މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހިދުމަތްތަކާއި ގުޅޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގައި ދީފައިވާ ލަފާއަށް އަމަލުކުރުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގަތުމަކީ އެހާ އެދޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު ރާއްޖެ ވަޑައިގަންނެވުމާ ގުޅޭ ގޮތުން ނޫހެއްގައި ލިޔެފައިވާ އާޓިކަލްއެއް ހިއްސާކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަންވެސް ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އެހެން ވިދާޅުވާން ޖެހިވަޑައިގަތް ސަބަބަކީ ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައި ހުރި ގޮތުންނެވެ.

ފަންސާހަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ.

މި ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހިމެނޭއިރު، މަޖިލީހުގެ ވެބްސައިޓްގައި އެ ރިޕޯޓް އާންމު ކުރާނީ އެ ބައިތައް އުނިކުރުމަށް ފަހުގައެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނެއެވެ.

ނަޝީދުގެ ސެކުއިރިޓީއަށް ހުރި ހުށަހެޅުންތައް

  1. ނަޝީދުގެ ތްރެޓް ލެވެލްއާ އެއްވަރަށް ސެކުއިރިޓީ ފޯރުކޮށްދިނުން
  2. ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ތްރެޓް އެސަސްމަންޓްތަކަށް ފަހު ދެވޭ ހުށަހެޅުންތައް ތަންފީޒު ކުރުން
  3. ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގެ ހުރިހާ މެންބަރުންނަށް ގަވާއިދުން ތަމްރީންތައް ދިނުން
  4. ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ގާޑުން ހަތިޔާރާއެކު ފޯރިމެރުން
  5. ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓާ ކުރުން
  6. ނަޝީދުގެ ގެކޮޅުގެ ކްލޯސް ޕްރޮޓެކްޝަން ޕްރޮސީޖާ ކަނޑައަޅައި އެއަށް ގާޑުން ތަމްރީން ކުރުން
  7. ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުން
  8. ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމަން ކާރުކޮޅެއް ކަން ކަށަވަރު ކުރުން
  9. ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ހުރި ފަރާތްތައް ހިމެނުން
  10. ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓިމުގެ ފަރާތްތައް އަހަރަކު އެއް ފަހަރު މުރާޖައާ ކުރުން

ނަޝީދުގެ އާއިލާއިން ވިދާޅުވި ގޮތުގައި އެމަނިކުފާނު ރާއްޖެވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރެފްރީ

    މަވެސްތިގޮތަށް ބޮޑުވަޒީރުކަންކޮށްފާނަން!!
    އޮފީ ހަށްނުނިކުމެ ބޮޑާ ހާކާލަ ހާކާލާ ބޭރުގައުމެއްގަމަޖާކުރަން މަވެސް ހުރެފާނަން

    15
    • ޏަވިޔަނި

      މަރަށް ބިރުގަންނަނީ ދޯ؟؟؟ ޢަބަދަ ކު ނުހުރެވޭނެ... ވަގުތުޖެހެން ދެން ފުއްޕާފަ އުޅެވިދާނެ

    • ޚާރު

      ޢިންޑިޔާ ސިފައިން ލައިން ސަލާމަތް ހޯދާ

  2. Anonymous

    އުމަރު ބުން އަބްދުލް އަޒީޒު ގެ ވެރިކަމުގައި އެކަލޭގެފާނު ގަސްބުޑުގައި އޮންނަވާ ނިދި ކުރައްވަވައޭ. ކޮރަޕްޓް ކަމުން ހަތަރެސްފަރާތުގައި ގާޑުން ބަހައްޓަން ޖެހެނީ

