭޔަރ އަދި މޭޔަރގެ އާއިލާ އަށް ނިސްބަތް ވާ ދެ ބިން ތިޔަ ވިދާޅުވާ ގްރީން ޒޯނުގަ އެބަ ތިބި. ދޮތްތޯ. ޢެ ވެސް ވާނެ ނޯންތޯ ނެގެން؟
ބަންޑާރަ ބިން ދަ އުލަތަށް ބޭނުންވުމުން އަދުލުވެރި ބަދަލުދީ ނެގޭނެ. ތީ ތަރިކަ މުދަލެ އް ނޫން.
ތިމައްސަލަ ޝަރީޢަތުން ނިމެން ކިތަން އަހަރު ވާނެބާ؟
ނިޒާރުގެ ޢަމަލުން ހީވާނީ މާޔަރުކަމަށް ބަޔަކަށް ޒާތީ ހަސަދައެއް ފިލުވާލަންވެގެންހެން!
ކައުންސިލަށް ލާރި ހޯދަން ބޭނުންނަމަ ޝަގްޑްރިއްލާ އާއި ދެންވެސް ތިބި ރިސޯޓްތަށް ހުޅުވާބަލަ! އިތުރު ރިސޯތްތަށް ގެނެސްބަލަ! މަސްވެރިކަން ކުރުވާބަލަ! ކޮންމެހެން ރައްޔިރުންގެ ބިން ނަގާނެ ކަމެއްނެތް!!!