ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގައި މިއަދު މެންދުރުު ބޭއްވި ރަސްމިއްޔާތެއްގައި ޒަހާ އަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފައެވެ. މި ރަސްމިއްޔާތުގައި ޒަހާ އަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޒަހާ، ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 17، 2019 ގައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މެއި މަހުގައެވެ. ޒަހާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނައިގެން އުފައްދަވާފައިވާ ޕާޓީ، އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ފިޝަރީޒް މިނިސްޓަރުގެ މަގާމުން ޒަހާ ވަކިކުރަން ނިންމީ، ރައްޔިތުންގެ ޝަކުވާތައް ލިބުމާ އެކު ވައުދު ފުއްދުން އަވަސްކުރަން ކެބިނެޓަށް ގެންނެވި ބަދަލުތަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން އޭރު ބުނެފައިވެއެވެ. ހާއްސަކޮށް މަސްވެރިން ކުރަމުން އައި ޝަކުވާތަކަށް ހައްލެއް ނުގެނެވި ގިނަ ދުވަސްވެގެން ދިޔުމުން އެމީހުންގެ ނުރުހުންތައް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.
ޒަހާ މަގާމުން ވަކިކުރެއްވުމަށް ފަހު އެންވަޔަރަމެންޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޑރ. ޙުސައިން ރަޝީދު ހަސަން ވަނީ ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފައެވެ. އޭނާ ކެބިނެޓަށް ހަމަޖެއްސެވީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައެވެ. އެންވަޔަރަމަންޓް މިނިސްޓްރީ މިހާރު ހިންގަވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަން ކުރެއްވި އައިމިނަތު ޝައުނާއެވެ.
ޒަހާ އޭރު ވިދާޅުވެފައި ވަނީ މަގާމުން ދުރުކުރަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ހަވާލުކުރައްވާފައިވާ މަސައްކަތްތައް ބަރާބަރަށް ތަންފީޒުކުރައްވަމުން އަންނަ ކަމަށާއި އެ ދާއިރާ އިން އެދެވޭ ނަތީޖާތަކެއް ވެސް ނެރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަހާ ވަނީ ފިޝަރީޒް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެ މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައެވެ. އެގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ސީނިއަރ ރީސާޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގް އެންޑް ކޯޑިނޭޝަން ސަވިސް ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރު 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމުވެސް ޒަހާ ފުރުއްވާފައިވެއެވެ.
ޒަހާ ވަޙީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަ އޮފް ސައިންސް (އެމްއެސްސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަ އޮފް ސައިންސް (ބީއެސްސީ ވިތް ޖޮއިންޓް އޮނާސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވައިފައެވެ.
މީ ދައުލަތައް ބަލަދު ޢަރާފަ ޔިބޭ ބައެެއްތަ ނޫނީ އެނޫން ބަޔަކު ނެތީތަ ކިހާ ބޮޑު އާފާތެއްތަ ހުސް ސިޔާސީ މަޤާމު ތައް ކިޔަވައިގެން ތިބި ޤާބިލް މީހިން މިހާތުވެސް އެބަތިބި ބައިވަތު އެކަމަކުވެެސް ހަމަ މި
ޙަވާލު ކުރެވޭ މަސައްކަތް ނުކުރެވުނީމާ ވަކިކުރީ. ދެން އިތުރަށް އިތުބާރު ހުރި ގޮތުގައި ޒަހާ އަށް ކުރެވޭނެ ކަމެއް ނޯންނާނެ.
ހެހެ އަދިވެސް ވެރިކަން ކުރައްވަނީ އަހަރެމެންގެ ރައީސް މައުމޫން......އ.މ.ސ ގެ .ބޯވަރަށް ބޮޑު.....a
އެމް.އާރް.އެމް އަށް ވީ ސްލޮޓް.. އެމް.ޑީ.ޕީން ކަރުން ހަންދަންދެން ހަޅެ ލެވިޔަސް ސޯލިޙުގެ ވެރިކަމެއްގައި ކޯލިޝަނަށް ޙައްޤު މިންވަރު ދޭނެ.. ދެން ލަލަލާ.. ދެން ލަލަލާ..
ސަރުކާރަށް ބުރައަކަށް ވަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭންވީމަ...
ބޮޑެތި ސިންގަހާ މުސާރަދީފަ ހަމަ ގާތްމީހުންނަށް ވަޒީފާ ބަހަމުންދަނީ..
ކޯމަހާއި ވެލަޔާއި މިޔަރާއި މައުމޫނުގެ އާއިލާ އާއި ކެރަފާ ޢާއިލާ އާއި އެމް.ޑީ.އެން ގެ މީހުންނަކީ ދިވެހި ދައުލަތައް ބަލަދު އަރާފަ ތިބި ބައެއްތަ އަޅެ. ޚައިރާން ހީވޭ
މިއީ މައުމޫނު ގެ ބައްޕަ ޢަބްދުލްޤައްޔޫމް ސީދީ އަށް މުނިކާފަ ކިޔާ މީހެއް. މި ޒަހާ އާއި ހެދި ދެން އިބޫ ގެ އަގު ވެސް މަޖްލިސް މެމްބަރުން ކުރިމަތީގައި ވެއްޓޭނީ. ނަޝީދު ގޮތަށް ނަޝީދު ހިތުހުރިހާ ގޮތެއް އިބޫ އަކަށް ވެސް ނުހެދޭނެޔޭ މެމްބަރުން އިބޫ ގާތު ބުނާ ދުވަސް އަންނާނެ.
މަ ރުހަބާ ޒަހާ .. ކަމަނާއަށް އުފާވެ ރި އުޖާލާމުސްތަގްބަލަކަށްއެދެން ...