    14
  3. ބެއްޔާ

    ލާދީނީކަމުން މަރަށް ބިރުގަންނަނީ. ޙަޤީޤީ މުސްލިމުން އުޅޭގޮތެއްނޫން އެއީ

  4. ރަބަރޭ

    އަޖައިބެއް ނުވާނެ ބޮޑުވަޒީރު ގައުމަށް ނައިސްގެން ބަޔަކު އުޅޭކަން ނުދެނަ ހުރީމު

  5. އަބްދޫ

    ދިވެހިގައުމުގަ ނަސީދު އައިސް އުޅޭތަން ދެކެން ބޭނުމެއްނޫން. ސަބަބކީ ކުރިން ވިދާޅުވި ނުލަފާކަންދައްކަވާނެ ކަން. އެނުލަފާކަން ވަނީ ދައްކަވާފަ. ވެރިކަމުން އިސްތިއުފަދެއްވަމުން ވިދާޅުވި އިތުރަށް ގެއްލުންދެވިދާނެތީ އިސްތިއުފާދެނީކަމަށް.އެއިންއެޭ ކުރި ގަސްތުގާ ގައުމަށް ގެއްލުންތަކެއް ކުރައްވާފަ ހުރިކަން. ވިސްނާލުމުން އެގިއްޖެ އެވިދާލުވި ގެއްލުންތަކަކީ ކޮބައިކަން އެއީ 18.5 ބިލިއަން ރުފިޔާ އިން ގައުމުދަރަނިވެރިކުރުވާ 28.5 ބިލިއަންރުފިޔާއަށް ދަރަނި އެރުވުން. ދިރަގާއި ފެންކުންފުންޏާ އެއާޕޯޓް ވިއްކާލުން. ކައުންސިލް ތަކުގާހުރި ރައްޔިތުނގެ ފައިސާ ނަގާ ހުސްކުރުން. އަނހެނުންގެ ކޮމިޓީ ތަކުގެ ފައިސާ ނަގާ ހުސްކުރުން. ބިދޭސީންގެ ޑިޕޮޒިޓް ފައިސާ ބޭނުންކުރުން. މިކަންކަމަކީ އިސްތިއުފާގެ ކުރިން ގައުމަށް ދިންގެއްލުން އިސްތިއުފާގެ ފަހުން ފެބްރުއަރީ 8 ގެ ގެއްލުންތަކަކީ ވެސް ދިންގެްލުންތަކެއް. މިފަދަ މީހަކު ދިވެހިގައުމުން ދެކެން ބޭނުން ނުވޭ.

  6. ސސ

    ކަންކަން އޮޅުވާ ނުލައްވާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި މަޖިލިސް ތަމްސީލް ކުރާނީ ސިޔާސީ ޕާޓީތަކެއް ނޫން، އަދި މަޖިލިސް ގައި މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރަކު ހުންނާނެ ވާހަަކައެއްވެސް ނޯނާނެ އެއީ ބަރުލަމާނީ ނިޒާމްގައި އޮންނަ ގޮތެއް، މިތާގައި މިއޮތީ ރިޔާސީ މިކުސް ނިޒާމެއް މިނިޒާމްގައި ޤައުމު ހިންގަނީ ރައްޔުތުން ހޮވާ ރައީސުލް ޖުމުހޫރިއްޔާ މަޖިލިސް ހިންގަނީ ހެދިފައިވާ ޤަވާއިދާއި އެއްގޮތަށް މަޖިލިސް ރައީސު މަޖިލިސްގައި ތިބެނީ ރައްޔިތުން ހޮވާމަންދޫބުން މަޖިލިސްގެ ރައީސު ހޮވަނީ މެމްބަރުން ގެ ސިއްރު ވޯޓުން، ޝަރުއީ ނިޒާމްގެ އިސްވެރިޔަކީ އުއްތަމަ ފަޑިޔާރު މަނިކުފާނު !

  7. މަބޭ

    މަޖުލީހުންކޮންމެ އެއްޗެއްއެންގިޔަސް އަދި ސެކިއުރިޓީ ބަލަހައްޓާމީހުން ކޮންމެއެއޗެއް އެންގިޔަސް ގޮތްދޫނުކޮއް ހިތުހުރިގޮތަކައް އަމަލުތައްބަހައްޓާނަމަ ތުޔައެންގުންތަކަކީ ކަންޑުގައަޅާ ރޮންގެކޭއެއްފަދަ އެއްޗެއް

  8. ނުގެއްނާތި

    ތިވަރުގެ މީހަކު މިރާއްޖެއަކައް ގެންނާނެ ކަމެއްނެތް. މިއީ އެމެރިކާއެއްނޫން. މިގައުމަކީ ތިވަރުގެ ހަރަދެއްކުރެވޭ ވަރުގެ ގައުމެއްނޫން. އެންމެމީހަކައް ތިވަރުގެ ހަރަދެއްކުރަން ހިފާއިރު ތިބޭނުންވާކަންތައް ކުރުމައް ހިގާހަރަދަކީ ކިތައް މިލިޔަން ރުފިޔާއެއް ހޭދަވާ ކަމެއްތޯއެގިލައްވާތޯ؟ ތިޔައްކިޔަނީ ގައްދާރުވުން. ތީނަގެ ފަރާތުން އަހަރެމެންނަން އޮތްނުރައްކާ ފުރަތަމަ ހުއްޓުވާބަލަ. އެއިރުން މިގައުމަކީ ވ އަމާން ގަުމަކައްވާނެ.

  9. މުސްލިމާ

    މުސާހިނގާ ގޮތަށް ތޯ؟